ދުނިޔެ / އިންޑިއާ

ދުނިޔޭގެ ރެކޯޑް އަދަދަކަށް އިންޑިއާ އިން މީހުން ޕޮޒިޓިވްވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާ އިން ވަނީ 315،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 21،00 މީހުން މަރުވެފައި. ދުނިޔޭގެ އެއްވެސް ގައުމަކުން އެއް ދުވަސްތެރޭ މިހާ ގިނަ އަދަދެއްގެ މީހުން އަދި މިހާތަނަށް ޕޮޒިޓިވްވެފައެއް ނުވޭ.

އިންޑިއާ އިން ކޮވިޑް ޖެހުނު މީހުން ރެކޯޑް އަދަދަކަށް އިތުރުވެ އޮކްސިޖަން ލިބުމުގައި ވަނީ ތާށިކަން ކުރިމަތިވެފައި. --ފޮޓޯ:އީޕީއޭ

ނިއު ދިއްލީ (އެޕްރީލް 22) - ރެކޯޑް އަދަދެއް ކަމަށްވާ 315،000 މީހުން، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ، އިންޑިއާ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 2،104 މީހުން މަރުވެއްޖެ އެވެ.

ދެ ވަނަ ރާޅެއް ތަޖްރިބާކުރަމުންދާ އިންޑިއާ އިން އޮކްސިޖަނަށް ޖެހި އިތުރު ބިރުވެރިކަން މިހާރު ވަނީ އުފެދިފަ އެވެ. ވެރިރަށުގައި އޮކްސިން ސަޕްލައި އަށް ދިމާވި މައްސަލައާ ގުޅިގެން ދިއްލީގެ ހައި ކޯޓުން ވަނީ މައި ސަރުކާރަށް ފާޑު ކިޔައިފަ އެވެ.

"އިންޑިއާގައި އޮކްސިޖަން ސަޕްލައި ހައްލު ކުރަން މައި ސަރުކާރުން ކުރާ ކަމެއް އެނގެން ޖެހޭ،" އަމިއްލަ ހަ ހޮސްޕިޓަލަކުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފެކްޓަރީތަކުން ހޮސްޕިޓަލްތަކަށް އޮކްސިޖަން ލިބޭނެކަން ސަރުކާރުން ޔަގީންކޮށްދިނުމަށް ހައި ކޯޓުން އަންގާފައިވެ އެވެ.

އޮކްސިޖަން ނުލިބިގެން އިންޑިއާގެ އެކި ހިސާބުތަކުން އެތައް ބަޔަކު މަރުވެފައިވެ އެވެ. އިންޑިއާގެ އެކި ހޮސްޕިޓަލްތަކުގައި ކޮންމެ ދުވަހަކު ވެސް ދިގު ކިޔޫތައް އޮވެ އެވެ. ހޮސްޕިޓަލްތައް ފުރިގެން ޚިދުމަތް ނުދެވިގެން އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް އަނބުރާ ފޮނުވާލަން ޖެހެ އެވެ.

އިންޑިއާގައި ކޮވިޑް ކޭސްތައް އާދަޔާޚިލާފަށް އިތުރުވާން ފަށާފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ކޭސްތައް އިތުރުވުމުގެ ފަހަތުގައި ވަނީ ހިންދޫންގެ ދީނީ ފެސްޓިވަލެއްގައި އެތައް މިލިއަން ބަޔަކު ބައިވެރިވި ފަހުންނެވެ. އޭގެ އިތުރުން އިންތިޚާބުގެ ކެމްޕޭނަށް ބޮޑެތި ރެލީތައް ވެސް ބާއްވާފައިވެ އެވެ.

އިންޑިއާ އިން މިހާތަނަށް ވެކްސިން ދީފައި ވަނީ 130 މިލިއަން މީހުންނަށެވެ. ވެކްސިންގެ ސަޕްލައި ވެސް ތާށިވެފައިވީ ނަމަވެސް އިންޑިއާ އިން ހަމަޖައްސާފައި ވަނީ އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމަށެވެ.

ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އިންޑިއާ އިން މިހާތަނަށް ވަނީ ގާތްގަނޑަކަށް 16 މިލިއަން މީހުންނަށް ކޮވިޑް ޖެހިފަ އެވެ. އެ ގައުމުން ވަނީ 185،000 މީހުން މަރުވެފަ އެވެ.

