ދުނިޔެ / އެމެރިކާގެ އިންތިޚާބު 2020

ވެރިކަމަށް ވަޑައިގެންނެވޭނެ ޖާދޫގެ ނަމްބަރާ ގުޅިފައިވާ ފަސް ސްޓޭޓް

ރައީސް ޓްރަމްޕާއި ޖޯ ބައިޑަން. --ފޮޓޯ:އޭއެފްޕީ

ވޮޝިންޓަން (ނޮވެމްބަރު 6) - ކުރިއަށް އޮތް ހަތަރު އަހަރު އެމެރިކާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުން މިހާރު ވަނީ މުހިންމު ފަސް ސްޓޭޓަކަށް ބިނާވެފަ އެވެ.

މިޝިގަން އާއި ވިސްކޮންސިން ހިމަނައިގެން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ވަނީ 253 އިލެކްޓޯރަލް ވޯޓް ލިބިވަޑައިގެންފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް ވޯޓް ކަމަށްވާތީ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ބާކީ ސްޓޭޓްތައް ކާމިޔާބު ކުރުން އެމަނިކުފާނަށް ލާޒިމެވެ.

ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވާ ޖާދޫގެ ނަމްބަރު ކަމަށްވާ 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދުން މި ވަގުތު ބިނާވެފައި ވަނީ ނަތީޖާ އަދި މުޅިން ސާފު ނުވާ ފަސް ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާ، ނެވާޑާ، ޖޯޖިއާ، ނޯތު ކެރޮލީނާ އަދި އެރިޒޯނާ އަށެވެ. ސްޓޭޓްތަކުގެ ވޯޓު ގުނުން ލަސްވުމުގެ ބައިގަނޑު ސަބަބަކީ މި އަހަރުގެ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ޕޯސްޓުން ވޯޓުލާފައިވާތީ ވެރިފައި ކުރަން އިތުރު ވަގުތު ބޭނުންވާތީ އެވެ.

އެމެރިކާގެ އިންތިހާބު ކާމިޔާބުކުރެވޭނީ އިލެކްޓްރޯލް ކޮލެޖް ވޯޓުން އަގުލަބިއްޔަތު ލިބޭ ކެންޑިޑޭޓަކަށެވެ. އިލެކްޓޯރަލް ވޯޓު ބިނާވަނީ އެ ސްޓޭޓެއްގެ އާބާދީއަށެވެ. ކޮންމެ ސްޓޭޓެއްގެ އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރެވޭނީ އެ ސްޓޭޓެއްގެ އާންމުންގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށެވެ. އެހެންވެ އިންތިޚާބު ކާމިޔާބު ކުރެވޭނީ 538 އިލެކްޓޯރަލް ވޯޓުގެ އަޣުލަބިއްތު ކަމަށްވާ 270 ވޯޓު، އެންމެ މަދުން ނަމަވެސް ހޯދާ ކެންޑިޑޭޓަކަށެވެ.

އެރިޒޯނާގެ 11 އިލެކްޓޯރަލް ކޮލެޖް ވޯޓާއި ނެވާޑާގެ ހަ ވޯޓު ލިބިވަޑައިގެންފި ނަމަ ބައިޑަން އަށް ވެރިކަމަށް ވަޑައިގެންނެވޭނެ އެވެ.

އެރިޒޯނާ ގެއްލުނު ނަމަވެސް ބައިޑަންގެ އުފަން ސްޓޭޓް ޕެންސިލްވޭނިއާ އާއި ނޯތު ކޮރޮލީނާ، ޖޯޖިއާ އާއި އެލަސްކާ އަދި ނެވާޑާގެ ވޯޓު ލިބިވަޑައިގެންފި ނަމަ ޓްރަމްޕަށް ވެސް ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތެވެ.

