ދުނިޔެ / ސްރީ ލަންކާ

ލަންކާގެ ރީތީގެ ރާނީ ހޮވުން: ސްޓޭޖް މަތީގައި ހަމަނުޖެހުންގަނޑެއް

ލަންކާގައި މިސިޒް ސްރީ ލަންކާގެ މަގާމަށް މި އަހަރު ހޮވުނު ޕުޝްޕިކާ ޑި ސިލްވާ (މ) އަތުން ތާޖް، 2019 ވަނަ އަހަރު އެ މަގާމު ހޯދި ކެރޮލީން ޖޫރީ (ވ-2) އަތުލަނީ.

ކޮލަމްބޯ (އެޕްރީލް 7) - ސްރީ ލަންކާގައި ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގައި ސްޓޭޖް މަތީގައި ހިންގި ހަމަނުޖެހުންގަނޑަކާ ގުޅިގެން ރީތީގެ ރާނީގެ ބޮލަށް އަނިޔާވެ ފަރުވާ ހޯދަން ޖެހިއްޖެ އެވެ.

ރީތީގެ ރާނީ ޕުޝްޕިކާ ޑި ސިލްވާ އަށް "މިސިޒް ސްރީ ލަންކާ" ގެ މަގާމު ލިބުނު އިވެންޓް އާދިއްތަ ދުވަހުގެ ރޭ ވަނީ ނޭޝަނަލް ޓީވީން ދައްކައިފަ އެވެ. އޭނާ އެ މަގާމަށް ހޮވުނުތާ އިރުކޮޅެއްގެ ތެރޭގައި 2019 ވަނަ އަހަރުގެ ރީތީގެ ރާނީ ކެރޮލިން ޖޫރީ ވަނީ ޑި ސިލްވާގެ ބޮލުގައި އެޅުވި ތާޖް އަތުލައިފަ އެވެ. ސްޓޭޖްގައި ވާހަކަ ދައްކަމުން ޖޫރީ ބުނީ މިސިޒް ސްރީ ލަންކާގެ މަގާމު ޑި ސިލްވާ އަށް ނުލިބޭނެ ކަމަށާއި އޭނާ އަކީ ވަރިކޮށްފައި ހުރި މީހެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މިސިޒް ސްރީ ލަންކާގެ މަގާމަށް ހޮވޭ މީހާ އަކީ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އޭގެ ފަހުން ޖޫރީ ވަނީ ރީތީގެ ރާނީގެ ތާޖް ދެވަނަ އަށް ދިޔަ ފަރާތުގެ ބޮލުގައި އަޅުވައިފަ އެވެ. އެ ވަގުތު ޑި ސިލްވާ ވަނީ ސްޓޭޖް ފައިބައިގެން ގޮސްފަ އެވެ.

އެކަމަކު ރީތީގެ ރާނީގެ ތާޖް މިހާރު ވަނީ ޑި ސިލްވާ އަށް އަލުން ހަވާލުކޮށްފަ އެވެ. މުބާރާތް އިންތިޒާމްކުރި ފަރާތުން ބުނެފައި ވަނީ ޑި ސިލްވާ ސެޕަރޭޓްވެފައިވީ ނަމަވެސް ވަރިވެފައި ނުވާ ކަމަށެވެ.

މުބާރާތް އިންތިޒާމް ކުރި ފަރާތުން ވަނީ ޑި ސިލްވާގެ ކިބައިން މައާފަށް އެދިފަ އެވެ.

ފޭސްބުކް މެސެޖެއްގައި ޑި ސިލްވާ ބުނެފައި ވަނީ ތާޖް އަތުލަން އުޅުމުގެ ތެރޭގައި އޭނާގެ ބޮލަށް ލިބުނު ގެއްލުމަކަށް ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނު ކަމަށެވެ. ޑި ސިލްވާ ބުނީ އޭނާއާ މެދު ކަންތައް ކުރި އިހާނެތި ގޮތާ މެދު ގާނޫނީ ގޮތުން މައްސަލަ ޖައްސާނެ ކަމަށެވެ.

"އަޅުގަނޑު ކަހަލަ އެކަނިވެރި މައިންގެ ވަރަށް ގިނަ މީހުން ލަންކާގައި އުޅޭ. ރީތީގެ ރާނީގެ މި ތާޖް ހަދިޔާ ކުރަނީ އެފަދަ އެކަނިވެރި މައިންނަށް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑި ސިލްވާ ބުންޏެވެ.

މިސިޒް ސްރީ ލަންކާ ވޯލްޑްގެ ނޭޝަނަލް ޑިރެކްޓަރު ޗަންދިމާލް ޖަޔަސިންހަ ވިދާޅުވީ ރީތީގެ ރާނީގެ ތާޖް ޑި ސިލްވާއާ އަންގާރަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ.

"ސްޓޭޖުގައި ކެރޮލީން ޖޫރީ އަމަލުކުރި ގޮތާ މެދު ވަރަށް ހިތްހަމަނުޖެހޭ. މިސިޒް ވޯލްޑުން މިހާރު ވަނީ އެކަން ހިނގި ގޮތް ތަހުގީގު ކުރަން ފަށާފައި،" ޖަޔަސިންހަ ވިދާޅުވި އެވެ.

"މިސިޒް ވޯލްޑް" ގެ މަގާމު މިހާރު އޮންނަ ޖޫރީ އާއި ޖަޔަސިންހައާ ފުލުހުން މިހާރު ވަނީ ސުވާލުކޮށްފަ އެވެ.

މިސިޒް ސްރީ ލަންކާ ވޯލްޑް ކޮންޓެސްޓަކީ ލަންކާގައި ބާއްވާ ކުލަގަދަ މުބާރާތެކެވެ. ރަސްމިއްޔާތުގެ މެހެމާނުންގެ ތެރޭގައި ބޮޑުވަޒީރުގެ އަނބިކަނބަލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

5 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 11%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޭނގުނޭ

08 April 2021

ކޮބާތަ މޮންދުއާ ސުޕުންއަކީ?

The name is already taken The name is available. Register?

އެމް ބީ އޭ

08 April 2021

ލަންކާ މީހަކީ މޮންދު ތަ ނޫނީ ، ސުޕުން ބައްޕަ ތޯ ؟ ހަޖަމް ނުވަންޔާ ދެ މީހުން ގެ ބޮލުގަ އަޅުވާ ލޮލް

The name is already taken The name is available. Register?

އެހެންވީމާ

07 April 2021

2019ގެ ރީތީގެ ރާނީ ކުރި އަމަލުން އޭނާ އެ ބަދަލުވީ އަނިޔާވެރި ހުތުރުކަމުގެ ރާނީއަކަށް.

The name is already taken The name is available. Register?

އެމް ބީ އޭ

07 April 2021

ހެހެ ، ތޔަ އަޅުވަން ވީ ސުޕުން ގެ ބޮލުގަ

The name is already taken The name is available. Register?

ސުޕުން

07 April 2021

ލަންކާގެ ކަމެށް ވެއްޖެޔާ މަށާ ހިސާބުންތަ ނިމެން ޖެހެނީ؟ މުންދުގެ ބޮ ލުގަ ތި އަޅުވަ ބަ ލަ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454