11 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 78%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާރާ

23 April 2021

އަދި ކޮބާ ހިސާބުތަކަށް ނާރާ ހުރިހާ އަދަދު. ރަސްމީކޮށް އަދަދުތައް ނުލާ ކަމަށް އެތައް ބަޔަކު ބުނަމުންދަނީ. ހަގީގީ އަދަދުތައް މާ މަތިވާނެ.

The name is already taken The name is available. Register?

ރާއްޖެ

22 April 2021

ޕޮޒިޓިވް ތިހާ ވަރު ވާ ވަރަށް އެމީހުން އަޅުކަން ކޮއްފި.

The name is already taken The name is available. Register?

އިއްބެ..

22 April 2021

އަޅެ މިވަރުވާއިރުވެސް އިނޑިއާއިން ރާއްޖެއަށް އެއްވެސް ހުރަހެއްނެތި އާދެވޭ ދޯ! އެކަމަކު ބަންގާޅުން 3 މީހުން ފައްސިވެގެން ވަގުތުން އެމީހުންނައް އިތުރު ހުރަސްތަކެއް ކުރިމަތިކުރިޔޭ، މިސަރުކާރުން އިންޑިއާ ވީމަ ހާދަ ނުކެރެޔޭ ހަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްވެސް އަޅަން،،،،،، ޝޭމް އޮން ޕޮލިޓިޝަންސް،،

The name is already taken The name is available. Register?

ޙަބީބު

22 April 2021

އިންސާނާގެ ނުކުޅެދުންތެރިކަމާ ނިކަމެތިކަން ދެކިބަލަ ހައްގުދީން އޮއްވާ އަތުން ކޮށާމަށައިގެން ބުދެއް ހަދައިގެން ނުވަތަ ގެރިޔެއް ހަދައިގެން އަޅުކަން ކުރަނީ

The name is already taken The name is available. Register?

ދިވެހިބިން

22 April 2021

އެހެންވެގެންދޯ ސައުދީއަށާ ޤަތަރަށް ދާން ބޭނުންވާ އިންޑިޔާ ޕާކިސްތާނު މީހުން ކަރަންޓީނަށޭ ކިޔާ އަތޮޅުތެރޭގެ ރަށްތަކަށް އަރުވާ ފުރާލާފަ އެއޮތީ! އެޗްޕީއޭއަށް ސަލާމް

The name is already taken The name is available. Register?

ލޯމާފާން

22 April 2021

މިއީ އެމީހުންގެ އަވަށެއް.

The name is already taken The name is available. Register?

ގައިދުރު

22 April 2021

ރާއްޖޭގެ މިހާރުގެ ރޯލް މޮޑެލް

The name is already taken The name is available. Register?

އަބޫހަމްޒާ

22 April 2021

ރާއްޖޭގައި ހުރި ވެކްސިން ކޮޅު ފޮނުވަން ވީއެއްނޫންތަ މޯދީ ޖީ އަށް ؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

22 April 2021

އަހަރުމެން އަދިވެސް ބަލަންވީ ވާދަވެރި ގައުމުތަކާ ހަނގުރާމައެއްކޮށްލެވޭނެ ގޮތެއް ހޯދޭތޯ.އެކިކަހަލަ އެލަޔަންސްތައް އުފައްދައިގެން ވާދަވެރިންގެ ''ފިޔަ'' ބިންދާލަން މަސައްކަތްކުރީމަ ގައުމުގަ ހުރި ގިނަ މައްސަލަތަަކަށް ހައްލު ލިބޭނެ.މީގެ އިތުރުން އިރު ، ހަނދު ނުވަތަ މާސްއަށް ރޮކެޓެއް ފޮނުވާލަން ޕްރޮޖެކްޓެއް ލޯންޗްކުރީމަ ހުރިހާ މައްސަލަތައް ހައްލު ކުރެވޭނެ.ނިޔާވި ހުރިހާ މީހުންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކުރައްވާށި.އާމީން.ވ.ވެދުން

The name is already taken The name is available. Register?

1234

22 April 2021

ކޮވިޑްތެރޭގައި މޯދީވެރިކަން ބަދަލުވެއްޖެނަމަ އަވަހަށް އަހަރަމެންގެ ބޮޑުވަޒީރު ނަޝީދު ވެރިކަމަށް ހަވާލުކުރަން އިންޑިއާއަށް ފޮނުވާދިނުމަށް މޑޕ ގެ ލީޑަރޝިޕަށް ދަންނަވަން..

The name is already taken The name is available. Register?

އަލީ ނާޒިމް

22 April 2021

އިންޑިޔާ އަދި ޕާކިސްތާން ވެސް ފިސާރި ވަރުވާނެ މިފަހަރު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454