ވިޔަފާރި

ދަ ސާކަލްއާއެކު، ހަނާންގެ ކުރިމަގަށް އަލިކަމެއް

ދަ ސާކަލްއިން ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގެ ތެރެއިން. -- ފޮޓޯ؛ ދަ ސާކަލް

އުމުރުން 15 އަހަރުގެ އާއިޝަތު ހަނާން މުހައްމަދު އާސިފްގެ އަބަދުގެވެސް އުއްމީދަކީ މެޑިސިންގެ ދާއިރާ އިން ކުރިއަށް ދާށެވެ. ކެމިސްޓްރީ އާއި ބަޔޮލޮޖީ އަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަމަކު، އެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ގާބިލްކަމާއި ހުނަރު މަދުކަމުން މާ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތެވެ. އެ ހާލަތުގައި ދެން އޭނާ އަށް މަގުދައްކައިދިނީ އުގެއިލް ފައުންޑޭޝަނެވެ. އެ ތަނުން ހިންގާ "ދަ ސާކަލް" ޕްރޮގްރާމާ ހަނާން ގުޅުނު ހިސާބުން މުސްތަގުބަލް ފެނިއްޖެ އެވެ.

ހަނާން، ކޯޑިން އަށް ކޮންމެ ވެސް ވަރަކަށް ޝައުގުވެރިކަން ހުރެ އެވެ. އެކަމަކު، ދަ ސާކަލް އިން ހިންގާ "ކޯޑިން އެންޑް ކްރިޓިކަލް ތިންކިން" ޕްރޮގްރާމްގައި 2021 ވަނަ އަހަރު ބައިވެރިވި އިރު އެއީ އޭނާގެ މުސްތަގުބަލަށް ކިހާ މުހިންމު ޕްރޮގްރާމެއް ކަމެއް ނޭނގެ އެވެ.

"ކޯޑިން ޕްރޮގްރާމަކީ ވަރަށް ގިނަ ކަންތައްތަކާ މެދު ވިސްނުން ބައްޓަން ކުރަންވީ ގޮތް ދަސްވި ޕްރޮގްރާމެއް. އަސްލު އެކި މައްސަލަތަކަށް ވަރަށް އައުޓް އޮފް ދަ ބޮކްސް ތިންކިން ގެންގުޅެންވީ ގޮތް ދަސްވި. ވަރަށް ބޮޑަށް އެކި ކަންކަމަށް ކްރިއޭޓިވް ސޮލިއުޝަންތަކެއް ހޯދަން ދަސްވި،" ހަނާން ބުންޏެވެ.

"އެ ކަންކަން ދަސްވީ މި ޕްރޮގްރާމްގައި ވީކްލީ މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރި އެކި ޕަޒްލްތަކާއި ރިޑްލްތަކުން."

ތިން އަހަރު އޮނަލިސްޓެޑް އެވޯޑް ހޯދައި، ޖަމާލުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގައި މިހާރު ކިޔަވަމުން އަންނަ ހަނާން ބުނިގޮތުގައި އޭނާ އަށް އެ ޕްރޮގްރާމުގެ ސަބަބުން ކޯޑިން އަށް ވަރަށް ބޮޑަށް ލޯ ހުޅުވި، ގިނަ ކަންތައްތަކެއް ދަސްވި އެވެ.

އޭގެ ނަތީޖާއަކީ ޖެހިގެން އައި އަހަރު އުގެއިލް ފައުންޑޭޝަނުން ބޭއްވި "ލީޑާސް އޮފް ޓްމޯރޯ" ޕްރޮގްރާމްގައި ވެސް ބައިވެރިވެ، އިތުރު ހަރުފަތަކަށް ދިއުމެވެ.

ހަނާން ބައިވެރިވި ބައިނަލްއަގުވާމީ ކޮންފަރެންސެއްގެ ސެޓްފިކެޓާއި ހަވާލު ވަނީ.

ހަނާން ބުނީ، "ލީޑާސް އޮފް ޓްމޯރޯ" ގެ ފައިދާ އަދި މާ ބޮޑުވި އެވެ. އޭނާ ކުރިއަށް ދާން ބޭނުންވާ މެޑިކަލް ދާއިރާގައި ކުރިމަގުގައި ސާބިތު ވާން ގިނަ ހުނަރުތައް ދަސްވި އެވެ. ގިނަ އެެއްޗެހިތަކެއް އެނގުނެވެ.