ނެވާޑާ (6)

އެރިޒޯނާގެ ވޯޓު ބައިޑަން އަށް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭތީ ނެވާޑާގެ ހަ އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފި ނަމަ ރައީސް ކަމަށް ބައިޑަން ހޮވޭނެ އެވެ. ނެވާޑާގެ 86 ޕަސެންޓް ވޯޓު މިހާތަނަށް ގުނި އިރު 49.3 ޕަސެންޓުން ބައިޑަން ކުރީގައި އުޅުއްވާ އިރު ޓްރަމްޕް އުޅުއްވަނީ 48.7 ޕަސެންޓުގަ އެވެ. ވޭތުވެދިޔަ ތިން އިންތިޚާބުގައި ނެވާޑާގެ އަޣުލަބިއްޔަތު ދީފައި ވަނީ ޑިމޮކްރެޓިކް ޕާޓީއަށެވެ.

ޕެންސިލްވޭނިއާ (20)

ނަތީޖާ އެންމެ ފަހުން ސާފުވާނެ ކަމަށް ބެލެވެނީ ޕެންސިލްވޭނިއާގެ އެވެ. އެ ސްޓޭޓުގެ 89 ޕަސެންޓް ވޯޓު މިހާތަނަށް ގުނާ ނިމުނުއިރު ޓްރަމްޕް ކުރީގައި އުޅުއްވަނީ 50.7 ޕަސެންޓުންނެވެ. ބައިޑަން އަށް 48.1 ޕަސެންޓެވެ. އެކަމަކު ވޯޓު ގުނުން ކުރިއަށްދާ ވަރަކަށް ފަރަގު ދަނީ ކުޑަވަމުންނެވެ. ސަބަބަކީ ޕޯސްޓުން ވޯޓުލީ ގިނަ މީހުން ތާއީދުކޮށްފައި ވަނީ ބައިޑަން އަށް ކަމަށްވާތީ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ދިމާވި ލޮޖިސްޓިކް މައްސަލަތަކާ އެކު ޕޯސްޓަލް ވޯޓު ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން ޕެންސިލްވޭނިއާ އިން ވަނީ އިންތިޚާބު ބޭއްވި ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން ލިބޭ ވޯޓުތައް ވެސް ގުނަން ނިންމައިފަ އެވެ. އިތުރަށް ދިން ތިން ދުވަސް ހަމަވާނީ ހުކުރު ދުވަހަށް ކަމަށްވާތީ އޭގެ ކުރިން ޕެންސިލްވޭނިއާގެ ވޯޓު ގުނާ ނުނިމޭނެ އެެވެ. ޓްރަމްޕުގެ ކޭމްޕުން މިހާރު ވަނީ ޕެންސިލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވަން ކޯޓަށް ހުށަހަޅައިފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ވޯޓް ކައުންޓަރުތަކާ 25 ފޫޓަށް ވުރެ ކައިރިވުން ރިޕަބްލިކަން އޮބްޒާވަރުންނަށް މަނާކޮށްފައިވާތީ އެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން 2012 އާ ހަމަށް ބޭއްވި ހަތަރު އިންތިޚާބުގައި ޕެންސިލްވޭނިއާގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީ އަށް ދިން ނަމަވެސް ނިމިގެން ދިޔަ 2016 ވަނަ އަހަރުގެ އިންތިޚާބުގައި އެ ސްޓޭޓުގެ އަޣުލަބިއްޔަތު ތާއިދު ދީފައި ވަނީ ރިޕަބްލިކަން ޕާޓީއަށެވެ.

ނޯތު ކެރޮލީނާ (15)

ނޯތު ކެރޮލީނާގެ 15 އިލެކްޓޯރަލް ވޯޓު ނަންގަވާނީ ޓްރަމްޕް ކަމަށް ބެލެވެ އެވެ. އެ ސްޓޭޓުގެ 95 ޕަސެންޓް ވޯޓު ގުނާ ނިމުނު އިރު ޓްރަމްޕް އުޅުއްވަނީ 50.1 ޕަސެންޓުން ކުރީގަ އެވެ. އިރުދެކުނު ސްޓޭޓުގައި ބައިޑަން އުޅުއްވަނީ 48.6 ޕަސެންޓުގަ އެވެ. އިންތިޚާބު ބޭއްވި ދުވަސް ނުވަތަ އޭގެ ކުރިން ފޮނުވާފައިވާ ޕޯސްޓަލް ވޯޓުތައް ނޮވެމްބަރު 12 އާ ހަމައަށް ގުނަން އެ ސްޓޭޓުން ވަނީ ނިންމައިފަ އެވެ. ވޭތުވެދިޔަ ދެ އިންތިޚާބުގައި ވެސް ނޯތު ކެރޮލީނާގެ އަޣުލަބިއްތު ދީފައި ވަނީ ރިޕަބްލިކަން ޕާޓީއަށެވެ.

