23 ޖުލައި

July 23, 2018 16
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"

ވޯޓު ފޮށި ބަހައްޓަން ގިނަ ރިސޯޓުތަކުން ދެކޮޅު ހަދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏަސް، އެއީ ދޮގު ވާހަކައެއް ކަމުގެ މައުލޫމާތު އެ ކޮމިޝަންގެ ތެރެއިން ލިބިފައިވާ ކަމަށް...

July 23, 2018 1
މިނިވަން އިންތިޚާބަކަށް ގޮވާލައި އީސީ ދޮށަށް އެއްވެއްޖެ

މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) ކައިރީގައި މިއަދު މުޒާހަރާ ކޮށްފި އެވެ.

22 ޖުލައި

July 22, 2018 20
ރަޖިސްޓްރޭޝަންގައި މަކަރު އެބަހަދާ، އާ ފޯމެއް ލާންޖެހޭ

ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީ ކޮށްދިނުމުގައި މަކަރު ހެދުމާއި އޮޅުވައިލުމުގެ އަމަލުތަކެއް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ހިންގާ ކަމަށް ތުހުމަތުކޮށް، އެ ޕާޓީ މެދުވެރިކޮށް ރަޖިސްޓަރީ ވެފައި ތިބި މީހުން އަލުން ފޯމު ހުށަހަޅަން އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

18 ޖުލައި

July 18, 2018 54
ޑީލް ހަދައިގެން މިނިވަންވާން އިމްރާން ބޭނުމެއް ނުވި

ސަރުކާރާ އެކު ޑީލް ހަދައިގެން މިނިވަންވުމަށް، ދިގު މުއްދަތުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެކޮޅު ހައްދަވައިފި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

17 ޖުލައި

July 17, 2018 16
އީސީން އުޅެނީ ރައީސް ޔާމީން އަލުން އިންތިޚާބު ކުރަން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ރައީސް އަބްދުﷲ ޔާމީން އިތުރު ދައުރަކަށް އިންތިޚާބު ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، އެ ކޮމިޝަންގެ ނިންމުމަށް އަދާލަތު ޕާޓީން މިއަދު ފާޑު ކިޔައިފި އެވެ.

10 ޖުލައި

July 10, 2018 37
އިމްރާނަށް އަނިޔާދެނީ ހައްގުންތޯ ޝަހީމް ސާފުކޮށްދެއްވާ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އެންމެ ހެޔޮ އެދެނީ ތިމަންނާ ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް ދައުވާ ކުރައްވާ އިރު، ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 11 އަހަރަށް އިމްރާން ޖަލަށް ލީ އިންސާފުންތޯ ފުރަތަމަ ސާފު ކޮށްދެއްވަން އަދާލަތު ޕާޓީން މިއަދު ގޮވާލައިފި އެވެ.

09 ޖުލައި

July 09, 2018 17
ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުފެށިފައި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން، ޖަލްސާ ނުފެށި ބައިގަޑިއިރަށް ވުރެ ގިނަ އިރުވުމާ ގުޅިގެން ޖަލްސާ ފެށުން 11:30 އަށް ފަސްކޮށްފި އެވެ.

08 ޖުލައި

July 08, 2018 17
ކޯލިޝަންގެ އެއްބަސްވުން މި ހަފުތާގައި އެކުލަވާލަނީ

ސެޕްޓެމްބަރު، 23ގައި އޮންނަ ރިޔާސީ އިންތިހާބާއި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުން މި ހަފުތާ ތެރޭގައި އެކުލަވާލާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

07 ޖުލައި

July 07, 2018 21
ކޯލިޝަންގައި މިފަހަރު މައްސަލަ ނުކުތުން ކުޑަވާނެ: އިބޫ

މީގެ ކުރީ ފަހަރުތަކާ ޚިލާފަށް، ސަރުކާރާ ދެކޮޅަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުލަވާލާފައިވާ ކޯލިޝަންގެ މައްސަލަތައް ކުޑަވާނެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

06 ޖުލައި

July 06, 2018 49
ރަނިންމޭޓަކަށް އަންހެނަކު ބަލައިގަންނަން އަދާލަތަށް ދަތި

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއްބަސްވި ކެންޑިޑޭޓް، އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން އަންހެން ބޭފުޅަކު ކަނޑައަޅައިފި ނަމަ، އެ ބޭފުޅަކު ބަލައިގަންނަން ދަތިވާނެ ކަމަށް އަދާލަތު ޕާޓީން މިރޭ ބުނެފި އެވެ.

