ބާސެލޯނާގެ މަޝެރާނޯ. --ފޮޓޯ: ގެޓީ އިމޭޖަސް
24 ޖެނުއަރީ 2018 - 09:32
ބާސެލޯނާ (ޖެނުއަރީ 24) – ބާސެލޯނާގައި ހަތް އަހަރާ ބައިގެ މުއްދަތެއް ހޭދަކުރުމަށް ފަހު އާޖެންޓީނާ ޑިފެންޑަރު ހަވިއާ މަޝެރާނޯ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ކްލަބް ދޫކޮށްލާނެ އެވެ.
އޭނާ ދާނެ ކަމަށް ބެލެވެނީ ޗައިނީސް ސުޕަ ލީގުގެ ހެބެއީ ޗައިނާ ފޯޗޫންއަށެވެ. އުމުރުން 33 އަހަރުގެ މަޝެރާނޯ ބާސެލޯނާއާ ގުޅުނީ 2010 ވަނަ އަހަރު ލިވަޕޫލުން 17 މިލިއަން ޕައުންޑަށެވެ. އޭގެ ކުރިން އޭނާ ވަނީ އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑާއި ބްރެޒިލްގެ ކޮރިންތިއަންސް އަދި އާޖެންޓީނާގެ ރިވާ ޕްލޭޓަށް ކުޅެފަ އެވެ.
ސެންޓްރަލް ޑިފެންޑަރެއްގެ އިތުރުން މެދުތެރެއަށް ވެސް ގިނަ މެޗުތައް ކުޅެފައިވާ މަޝެރާނޯ ވަނީ ބާސެލޯނާއާ އެކު 18 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ހަތަރު ފަހަރު ހޯދި ސްޕެނިޝް ލީގާއި ދެ ފަހަރު ހޯދި ޗެމްޕިއަންސް ލީގު ހިމެނެ އެވެ. އެ ކްލަބަށް ކުޅެދިން 334 މެޗުން އޭނާ އަށް ޖެހުނީ އެންމެ ގޯލެކެވެ.
ބާސެލޯނާ އިން މަޝެރާނޯ އަށް ބުދަ ދުވަހު ރަސްމީކޮށް އަލްވަދާއު ކިޔާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޝަލް
24 January 2018
''އެ ކްލަބަށް ކުޅެދިން 334 މެޗުން އޭނާ އަށް ޖެހުނީ އެންމެ ގޯލެކެވެ.'' ޑޯންޓް އަންޑަ އެސްޓިމޭޓް ލެޖެންޑްސް ލައިކް ހިމް. ހީ ޑިޑް ހިޒް ބެސްޓް އިން ހިޒް ޕޮސިޝަން. ހީ އައިންޓް އަ ފޯވަރޑް. ގްރެސިއަސް މަޝެ.
ގްރެސިއަސް މަޝެ
24 January 2018
ބައިކޮޅަށް ޖެހި ލަނޑުގެ އަދަދުވެސް ހިމަނާލިނަމަ