ދުނިޔެ

އައިއެސްގެ މަހުޖަނު ހައްޔަރުކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް އެންމެ ގިނައިން ހަރަދަކުރާ މަހުޖަނު، ސާމީ ޖާސިލް މުހައްމަދު އަލް ޖަބޫރީ

13 އޮކްޓޯބަރ 2021 - 16:32

5 comments

އިސްލާމީ ޚިލާފަތެއްގެ ނަމުގައި، އިސްލާމީ ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތައް ދީ އެތައް މުސްލިމުންނެއް މެރުމުގައި ނަން ހިނގާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް އެންމެ ގިނައިން ހަރަދަކުރާ މަހުޖަނު، ސާމީ ޖާސިލް މުހައްމަދު އަލް ޖަބޫރީ ހައްޔަރުކޮށްފައިވާ ކަމަށް އިރާގުން ބުނެފި އެވެ.

ސާމީ އަކީ އައިއެސްގެ ޖަމާއަތުގެ ކުރީގެ ވެރިޔާ އަބޫބަކުރު އަލްބަގުދާދީގެ ވެރިކަމުގައި އެ ޖަމާއަތުގެ ނައިބު ލީޑަރެއްގެ ގޮތުގައި ވެސް އުޅުނު މީހެކެވެ. އޭގެ އިތުރުން އޭނާއަކީ އައިއެސްގެ ޖަމާއަތަށް އެންމެ ގިނައިން ފައިސާ ހަރަދުކުރާ މަހުޖަނު ވެސްމެ އެވެ.

އިނގިރޭސި ވިލާތުގެ ދަ ޓައިމްސް ނޫހުން ބުނާ ގޮތުގައި ސާމީގެ އަތުގައި ހުރި މުއްސަނދިކަމަކީ އިރާގާއި ސީރިޔާގެ ތެލުގެ ވިޔަފާރީގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ހޯދާފައިވާ ފައިސާ އެވެ. އެއީ އެ ދެ ގައުމުގެ ތެލުގެ އެކްސްޕޯޓްގައި ބައިވެރިވާ ކުންފުނިތަކުގެ އިސް ވެރިންނާ ގާތް ގުޅުމެއް އުފައްދައިގެންކަމަށް ވެސް އެ ނޫސްތަކުން ބުނެ އެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ވިދާޅުވި ގޮތުގައި، ސާމީ ހައްޔަރުކުރީ، އިރާގުގެ ސިއްރު ސިފައިން އެ ގައުމުގެ އިމުން ބޭރުގައި ހިންގި އަސްކަރީ ހަރަކާތެއްގައި މިމަހުގެ 11 ވަނަ ދުވަހު އެވެ. ސާމީއަކީ އޭނާ ހިފައި ހައްޔަރުކުރުމަށް ދުނިޔޭގެ ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އައިއެސް ޖަމާއަތުގައި ބައިވެރިވެގެން، ޖިހާދު ކުރުމުގެ ނަމުގައި އިސްލާމީ ގައުމުތަކުގައި ހަނގުރާމަކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން މީހުން ގެންދަނީ، އެ ޖަމާއަތުން ބޮޑެތި އަދަދުތަކުން ފައިސާ ދީގެންނެވެ. އެ ގޮތުން ޖިހާދު ކުރުމުގެ ނަމުގައި އިސްލާމީ ގައުމުތަކަށް ގޮސް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބައިވެރިވާ ގިނަ މީހުންނަކީ، އެކި ގައުމުތަކުގައި ތަފާތު ޖިނާއީ ކުށްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މީހުންނެވެ.

ސާމީއަކީ އައިއެސް ޖަމާއަތުގައި މިހާރު ވެސް އިސް މަގާމުތަކެއް ފުރަމުން އަންނަ މީހެކެވެ. އެ ގޮތުން އޭނާއަކީ މިހާރުވެސް އެ ޖަމާއަތުގެ މާލީ ވަޒީރުގެ މަގާމާއި، ދިޖުލަތު ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ގަވަރުނަރުވެސްމެ އެވެ.

އެ ގޮތުން އެމެރިކާ އިން ވަނީ އޭނާ ހައްޔަރު ކުރެވޭ ފަދަ މައުލޫމާތެއް ފޯރުކޮށްދިން މީހަކަށް ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

އިރާގާއި ސީރިޔާގައި އައިއެސްގެ ހަނގުރާމަވެރިންނަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވަމުން ދާއިރު، ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް އެ ޖަމާއަތުގެ ބާރު ދަނީ ދަށްވަމުންނެވެ. އައިއެސްގެ ބާރު އެންމެ ގަދަވެގެން އުޅުނީ، އިރާގާއި ސީރިޔާގެ ބޮޑު ސަރަހައްދެއް އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ދުވަސްވަރެވެ. އެއީ އެ ދެ ގައުމުގެ ތެލުގެ މުއްސަނދިކަމުން، އެ ޖަމާއަތް ނަފާ ހޯދަމުން ދިޔަ ދުވަސްވަރެވެ.

5 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 12%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަނ

13 October 2021

މިގައުމުގަ ދިން ނިރުބަވެރި ހަމަލާ ފަންޑްކުރި މީހާ ތި ހޯދުނީ..

The name is already taken The name is available. Register?

ތުރުކީ.

13 October 2021

ދެން ފެންނާނީ ލާރިކޮޅެއް ދީގެން ތިއަ މަހުޖަނު ސަލާމަތް ވެގެން ދާތީ. ހުސް ޑުރާމާ. ތިއަ އޮޕޮރޭޓު ކުރަނީ އެމެރިކާ އަދި ގަލްފުގެ ޢަރަބި ވެރިން. ބޭނުމަކީ މުސްލިމުން ނިކަމެތިކޮށް ޔަހޫދީންނާއި ނަސާރާއިން ޢިއްޒަތްތެރި ކުރުން. ދެން ތާއަބަދު ވެރިކަމުގާ ތިބުން.

The name is already taken The name is available. Register?

އަފުރާސިޔާބު

13 October 2021

ބައްލަވާ! ސީރިޔާއާއި އިރާގުގެ ތެލުގެ ސަރަހައްދު ހިންގައި ބަލަހައްޓަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންނާއި ތުރުކީ ވިލާތުން. ދެން ތިބުނާ މީހަކު އެތަނުން ތެލުގެ ވިޔަފާރިއެއް އެމެރިކާއާއި ވިލާތުގެ ގައުމުތަކާ ނުގުޅި ހިންގާނެ ގޮތް ބުނެބަލަ. އެމެރިކާގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަކުން ތިބުނާ ތެޔޮ ގެންދާ މީހާގެ ބޮލަށް އަގެއް ހުށަހެޅުމަކީ ދުނިޔެއަށް އޮޅުވާލަން ކުރާނެ ކަމެއްކަމަށް ބެލެވޭ.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

13 October 2021

ތީ އައިސިސްގެ އުސާމާދޯ؟

The name is already taken The name is available. Register?

ޖަމީލުބެ

13 October 2021

ބޮޑު ގޮހޮޑާ ވާހަކަ، ސަންތި މަރުޔަނބު ވާހަކަ، ފޫޅު ދިގު ހަނޑި ވާހަކަ؛ މިވާހަކަތަކުގެ ތެދުދޮގު އެހުމެއް ނޯވެއެވެ. ކިޔައިދޭގޮތަށް ގަބޫލު ކޮށްލަނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454