05 ޖުލައި

July 05, 2018 30
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް

އިންތިޚާބުތަކާ ބެހޭ ގާނޫނުތަކުގެ އިސްލާހުތަކަށް ވޯޓަށް އެހުމުގައި "ޒަރޫރީ ހާލަތެއް" ކުރިމަތިނުވާ ކަމަށާއި އެ އިސްލާހުތަކަށް ވޯޓަށް އަހަންވާނީ، މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބޭ ޖަލްސާއެއްގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓަށް، އިދިކޮޅު ބައެއް މެމްބަރުން މިއަދު ވަރަށް...

04 ޖުލައި

July 04, 2018 62
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި

ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމްކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރަން ޖެހޭނީ މަޖިލިހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިބެ ކަމަށް...

July 04, 2018 19
މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން އާދޭސް ކުރަނީ!

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ދެ ދުވަހު އެންމެ ހައިރާން ކުރަނިވި ކަމަކަށް ދިމާވީ އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކަށް ސަރުކާރާއި ޕީޕީއެމުން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އަހަން،...

03 ޖުލައި

July 03, 2018 22
ގާނޫނުތަކަށް ހުށަހެޅި އިސްލާހަށް މިއަދުވެސް ވޯޓަށް ނޭހި

އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކަށް ސަރުކާރާއި ޕީޕީއެމުން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އަހަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިއަދު ވެސް ދެކޮޅު ހައްދަވައިފި އެވެ.

29 ޖޫން

June 29, 2018 86
ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމުން ނަޝީދަށް ތައުރީފް

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވުމުން އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތައުރީފް ކުރައްވަމުން އެބަ...

June 29, 2018 40
"މަސީހު ގަބޫލުނުކުރާނަމަ ކޮމިޓީތަކަށް ގޮސްގެން ނުވާނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން، އަބްދުﷲ މަސީހް މުހައްމަދު ބަލައިނުގަންނަ ނަމަ، މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުމުގައި އެ ބޭފުޅުން...

27 ޖޫން

June 27, 2018 7
"ގާނޫނާ އެއްގޮތަށް ހިންގާ ހަރަކާތަށް ހުރަހެއް ނާޅާނެ"

ގާނޫނާ އެއްގޮތަށް ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް ހުރަސްނާޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

26 ޖޫން

June 26, 2018 17
އިމްރާން ގޭބަންދަށް ބަދަލުކޮށްފި

ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.

22 ޖޫން

June 22, 2018 38
ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެނަމަ ޖޭޕީން ނުކުންނަނީ

އަންނަ މަހުގެ 10 ކުރިން އިދިކޮޅު ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ކަނޑަނޭޅިއްޖެ ނަމަ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ފަށައިފި އެވެ.

21 ޖޫން

June 21, 2018 20
"ޕާޓީ މަސްލަހަތު ދޫކޮށް، އެއް ކެންޑިޑޭޓް ނެރެންޖެހޭ"

ޕާޓީތަކުގެ ވަކިވަކި އަމާޒުތައް އެއްކައިރިކޮށް، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

19 ޖޫން

June 19, 2018 35
ކެބިނެޓް އިއުލާން ކުރިއިރު، އެހެން ޕާޓީތަކަށް ނޭނގޭ!

އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާ އެކު ކޯލިޝަން ހަދައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިޔަނި ކެބިނެޓް މިއަދު އިއުލާން ކުރެއްވިއިރު، އެއީ އެ ޕާޓީތަކަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

06 ޖޫން

June 06, 2018 40
ކެންޑިޑޭޓަކު ނެރުން ލަސްވާތީ އަދާލަތުން ގޮތެއް ނިންމަނީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ކަނޑަނޭޅި ލަސްވަމުންދާތީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށް، އެކަމާ ގުޅޭ ގޮތުން ވީހާ ވެސް އަވަހަކަށް އެ ޕާޓީން ގޮތެއް ނިންމުމަށް ރޭ ޚިޔާލު ހުށަހަޅައިފި އެވެ.

05 ޖޫން

June 05, 2018 13
ސިޔާސީއިދިކޮޅުލީޑަރުންގެ އަނބިންނާ ކެޝަޕް ބައްދަލުކޮށްފި

ތަފާތު އެކި މައްސަލަތަކުގައި، ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ ބޭފުޅުންގެ އަނބިންނާ، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަތުލް ކެޝަޕް މިއަދު ބައްދަލު ކުރައްވައިފި އެވެ.