ވޮޝިންޓަން (އެޕްރީލް 2)- ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެމެރިކާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 26،770 އަށް އަރައިފި އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 215،300 މީހުން ޕޮޒިޓިވްވެ 5،110 މީހުން މަރުވެފަ އެވެ. އެމެރިކާ އިން ރަނގަޅުވެފައި ވަނީ 8،878 މީހުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ، މިހާތަނަށް ރެކޯޑް އަދަދެއް ކަމަށްވާ 884 މީހުން މަރުވެފަ އެވެ. މާޗް 31 ވަނަ ދުވަހު އެމެރިކާ އިން ޕޮޒިޓިވްވީ 24،473 މީހުންނެވެ. މާޗް 30 ވަނަ ދުވަހު ޕޮޒިޓިވެފައި ވަނީ 20،297 އެވެ.
އެމެރިކާގެ އެންމެ ހާލަތު ގޯހީ ނިއު ޔޯކުގަ އެވެ. އެ ސްޓޭޓުން 83،901 މީހުން ޕޮޒިޓިވްވިއިރު 2،219 މީހުން ވަނީ މަރުވެފަ އެވެ. ނިއު ޖާޒީން 22،255 މީހުން ޕޮޒިޓިވްވިއިރު 355 މީހުން ވަނީ މަރުވެފަ އެވެ.
މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 936،204 މީހުން ޕޮޒިޓިވްވެ 47،249 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 194،578 މީހުންނެވެ.
އިޓަލީން 110،574 މީހުން ޕޮޒިޓިވްވިއިރު 13،155 މީހުން ވަނީ މަރުވެފަ އެވެ. ސްޕޭނުން 104،118 މީހުން ޕޮޒިޓިވްވެ 9،387 މީހުން ވަނީ މަރުވެފަ އެވެ. ފްރާންސް އިން 56،989 މީހުން ޕޮޒިޓިވްވެ 4،032 މީހުން ވަނީ މަރުވެފަ އެވެ.