21 މާޗް

March 21, 2018
އަދީބަށް އާއިލީ ބައްދަލުވުން ނުދޭތީ އެޗުއާރުސީއެމަށް

ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އާއިލީ ބައްދަލުވުންތައް ނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެ، އެ މައްސަލަ އާއިލާގެ ފަރާތުން އެޗްއާރުސީއެމަށް މިއަދު ހުށަހަޅައިފި އެވެ.

05 މާޗް

March 05, 2018 21
އާއިލީ ބައްދަލުވުންތައް ނުދޭތީ އަނބިން ކަރެކްޝަންސަށް

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންނަށް އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ މައްސަލާގައި އެ ބޭފުޅުންގެ އަނބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

03 މާޗް

March 03, 2018 8
ސިޔާސީ ގައިދީންގެ އަނބިއަނބިކަނބަލުން ދެއްވި މެސެޖް

އެ ބޭފުޅުންގެ ދުލުން އިވުނު އެންމެ ޝައުގުވެރިކުރުވަނިވި ވާހަކައަކީ މިއީ އެވެ: މި ތިބީ "އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަނެ، އަތުގުޅާލައިގެން" ނެވެ. މިއީ އެކި ތުހުމަތުތަކުގައި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ޝުއޫރެވެ. އެ ބޭފުޅުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ތިއްބެވީ ދޫދޭ ގޮތަކަށް ނޫނެވެ....

01 މާޗް

March 01, 2018 8
އަދީބުގެ އޮޕަރޭޝަން ލަސްކުރާތީ އާއިލާގެ ކަންބޮޑުވުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ އޮޕަރޭޝަން ރާއްޖެ އިން ބޭރުން ކުރެވޭނެ އިންތިޒާމުތައް ހަމަނުޖައްސައި ލަސް ކުރަމުންދާތީވެ، އެމަނިކުފާނުގެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2018 19
މޫސާ އަންވަރަށް އިނގިރޭސި ވިލާތުން ހިމާޔަތް ދީފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެކުވެރިއެއް ކަމަށްވާ މޫސާ އަންވަރަށް އިނގިރޭސި ވިލާތުން ހިމާޔަތްދީ، ސިޔާސީ ރެފިއުޖީއެއްގެ ގޮތުގައި ބަލައިގެންފި އެވެ.

20 ފެބުރުއަރީ

February 20, 2018 3
އަދީބުގެ ގޮޅި އަނެއްކާވެސް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފޯނުކުރައްވާ ކަމުގެ ތުހުމަތުކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޫނިދޫގައި އޮންނެވި ގޮޅި މިއަދު ފާސްކޮށްފި ކަމަށް އޭނާގެ ވަކީލް...

February 20, 2018 5
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫން، މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

18 ފެބުރުއަރީ

February 18, 2018 18
އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލުކޮޅު ކުރިއަށް ވުރެ ގޯސް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2018 13
ކެހި ދެނީ އެންމެ ކައިރީގައި އުޅުުނު މީހުން: ރައީސް

އެ މަނިކުފާނަށް އަބަދު ވެސް ކެހިދެނީ އެންމެ ކައިރީގައި އުޅުނު މީހުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

02 ފެބުރުއަރީ

February 02, 2018 10
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

ތަފާތު މައްސަލަތަކާ ގުޅިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންތައް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ރޭ އަމުރުކުރުމާއެކު، އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުއްލި ގޮތަކަށް މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.

01 ފެބުރުއަރީ

February 01, 2018 9
ގައިދީންގެ ބަޔާން ޝާއިއުކުރީމާ އަޅާނެ ފިޔަވަޅެއް ނުބުނި

ގައިދީންގެ ފަރާތުން ނެރޭ ބަޔާންތައް ޝާއިއުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިން ނަމަވެސް، އަޅާނެ ފިޔަވަޅެއް ހާމަކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ދެކޮޅު ހަދައިފި އެވެ.

30 ޖެނުއަރީ

January 30, 2018 7
ކޯޓުގެ ހުރުމަތް ކެނޑުމުން އަދީބަށް އިތުރު ހުކުމެއް

ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި މިއަދު އިތުރު 15...

January 30, 2018 3
އަދީބަށް ކުރާ ދެ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން...

29 ޖެނުއަރީ

January 29, 2018 20
ފާރިސް ދެކެ ރައީސް ޖެހިލުންވެ ވަޑައިގަންނަވާ: އަދީބު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަކީ ރައީސް އަބްދުﷲ ޔާމީން ޖެހިލުންވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު...

January 29, 2018 1
އަދީބަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

25 ޖެނުއަރީ

January 25, 2018 16
އަދީބުގެ އަނބިކަނބަލުން އެޗްއާރުސީއެމަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގާނޫނީ ވަކީލުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސް އައިމިނަތު އީނާސް އާއި އެހެން މެމްބަރުންނާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

21 ޖެނުއަރީ

January 21, 2018 12
ގާސިމްގެ ރިސޯޓުތަކަށް އަރައިގެން ހިންގަނީ ޖަރީމާއެއް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަށްތަކަށް އަރައިގެން އެ ހިންގަނީ އިގުތިސޯދީ ޖަރީމާއެއް ކަމަށާއި އޭގެ އަސަރު ރާއްޖޭގެ ފުދުންތެރިކަމަށް ވެސް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

18 ޖެނުއަރީ

January 18, 2018 8
އަދީބަށް އިހުމާލެއް ނުވޭ، ހުރިހާ ފަރުވާއެއް އެބަދޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

10 ޖެނުއަރީ

January 10, 2018 8
ފޯނެއް އޮތްތޯ ބަލަން އަދީބުގެ ގޮޅި ފާސްކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފޯނެއް ގެންގުޅުއްވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނު ދޫނިދޫގައި އޮންނެވި ގޮޅި ބަލައި މިދިޔަ ހޯމަ ދުވަހު ފާސްކޮށްފި އެވެ.

January 10, 2018 22
ބޭސްފަރުވާ ލިބުމަކީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު...

07 ޖެނުއަރީ

January 07, 2018 4
"ފަރުވާއަށް ބޭޭރަށް ފޮނުވުމުގެ މައްސަލަ ކޯޓަށް ބެލޭނެ"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ މައްސަަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް އޭނާގެ ފަރާތުން އެ ކޯޓަށް މިއަދު ހުށަހެޅި ޖަވާބުގައި ބުނެފި އެވެ.

05 ޖެނުއަރީ

January 05, 2018 36
އަދީބަށް ބޭސްފަރުވާގެ ހައްގު ފޯރުކޮށްދީ: ގާސިމް

ބޭސްފަރުވާގެ ފުރިހަމަ ހައްގު ލިބުން ލަސްވުމުގެ ހިތްދަތިކަން ތަޖުރިބާކުރައްވާފައިވާާ ކަމަށާއި އެ ހައްގު، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2018 14
ރިޝްވަތު ދިނުމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި

ފުލުހުންގެ ބަޔަކަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

January 04, 2018 9
އަދީބު ބޭރަށް ފޮނުވުމުގެ މައްސަލަ ކޯޓަކަށް ނުބެލޭނެ"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް...

19 ޑިސެމްބަރ

December 19, 2017 8
އަދީބު ގޭބަންދަށް ބަދަލުކުރެވޭކަށް ނެތް: ކަރެކްޝަންސް

އެތައް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ދެކޮޅު ހަދައިފި އެވެ.