މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ. --ފޮޓޯ:އޭއެފްޕީ
ގާހިރާ (ޖޫން 19) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އަވަހާރަވީ ގުދުރަތީ މަރަކުން ކަމަށާއި އދ. އިން އުޅެނީ އެކަން ސިޔާސީ ކުރަން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގެ ތަރުޖަމާން އަހުމަދު ހާފިޒް ވިދާޅުވީ މުރްސީގެ މަރު ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު ތަހުގީގު ކުރުމަށް އދ. ގެ ހައި ކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ ތަރުޖަމާން ރުޕާޓް ކޮލްވީލް ގޮވާލައްވާފައިވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.
"އެއީ ގުދުރަތީ މަރެއް ސިޔާސީ ކުރަން ކުރާ ކަމެއް،" ހާފިޒް ވިދާޅުވި އެވެ.
މުރްސީ އަވަހަރާވުމާ ގުޅޭ ގޮތުން މިސްރުން ފުރަތަމަ ފަހަރަށް ރަސްމީ ކޮމެންޓެއް ހާމަކޮށްފައި މި ވަނީ އެ ގައުމުގެ ޖަލުތަކުގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އދ.ގެ ތަރުޖަމާން ވިދާޅުވެފައި ވަނީ މުރްސީ ޖަލުގައި ހުންނެވި ހަ އަހަރު ދުވަހު ކަންހިނގާފައިވާ ގޮތް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
"ބަންދެއްގައި ހުރި މީހެއްގެ ކުއްލި މަރަކީ ވަކި ފަރާތަކަށް ނުޖެހޭ ފަރާތަކުން މިނިވަން ކަމާއެކު ތަހުގީގު ކުރަން ޖެހޭނެ ކަމެއް. މުރްސީ ބަންދުގައި ބެހެއްޓި ގޮތާ މެދު ކަންބޮޑުވުންތައް އެބަހުރި. އޭގެ ތެރޭގައި ބޭސް ފަރުވާގެ ޚިދުމަތް ނުދިނުމާއި އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދިނުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މިސްރުން ބުނެފައި ވަނީ މުރްސީ އަވަހާރަވީ ގުދުރަތީ މަރަކުން ކަމަށެވެ. އެމަނިކުފާން ވަނީ އިއްޔެ ފަސްދާނުލައިފަ އެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ވެރިކަން ޖުލައި 3، 2013 ގައި ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އިސްވެ ހުންނަވައި ގެންނެވި އަސްކަރީ ބަޣާވާތެއްގަ އެވެ.
މިހާރު މަނާކޮށްފައިވާ މުސްލިމް ބްރަދާހުޑުގެ އިސް ބޭފުޅެއް ކަމަށްވާ މުރްސީގެ މަރު ތަހުގީގު ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ގޮވާލައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނަގޫރޯޅި
19 June 2019
ޔޫރަޕްގެ ގައުމުތަކާ އެމެރިކާ ރުހޭ ސަރުކާރުތަކުން ހިންގާ އެއްވެސްކަމެއް ނުބެލޭނެ. ދެފުއްފެންނަ ހާމަކަން ބޮޑުއިންތިހާބެއްގެ ތެރޭން ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން މުރުސީ ވެރިކަމައްހޮވީމަ އެމެރިކާޔާ އީޔޫ ގައުމުތަކުގެ އެއްބާރުލުމާއެކީ އަސްކަރީ ބަގާވާތަތުން ވެރިކަމުން ދުރުކޮއް ޖަލައްލައިގެން 6 އަހަރު ތަޅުފާވަ މީހާގެ ދުވަސްދުއްލާފަ މަރުވީމަ ސައްކޭ، އިންސާފޭ، އިތާމައޭ ކިޔާނެކަމެއްނެތް. ސައްދާމް، އަރަފާތު، ގައްޒާފީއައްވެސް ހެދީ ހަމައެހެން.
ރަދީފް
19 June 2019
ހެހެހެހެ.ސީސީގެ ލަދު ކޮބާ؟؟ މުރްސީ އެއީ މިސްރުގެ ރައީސްގެ މަގާމް ހުންނަވަނިކޮށް ސީސީ އިސްވެހުރެ ހިންގި ބައާވާތުގަ ހުރިހާ ގެއްލުމަކާއި ކުރިމަތިލާން ޖެހުނު ސިޔާސީ ވަރުގަދަ ލީޑަރެއް.މިއަދު ސީސީ ސިފައިންގެ ޔުނިފޯމް ބޭލުމަށްފަހު ރައްޔަތުންނަށް ބިރުދައްކައިގެން ވެރިކަމުގަ ހުއްޓަސް އެއީ އެއްވެސް އަގެއް ހުރި މީހެއް ނޫން.މުރްސީގެ މަރު ސިޔާސީ މަރަކަށް ނުވާނެ އެއްގޮތެއްވެސް (ސީސީ) ނިކަން ބުނެބަލަ.މުރްސީގެ މަރު އެއީ ސިޔާސީ މަރެއް.ވ.ވެދުން
ސީސީ
20 June 2019
އެއީ ސިޔާސީ މަރެއްނޫން. ތިކުދިން ސިޔާސީ ކުރީމަ ކޮންމެކަމެއްވެސް ސިޔާސީވާނެ.