ސްޓޮކްހޯމް (އޮކްޓޯބަރު 9) - މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އަށް ދިނުމަށް ނިންމައިފި އެވެ.

ނޯވޭގެ ނޯބެލް ކޮމިޓީން ބުނީ ޑަބްލިއުއެފްޕީ އަށް އިނާމު ދޭން ނިންމީ ބަނޑުހައިހޫނުކަމާ ދެކޮޅަށް އެ ޖަމާއަތުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ. އިނާމާ އެކު 10 މިލިއަން ސްވިޑިޝް ކްރޯން (1.1 އެއް މިލިއަން ޑޮލަރު) ދޭނެ އެވެ. ޑަބްލިއުއެފްޕީ އަކީ ނޯބެލް ސުލްހައިގެ އިނާމު ލިބޭ 101 ފަރާތެވެ.

"މިއީ ޑަބްލިއުއެފްޕީގެ ސްޓާފުންގެ މަސައްކަތް. އެއީ ދުނިޔޭގައި ހައިހޫނުކަމުގައި އުޅެމުންދާ ގާތްގަނޑަކަށް 100 މިލިއަން މީހުންނަށް ކޮންމެ ދުވަހަކު ވެސް ކާން ދިނުމަށް އަމިއްލަ ފުރާނަ ގުރުބާންކޮށް މަސައްކަތް ކުރަމުންދާ މީހުން،" ޑަބްލިއުއެފްޕީ އިން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް 211 ފަރުދުންނާއި 107 ޖަމާއަތެއް ނޮމިނޭޓްކުރި އެވެ. މި އަހަރު އިނާމު ލިބިދާނެ ކަމަށް ބެލެވުނު ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ތިމާވެއްޓާ މަސައްކަތް ކުރާ އެކްޓިވިސްޓް ގްރެޓާ ތަމްގާބު ހިމެނުނެވެ.

މިދިޔަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައި ވަނި އިތިއޯޕިއާގެ ބޮޑުވަޒީރު އަބިއީ އަހުމަދަށެވެ.