ދުނިޔެ / ތައިލެންޑްގެ ހޮހަޅައިގައި ކުދިންތަކެއް ތާށިވުން

ހޮހަޅައިން ކުދިން ސަލާމަތްކުރި މުސްލިމް ޑައިވަރު މަރުވެއްޖެ

ހޮހަޅައިން ކުދިން ސަލާމަތް ކުރަން އުޅެނިކޮށް ޖެހުނު އިންފެކްޝަނެއްގައި، އަހަރު ދުވަހު ބަލިވެ އުޅުމަށް ފަހު މަރުވި މުސްލިމް ޑައިވަރު ބޭރޫތު ޕަކްބަރާ.

ބެންކޮކް (ޑިސެމްބަރު 29) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން 12 ކުދިންނާއި ކޯޗު ސަލާމަތް ކުރި ޓީމުގައި ހިމެނޭ ޑައިވަރަކު އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށް ފަހު މަރުވެއްޖެ އެވެ.

އޮފިޝަލުން ބުނީ ތައި ނޭވީ ސީލްގެ މުސްލިމް އޮފިސަރެއް ކަމަށްވާ ބެއިރޫތު ޕަކްބަރާ އަށް ލޭގެ އިންފެކްޝަނެއް ޖެހުނީ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު ބޭރޫތަށް ދިޔައީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތު ދިޔައީ ދަށަށެވެ. ހުކުރު ދުވަހު މެންދުރު ފަހު ބޭރޫތު ވަޅުލާފައި ވަނީ އޭނާގެ އުފަން ޕްރޮވިންސް ކަމަށްވާ ސަތުންގައި، އިސްލާމީ އުސޫލްތަކާ އެއްގޮތަށް ކަމަށް އޮފިޝަލުން ބުނެ އެވެ.

ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް 17 ދުވަސް ހޭދަވި. --ފޮޓޯ:ގެޓީ އިމޭޖަސް

ކުދިން ސަލާމަތް ކުރުމުގެ ނުރައްކާ އޮޕަރޭޝަން ކުރިއަށް ދަނިކޮށް ވަނީ ތައި ނޭވީ ސީލްގެ ކުރީގެ ޑައިވަރެއް ކަމަށްވާ ސަމަން ގުނަން މަރުވެފަ އެވެ. އޭނާ މަރުވީ އެއާ ޓޭންކް ފޯރުކޮށްދިނުމަށް ފަހު ހޮހަޅައިން ނުކުންނަން ދަނިކޮށް އޮކްސިޖަން ހުސްވެގެންނެވެ.

އުމުރުން 11 އަހަރާއި 16 އަހަރާ ދެމެދު ވައިލްޑް ބޯ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ކުދިންގެ 25 އަހަރުގެ ކޯޗު، ޕްރެކްޓިސް ނިންމާލުމަށް ފަހު ހޮހަޅަ އަށް ވަނީ ޖޫން 23، 2018 ވަނަ ދުވަހު އެވެ. ނަމަވެސް އެ މީހުން ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ، ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ. އެ ކުދިންނާއި ކޯޗު ސަލާމަތް ކުރީ 17 ދުވަސް ވަންދެން ހިންގި ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއްގަ އެވެ. ކުދިން ސަލާމަތް ކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުން 90 އަށް ވުރެ ގިނަ ޑައިވަރުން ބައިވެރިވި އެވެ.

ހޮހަޅައިން ސަލާމަތް ކުރި ކުދިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ:އޭއެފްޕީ

ތައިލެންޑުގެ އުތުރުގެ ޗިއާން ރައި ޕްރޮވިންސްގެ ހޮހަޅަ ޓޫރިސްޓުންނަށް ހުޅުވާލީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ.

ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގެ ހާދިސާ އަށް ދުނިޔޭގެ ވަރަށް ބޮޑު ސަމާލުކަމެއް ހުއްޓުނެވެ. އެ ހާދިސާގެ މައްޗަށް ފިިލްމު ހެދުމަށް އެތައް ބަޔަކު ޝައުގުވެރިވި އެވެ. ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަށް ބިނާކޮށް ހެދި ފިލްމު " ދަ ކޭވް" މިދިޔަ މަހު ވަނީ ތައިލޭންޑުގައި ދައްކައިފަ އެވެ.

6 ކޮމެންޓް, 148 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 95%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

30 December 2019

ބެއިރޫތަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!

The name is already taken The name is available. Register?

އއއއެައަައއޢަހުމަދު، ވިލިމާލެ.

29 December 2019

انالله وانااليه راجعون

The name is already taken The name is available. Register?

1828

29 December 2019

އިންސާނިއްޔަތު ކަމުގެ ނަމޫނާ. މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

މުހައްމަދު----

29 December 2019

ވަރަށް ހިތްވަރު ގަދަ ހީރޯ އެއް

The name is already taken The name is available. Register?

އަބްދުﷲ

29 December 2019

އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިއޫން.

The name is already taken The name is available. Register?

ވަރަށްދެރަ

29 December 2019

ހެޔޮރަޙްމަތް ލައްވައި ކަށްވަޅާއި ނަރަކައިގެ ޢަޒާބުން މުއްތިކުރައްވައި ދާއިމަށް ސުވަރުގެ މިންވަރުކުރައްވާށިއެވެ. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!