އެމެރިކާގެ މިއާމީގެ ބަނދަރަށް ލެފި އުޅަނދެއްގެ ކްރޫންނަށް މެޑިކަލް ޓީމުތަކުން އެހީ ވަނީ: ކޮރޯނާވައިރަސް އެންމެ ބޮޑަށް މިހާރު ފެތުރެނީ އެމެރިކާގައި. --ފޮޓޯ:އޭއެފްޕީ
27 މާޗް 2020 - 04:04
ވޮޝިންޓަން (މާޗް 27) - ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން މިހާރު އެންމެ ގިނައީ އެމެރިކާގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމެރިކާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ގާތްގަނޑަކަށް 14،933 މީހުން ޕޮޒިޓިވްވި އިރު އެ ގައުމުން މިހާތަނަށް ވަނީ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 83،144 އަށް އަރައިފަ އެވެ. އެމެރިކާ އިން ވަނީ 1،201 މީހުން މަރުވެފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 174 މީހުން މަރުވެފަ އެވެ.
ޑިސެމްބަރު މަހު ފަހުކޮޅު ކޮރޯނާވައިރަސް ފެނުނު ޗައިނާ އިން މިހާތަނަށް ބަލިޖެހިފައި ވަނީ 81،285 މީހުންނަށެވެ. ޗައިނާ އިން މަރުވެފައި ވަނީ 3،287 މީހުންނެވެ.
ހާލަތު މިހާރު އެންމެ ގޯސްވެފައިވާ އިޓަލީން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 6،203 މީހުންނަށް ކޮރޯނާވައިރަސް އަރާފައިވާ އިރު އިޓަލީގެ ޖުމްލަ އަދަދަކީ 80،589 އެވެ. އިޓަލީން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 712 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 8،271 މީހުން މަރުވެފަ އެވެ.
ސްޕޭނުން 8،271 މީހުން އަލަށް ޕޮޒިޓިވްވި އިރު އެ ގައުމުން މިހާތަނަށް ވަނީ 57،786 މީހުންނަށް ބަލިޖެހި، 4،365 މީހުން މަރުވެފަ އެވެ. ޖަރުމަނުން އަލަށް 6،615 މީހުން ޕޮޒިޓިވްވި އިރު އެ ގައުމުގެ ޖުމްލަ އަދަދަކީ 43،938 އެވެ. ޖަރުމަނުން މަރުވެފައި ވަނީ 267 މީހުންނެވެ. އީރާނުން އަލަށް 2،389 މީހުންނަށް ބަލިޖެހުނު އިރު އެ ގައުމުން މިހާތަނަށް ވަނީ 29،406 މީހުން ޕޮޒިޓިވްވެފަ އެވެ. އީރާނުން ވަނީ 2،234 މީހުން މަރުވެފަ އެވެ. ފްރާންސް އިން 24 ގަޑިއިރު ތެރޭ 3،922 މީހުން ޕޮޒިޓިވްވި އިރު މިހާތަނަށް ވަނީ 29،155 މީހުން ޕޮޒިޓިވްވެފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ފްރާންސް އިން މަރުވި 365 މީހުންނާ އެކު މަރުވި ޖުމްލަ އަދަދު ވަނީ 1،696 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއިފުޅު.
27 March 2020
މީ ޢިބުރަތުން ފުރިގެންވާ ފިލާވަޅެއް. ޔާ ﷲ. މި ވަބާއިން މުޅި އިންސާނިއްޔަތު ސަލާމަތް ކުރައްވާނދޭވެ. އާމީން
ބަޑީ
27 March 2020
އެމެރިކާއަކަސް އެހެންބަޔަކަސް މިކަމާ އަޅުގަޑުމެން އުފާކުރާކަށް ނުޖެހޭހެން އަޅުގަޑަށް ހީވަނީ!!! މިފަދަ ގޮތެއް ދިމާވީމަ އިންސާނާ އެދަނީ ސައިޒް ފެނިގެން. މިކަމުން އަރައިގަނެ އެއްބަޔަކު އަނެއްބަޔަކަށް އެހީވެދީ ދުނިޔޭގާ އުޅެން އެންގެވިގޮތަށް އުޅެވޭތޯ ބަލަންވީ.
ބޮކި
27 March 2020
ދުނިޔެ މި ހާލަތަށް ވެެއްޓުމުގެ ޒިންމާ ނަގަންޖެހޭ ބަޔަކީ މިކިޔާ "ތަރައްގީވެފައިވާ" ޔޫރަޕާއި އެމެރިކާގެ ވެރިންނާއި އާއްމު ރައްޔިތުން. ހިސާބަށްވުރެ ބޮޑަށް ބޮޑާކަން ހިތައްވަދެ، ތިމަންނާމެން މީ ހުރިހާ ވަސީލަތަކާ، ފައިސާއާއި އާރާއި ބާރު އޮތް ބައެއްކަމަށް ދެކެ، ފަރުވާކުޑަކޮށްލުމުގެ ނަތީޖާއަކީ މުޅި ދުނިޔެ ހުއްޓުމަކަށް އައުން. މި މީހުނާހެދި އެންމެ ބޮޑަށް ގެއްލުން މިވަނީ އާދައިގެ ގައުމުތަކަށް. މީ އަބަދުވެސް ހައްގުތަކަށް ގޮވާ މީހުންގެ ހާލު.
ރަބަރު
27 March 2020
މި ބަލީގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އަހަރެންގެ ދުޢާއަކީ ﷲ މިބަލިޖެހިފައިވާ އެންމެނަށް އަވަސް ޝިފާއެއް މިންރުކުރައްވަވައި މުޅި ދުނިޔެއިން މިބަލި ވަރަށް އަވަހަށް ނެއްތެވުމެވެ. އަދި މިފަދަ ނުރައްކާތެރި ބައްޔެއް އެއްވެސް ބަޔަކަށް ދުވަހަކުވެސް ނުޖެއްސެވުމެވެ.