"އަސްލު ލީޑާސް އޮފް ޓުމޯރޯ އަކީ އަމިއްލަ ދިރިއުޅުމާއި ތައުލީމީ ހަޔާތަށް ވެސް މުހިންމު ގިނަ ކަންތައްތަކެއް ދަސްވި ޕްރޮގްރާމެއް. ވަރަށް ބޮޑަށް ސެލްފް ކޮންފިޑެންސް ބިލްޑް ވެއްޖެ މި ޕްރޮގްރާމުގެ ސަބަބުން. އަދި ވާހަކަ ދެއްކުމުގެ ހުނަރާއި މީހުންނާ މުއާމަލާތް ކުރަންވީ ގޮތް ވެސް ދަސްވެއްޖެ،" ހަނާން ބުންޏެވެ.

"އަސްލު މެޑިކަލް ފީލްޑަށް ވަނުމަށް ދާން ބޭނުންވާ ޔުނިވާސިޓީ އަށް ވަނުމަށް އިންޓަވިއުގައި ވާހަކަ ދައްކަންވީ ގޮތް ވެސް އެނގިއްޖެ. އަދި އެހާ ސްޓްރެސްފުލް ދާއިރާއަކަށް ދާން ބޭނުންވާ އިރު، ޓައިމް މެނޭޖުކޮށް، ސްޓްރެސް މެނޭޖު ކުރަންވީ ގޮތް ވެސް ޕްރޮގުރާމުގެ ސަބަބުން ދަސްވި."

ހަނާން ބުނި ގޮތުގައި އެ ޕްރޮގުރާމުގެ ސަބަބުން މިހާރު ވެސް އޭނާގެ ދިރިއުޅުމަށް ބޮޑު ލުޔެއް ލިބި، އިސްކަން ދޭންވީ ކަންތައްތައް ދަސްވެ، ބައެއް ފުރުސަތުތަކަށް ނޫނެކޭ ބުނާނެ ހިތްވަރު ލިބިއްޖެ އެވެ. ކިޔެވުމަށް ވަގުތު ދެމުން މާޝަލް އާޓްސް އާއި ހޭންޑް ބޯލް އަދި ގާލް ގައިޑްގައި އުޅޭ ހަނާނަށް އެ ޕްރޮގްރާމުގެ ސަބަބުން ވަގުތު މެނޭޖުކުރަން އެނގި އަމިއްލަ ނަފްސަށް ވަގުތު ދޭން ވެސް ދަސްވެއްޖެ ކަމަށް އޭނާ ބުންޏެވެ.

އުގެއިލް ފައުންޑޭޝަންގެ ސަބަބުން ހަނާނަށް ދަސްވި އުކުޅުތަކުގެ އެހީގައި އޭނާ ވަނީ މި އަހަރުގެ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ވެސް ބައިވެރިވެފަ އެވެ. ހަނާން ބުނީ އެއީ އެ ފަދަ އެކި މުބާރާތްތަކަށް ބޭނުންތެރި ގިނަ ހުނަރުތަކެއް ދަސްކޮށްދިން ޕްރޮގްރާމެއް ކަމަށެވެ. އަދި ސްކޫލުން ލިބޭ ތައުލީމާއި ދަ ސާކަލްގެ ޕްރޮގްރާމުތަކުން ލިބޭ ތަމްރީނު ތަފާތު ކަމަށް ބުންޏެވެ.

"މި ޕްރޮގްރާމުތަކުގަ ނުދޭ މާކްސްއެއް. ޕޮޒިޓިވް ފީޑްބެކް ދެނީ. ރަނގަޅު ކުރެވޭނެ ގިނަ ގޮތްތަކެއް ކިޔައިދޭ. ސްކޫލްގެ ސިސްޓަމާ މުޅިން ތަފާތު. އަސްލު އަމިއްލަ ނަފްސު އިމްޕްރޫވްކޮށް، އަމިއްލަ މީހާގެ ތަރައްގީއަށް ކުރަންވީ ކަންތައްތައް ވަރަށް ބޮޑަށް އެނގުނު،" ހަނާން ބުންޏެވެ.

ނޯޓް:

މިއީ އުގެއިލް ފައުންޑޭޝަންގެ ޕްރޮމޯޝަނަލް ލިޔުމެކެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454