ޖޯޖިއާ (16)

ރިޕަބްލިކަން ޕާޓީގެ ސްޓޭޓެއްގެ ގޮތުގައި ބެލެވޭ ޖޯޖިއާގައި ބައިޑަން މި ފަހަރު ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވައިފަ އެވެ. ސްޓޭޓުގެ 95 ޕަސެންޓް ގުނާ ނިމުނުއިރު ޓްރަމްޕަށް 49.7 ޕަސެންޓް ލިބިވަޑައިގެންފައިވާ އިރު ބައިޑަން ވަނީ 49.1 ޕަސެންޓް ވޯޓު އެ ސްޓޭޓުން ހޯއްދަވައިފަ އެވެ. ވޭތުވެދިޔަ ފަސް އިންތިޚާބުގައި ވެސް ޖޯޖިއާގެ އަޣުލަބިއްތު ދީފައި ވަނީ ރިޕަބްލިކަން ޕާޓީއަށެވެ.

އެރިޒޯނާ (11)

އެރިޒޯނާގެ ވޯޓް ބައިޑަން ކާމިޔާބު ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ލަފާކޮށްފައިވާތީ އެމަނިކުފާން އެ ސްޓޭޓުން އުޅުއްވަނީ 68،000 ވޯޓުން ކުރީގަ އެވެ. ސްޓޭޓުގެ އޮފިޝަލުން ބުނެފައި ވަނީ ނުގުނާ 470،000 ވޯޓު އަދި އެބަހުރި ކަމަށެވެ. ވޭތުވެދިޔަ ފަސް އިންތިޚާބުގައި ވެސް އެރިޒޯނާގެ އަޣުލަބިއްތު ދީފައި ވަނީ ރިޕަބްލިކަން ޕާޓީއަށެވެ.

5 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާއަދުރާ

06 November 2020

ބައިޑަން އްށް ދިނީމޭ އެއްކަލަ އަނގޮޓި

The name is already taken The name is available. Register?

މމމމމމމއ

06 November 2020

ޓްރަމްޕު އިންތިޚާބު ކާމިޔާބު ކުރާނެ ހެން ހީވަނީ. ނެރޯ މާރޖިންއަކުން. ދެމީހުންކުރެ އެކަކު ހޮވުނަސް އަދި ނުހޮވުނަސް އެމރިކާގެ ފުށުން މުސްލިމުންނަކަށް ހެވެއް ސަލާމަތެއް ނެތް.

The name is already taken The name is available. Register?

އީސީ ޝަރީފް

06 November 2020

ސެނިޓް ގެ ގޮޑި ތަކަށް ވާގޮތް ވެސް އަޑުއަހާލަން ބޭނުމެވެ.އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވް ވެސް މެއެވެ.

The name is already taken The name is available. Register?

ދޮށީބެ

06 November 2020

މިހާރު ނޫހުން، ބައިޑަން އަށް 264 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިފަ އިންކަމަށް ދައްކާފަ ކުއްލިއަކާ 253 އަށް ވެއްޓިއްޖެ 264 ވޯޓު ދެއްކި ކަމަށް އެ ފެނުނީ ހުވަފެނުންބާ

The name is already taken The name is available. Register?

ލަފާދޭ މީހާ

06 November 2020

ރޮއިޓާރސް ގަ އޮތް އެއްޗެއް އޮންނާނި...މާކުރިން ނިންމީ ބައިޑަން އަށް އެރިޒޯނާގެ 11 އިލެކްޓުރޯ ކޮލެޖު ވޯޓު ލިބޭނެ ކަމަށް..ފަހުން ވޯޓު ވާދަވެރި ވީމަ 11 ވޯޓު މައިނަސް ކޮއްލީ..މިހާރު އަނެއްކާވެސް ބަައިޑެން އަަށް ވަރަށް ފުރުސަތު ބޮޑު..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454