ދުނިޔޭގެ ކުޅިވަރު

އިންސާފުވެރި ކަރަންޓީނު އުސޫލެއް ބޭނުންވޭ: ޕޮޗެޓީނޯ

ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ.-- ފޮޓޯ: އޭއެފްޕީ

06 މާޗް 2021 - 12:13

ޕެރިސް (މާޗް 6) - މި މަހު ކުޅެން ތާވަލުކޮށްފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރުމުގައި ކްލަބްތަކަށް ފަސޭހައެއް އޮތީ މިކަމުގައި ޝާމިލުވާ ރަސްމީ ފަރާތްތަކުން އިސްވެ އިންސާފުވެރި ކަރަންޓީނު އުސޫލުތަކެއް އެކުލަވާލައިގެން ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ނޯމަލް ހާލަތްތަކުގައި ފީފާ އިން ގައުމީ ޓީމުތަކުގެ މެޗުތަކަށް ކަނޑައަޅާފައިވާ ތާރީހުގައި ކުޅެން ޝެޑިއުލްކުރާ މެޗުތަކަށް ކުޅުންތެރިން ރިލީސްކުރަން މަޖުބޫރެވެ. އެކަމަކު ކޮވިޑް-19އާ ހެދި ފީފާ އިން އަމަލުކުރަން ފެށި ހާއްސަ އުސޫލުގެ ދަށުން ކަރަންޓީިނު ވާން ޖެހުމާއި މި ފަދަ ކަންކަމާ ހުރެ ކުޅުންތެރިން ރިލީސްކުރުމުގެ ކަންތައްތައް ވަނީ ކްލަބްގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ގޮތުން ބައެއް ގައުމުތަކުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާއިރު، ވަކި މުއްދަތަކަށް ކަރަންޓީނު ވާން ލާޒިމެވެ. ގިނަ ގައުމުތަކުގައި ކަރަންޓީނުގެ އެ މުއްދަތު އޮތީ 10 ދުވަހަށެވެ. އެކަމަކު ބައެއް ގައުމުތަކުގައި ހަތް ދުވަހާއި 14 ދުވަހާ ދެމެދަށް ވެސް ކަރަންޓީނު މުއްދަތެއް ވަނީ ކަނޑައަޅައިފަ އެވެ.

ކަރަންޓީނު ވާންޖެހޭ ގޮތަށް އޮތުމުން ކުޅުންތެރިންނަށް ކްލަބްގެ މުހިއްމު މެޗުތަކެއް ގެއްލޭތީ ގިނަ ޓީމުތަކުން އަންނަނީ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރަން ދެކޮޅު ހަދަމުންނެވެ. އެކަމާ ގިނަ ކުޅުންތެރިންގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.

ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނީ މިއީ ވަރަށް އުނދަގޫ ހާލަތެއް ކަމަށާއި މީގެ އަށް ރަނގަޅު ހައްލެއް ބޭނުންވާ ކަމަށެވެ.

"މިއީ ވަރަށް ވިސްނުންތެރިކަމާ އެކު ހައްލެއް ހޯދަން ޖެހޭ ކަމެއް. މީގެ ތެރޭގައި ފުޓްބޯޅަ ފެޑެރޭޝަންތަކާއި އެކި ގައުމުތަކުގެ ސަރުކާރާއި ފީފާގެ ހިއްސާއެއް އެބައޮތް. މި ހުރިހާ ފަރާތެއް އެކުވެގެން އެބަޖެހޭ ހުރިހާ ބަޔަކަށް ވެސް އިންސާފުވެރި ގޮތަކަށް މި ކަރަންޓީނު ވުމުގެ ކަންތައްތައް އޮންނަން،" ޕޮޗެޓީނޯ ބުންޏެވެ.

"މީގެ ހައްލެއް ހޯދާއިރު ބަލަންވީ ވަކި ގައުމެއްގައި ކުޅޭ ވަކި ކުޅުންތެރިއަކަށް ނޫން. ހުރިހާ ބަޔަކަށް ހަމަހަމަ ގޮތެއް ވޭތޯ ހައްލެއް ހޯދަންވީ. ސަބަބަކީ މިހާރު މި އޮތް ގޮތުން މީގެ ގެއްލުންނުވާނެ އެއް ބަޔަކު ވެސް ނެތް،"

ޕޮޗެޓީނޯ ބުނީ ކޮލިފައިން މެޗުތައް ކުޅެން ގައުމީ ޓީމުތަކަށް ކުޅުންތެރިން ރިލީސްކޮށްފައި އެ ކުޅުންތެރިން އެނބުރި އައިސް ކަރަންޓީނުގައި ތިބޭ މުއްދަތަށް މެޗުތައް ފަސްކުރަން ޖެހިދާނެ ކަމަށެވެ. އެހެންވެއްޖެނަމަ އެއީ އަނެއްކާ ވެސް ފަހުން ގާތްގާތުގައި މެޗުތައް ގިނައިން ކުޅެން ޖެހުމުގެ އުނދަގޫތައް ކުޅުންތެރިންނަށް ކުރިމަތިވާނެ ކަމެއް ކަމަށާާއި މީގެ އަޅާ ފިޔަވަޅުތަކުގެ ނަތީޖާ އަށް ބެލުން ވަރަށް މުހިއްމު ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ފްރާންސްގެ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު އުސޫލުގައިވާ ގޮތުން ޔޫރަޕުން ބޭރުގެ ގައުމަކަށް ގޮސްފައި އެނބުރި ފްރާންސަށް އައިސް ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހެ އެވެ. އަދި އެ މީހެއް ދޫކޮށްލާނީ ކޮވިޑް-19ގެ ނެގެޓިވް ޓެސްޓަކަށް ފަހު އެވެ. މި ގޮތަށް އުސޫލު އޮތުމުން ޕީއެސްޖީ އަށް ކުޅޭ ދެކުނު އެމެރިކާގެ ކުޅުންތެރިން ކޮލިފައިން މެޗުތަކަށް ރިލީސްކުރުމާ މެދު ގޮތެއް ނިންމުން އެ ކްލަބުން އޮތީ މަޑުޖައްސާލައިފަ އެވެ. ޕީއެސްޖީގައި ގިނަ އަދަދެއްގެ ދެކުނު އެމެރިކާ އަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454