ވިންޑްސާ ގަނޑުވަރުގެ ބަގީޗާގައި ރާނީ އަސް ދުއްވަވަނީ. --ފޮޓޯ:ޕީއޭ މީޑިއާ
01 ޖޫން 2020 - 22:46
ލަންޑަން (ޖޫން 1) - ކޮރޯނާވައިރަހާ ގުޅިގެން އިނގިރޭސި ވިލާތް ލޮކްޑައުން ކުރި ފަހުން ފުރަތަމަ ފަހަރަށް ރާނީ އެލިޒަބަތު ބޭރު ތެރެއަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ފެނިއްޖެ އެވެ.
އުމުރުން 94 އަހަރު ރާނީ ވަނީ ވިންޑްސާ ގަނޑުވަރުގެ ބަގީޗާގައި އަސް ދުއްވަން ނުކުމެވަޑައިގެންފަ އެވެ. އަސް މަތީ އެކަމަނާ އިންނެވީ ހެޑްސްކާފެއް އަޅުއްވައިގެން ހުދު އަންގީގަ އެވެ. ރާނީގެ އަސް ދުއްވަވަނިކޮށް ފޮޓޯ ނަގާފައި ވަނީ އެސޯސިއޭޓެޑް ޕްރެސް އިންނެވެ. ބުނެވޭ ގޮތުގައި ވިންޑްސާ އަކީ ރާނީ އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ގަނޑުވަރެވެ. އަދި ރާނީ އަކީ އަސް ދުއްވުމާއި އަސް ރޭހަށް ވަރަށް ޝައުގުވެރިވެވަޑައިގެންނަވާ ބޭކަނބަލެކެވެ.
ވިންޑްސާ ގަނޑުވަރުގެ ބަގީޗާގައި ރާނީ އަސް ދުއްވަވަނީ. --ފޮޓޯ:ޕީއޭ މީޑިއާ
ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ރާނީ ވަނީ ވަރަށް ބޮޑަށް މީހުންނާ އެކަހެރިވެވަޑައިގެންފަ އެވެ. އެކަމަނާ އެންމެ ފަހުން އާއްމުންނަށް ފެނިފައި ވަނީ ބަކިންހަމް ޕެލަސް އިން ބާކްޝާ ގަނޑުވަރަށް ވަޑައިގަންނަވަނިކޮށް، މާޗް 19 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝް
02 June 2020
94 އަހަރު ގަ އަހެއް ކޮންޓުރޯލް ކޮށްގެން ދުއްވޭނީ ވ ގަދަ ވީމަ! ވ ފިޓް
އުދުހޭ
02 June 2020
ހެޑްލައިންގަ އިނަންވީ "ރާނީ ބުރުގާ އަޅައިފި"
މުދައްރިސް
02 June 2020
ފުރަތަމަ ކަމަކީ އެހެން ގައުމެއްގެ ރާނީއަކާ ގުޅޭ ޚަބަރެއްގައި ހަމައެކަނި “ރާނީ” މިވެނި ކަމެއް ކޮށްފިޔޭ ކިޔައިގެން މިނިވަން ގައުމަކުން ނުލިޔާނެ. އެގޮތަށް ލިޔެވޭ ނަމަ ޓްރަންޕު ކަމެއް ކުރިޔަސް އަހަރެމެން ލިޔުނީހީ ރައީސް މިވެނި ކަމެއް ކޮށްފިއޭ. ދެވަނަ ނުކުތާ އަކީ ޝާހީ ބޭފުޅުންނަށް ބޭކަލުންނާ ބޭކަނބަލުންނެކޭ ނުކިޔާނެ. އެއީ ބޭފުޅުން. ރާނީއަކީ ބޭފުޅެއް. އެއީ ބޭކަނބަލެއް ނޫން.
އަފީފ
03 June 2020
ބައްލަވާ މުދައްރިސް ބޭފުޅާ ތޯ ނޫނީ ކަމަނާ ތޯ ކިޔަން ޖެހެނީ.
ޔެސް
02 June 2020
ބުރުގާ އެޅީތަ؟
ދަރަނި ދަންތުރަ
01 June 2020
ބައިތުލްމާލު ހިތުހުރި ގޮތަކަށް ޔާ ހަބޭސް ގަނޑުވަރުތަށްވެސް ބޭނުންވަރަކަށް މުޅިދުނިޔެ އަތްދަށުލާންވެގެން ކޮމަންވެލްތު ކިޔާ ޖަމިއްޔާއެއް ހަދައިގެން
ޒަމީރު
02 June 2020
ޑިމޮކްރަސީ ހަރުދަނާ ގައުމެކޭ. ރައްޔިތުން ފެލައިގެން ހުރިހާ އެއްޗަކުން ޓެކްސް ނަގާނެ. މިހުރީ މި މީހުންނަށް ކުރާހާ ޚަރަދު
ބަރަނި ބަންތުރަ
02 June 2020
ބައިތުލްމާލު ހިތު ހުރިގޮތަކަށް ހަރަދެއް ނުކުރެވޭ ރާނީއަށްވެސް. ޝާހީ ކަންކަމަށްވެސް ވަކި ބަޖެޓެއް އޮވޭ. އިންޓަނެޓުން ފަސޭހައިން ލިބެން ހުންނަ މައުލޫމާތު ކިޔާލުމުގެ ބަދަލުގައި ޓިކްޓޮކް އަށް އަބަދު ލޯކޮއްޕައިގެން އިނަކަސް މީހާ ރޮލެއް ނުފިލާނެ.
ބުރުނި
02 June 2020
ޑިމޮކްރަސީގަ ވަކި އާއިލާއެއް މާތް ވާ ގޮތެއް އޮވޭތަ؟
ޑިންޑީ23
01 June 2020
ރާނީ އިތް ފުޅުގާ އަސް ދުއްވަން ވަރަށް ބޮޑު ލޯބެއް އޮންނާނެ. 94 އަހަރުގާ ކާރު ކޮޅުވެސް އަމިއްލަ ފުޅަ ދުއްވަވާނީ.