09 ޖުލައި

July 09, 2020 17
އާއިލާއަށް ކާއެއްޗެއް ނުލިބި ހަ މަސް:ހައްގުތައް ކޮބާ؟

އެތައް މަހެއްގެ މުސާރަ ނުދިނަސް ޓްރައިބިއުނަލް އަށް ގޮސްގެން އިންސާފު ހޯދަން ބިދޭސީ މަސައްކަތްތެރިންނަށް ބޮޑެތި ހުރަސްތަކެއް އެބަހުރި.

08 ޖުލައި

July 08, 2020 20
ބޮޑުފިނޮޅުގެ ބިދޭސީންނާ ގުޅޭ މައްސަލައެއް ޖޭއެސްސީއަށް!

އެތައް މަހަކު މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި ބިދޭސީން ހިންގި ހަމަނުޖެހުމުގައި ފުލުހުންނާ ކުރިމަތިލުމުން ހައްޔަރުކުރި 19 ބިދޭސީންނަށް މުއްދަތު މަޖިލީހުގައި ތަރުޖަމާނެއް ހަަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.

05 ޖުލައި

July 05, 2020 70
ބިދޭސީންނާ ހަވާލުވެވޭނީ ކޮންބައެއްކަން އެނގިގެން: ރިޒް

މުސާރަ ނުދިނުމުން ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީން އެ ރަށުން ބޭލޭނީ އެ މީހުންނަކީ ކޮން ބައެއްކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދިނުމުން ކަމަށް ބުނެ ރިޒް ކުންފުނިިން ބިދޭސީންނާ ހަވާލުވާން އިންކާރުކޮށްފި އެވެ.

July 05, 2020 46
މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!

ސައްހަ ޑޮކިއުމެންޓެއް ނެތް ބިދޭސީންތަކެއް ލައްވައި، ބޮޑުފިނޮޅުގައި މަސައްކަތްކުރުވައި، އެތައް މަހެއް ވަންދެން މުސާރަ ނުދިނުމާއި، އެތަނުން އެމީހުން ފޭބިޔަނުދީ ގެންގުޅުމަކީ...

July 05, 2020 39
ރިޒާގެ އެކައުންޓު ފްރީޒްކުރޭ، މުސާރަ ދީ: ނަވާނަވައި

ރިސޯޓެެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ، ގެންގުޅުނު މައްސަލައިގައި، އެ މަސައްކަތުގެ ކޮންޓްރެކްޓަރު...

04 ޖުލައި

July 04, 2020 81
ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރަނީ

ބ. އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގިއިރު އޭގެ ތެރެއިން ގިނަ ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް، ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިއަދު ބުނެފި އެވެ.

03 ޖުލައި

July 03, 2020 88
ބިދޭސީން ފުލުހުންނަށް ހަމަލާދޭ ބިރުވެރި މަންޒަރެއް

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންްނަ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި 13 ދިވެއްސަކު ރަހީނު ކުރުމުން އެ ތަނަށް ފުރަތަމަ ދިޔަ ފުލުހުންނަށް...

July 03, 2020 83
ރިޒް އަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި: ސީލް

ބ.އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ ރަށުގެ ޑިވެލޮޕަރު ފައިސާ ނުދޭތީ ކަމަށް ބުނެ...

02 ޖުލައި

July 02, 2020 182
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި

ބ. ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން ކުރަމުންދާ ހަޅުތާލު ހޫނުވެ، އެ ރަށަށް އަރަން ދިޔަ ފުލުހުންނަށް އެ ރަށަށް އެރޭ ގޮތް ނުވި ކަމަށް ތުޅާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.