އުރީދޫން ބާއްވާ ފޯރިގަދަ "ފަން ރަން"ގެ ހޯސްޓު ޕާޓްނަރަކަށް އެޗްޑީސީން ސޮއިކޮށްފި އެވެ.

އަންނަ މަހުގެ 23 ގައި ބާއްވަން ހަމަޖެހިފައިވާ "ފަން ރަން" އޮންނާނީ ހުޅުމާލޭގަ އެވެ. އެ ދުވުން ފަށާނީ ސެންޓްރަލް ޕާކުންނެވެ.

އުރީދޫއިން ކުރިން ބޭއްވި "ކަލަ ރަން" ރީ ބްރޭންޑުކޮށް ތައާރަފުކުރި މި ދުވުން ކުރިން ބާއްވަން އުޅުނީ މި މަހުގެ 25ގަ އެވެ. ނަމަވެސް ގިނަ ބަޔަކު ބައިވެރިވާން ބޭނުންވާތީ ރެޖިސްޓްރޭޝަން މުއްދަތު މާދަމާއާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫ އިން ބުނި ގޮތުގައި އެ ދުވުމަކީ އަލަށް ބައިވެރިވާ މީހުންނަށް ވެސް ފަސޭހަވާނެހެން މި ފަހަރުގެ މެރަތަންގައި ދުވާނީ ފަސް ކިލޯ މީޓަރަށެވެ. އެ ދުވުމުގައި ރެޖިސްޓަރީ ކޮށްގެން "ފަން ރަން"ގެ ކިޓު ގަނެގެންނެވެ. އެ ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެވެ.

"ފަން ރަން" ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެ އެވެ. އަދި އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެއީ ވަކި ވަގުތެއްގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ އާއި ދުވަމުން ނުވަތަ ނަށަމުން ވެސް ދުވުން ނިންމި ދާނެ އެވެ.