ޗެޓްޖީޕީޓީ. ބީއެމްއެލް މެދުވެރިކޮށް ޗެޓްޖީޕީޓީއަށް ޓްރާންސެކްޝަން ހެދުން ބްލޮކް ކޮށްފި--
31 މެއި 2023 - 21:13
ބީއެމްއެލް އިން އާޓިފިޝިލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ޗެޓް ބޮޓް، "ޗެޓްޖީޕީޓީ" އަށް ފައިސާ ދެއްކުން ބްލޮކް ކޮށްފި އެވެ.
އެ ބޭންކުން މިއަދު ބުނީ، ޗެޓްޖީޕީޓީ އިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކްވުން ފެންމަތިވެފައިވާ ކަމަށާއި އެ ވެބްސައިޓަށް ބީއެމްއެލް މެދުވެރިކޮށް ޓްރާންސެކްޝަން ހިންގުން ވަގުތީ ގޮތުން ބްލޮކް ކޮށްފައިވާ ކަމަށެވެ.
ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކުވުމުގެ ސަބަބުން، ގިނަ ކަސްޓަމަރުންނަށް އޭގެ ގެއްލުން ކުރިމަތިވާ ކަމަށާއި ބީއެމްއެލް އިން އެންމެ ބޮޑު އިސްކަމެއްދެނީ ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށް ބުންޏެވެ.
Due to an increase in fraudulent transactions associated with ChatGPT, transactions at this merchant have been temporarily blocked for your safety. Merchant data compromises can impact millions of customers globally, and protecting you is our top priority. We apologize for any…
— Bank of Maldives (@bankofmaldives) May 31, 2023
ބީއެމްއެލް ވެބްސައިޓު
ޗެޓްޖީޕީޓީ އަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ބޮޑު މަގްބޫލު ކަމެއް ލިބިފައިވެ އެވެ. މި ޗެޓްބޮޓް ރާއްޖޭގައި ވެސް ގިނަ ބަޔަކު ބޭނުން ކުރެ އެވެ. ޗެޓްޖީޕީޓީ އިން ފޮނުވާ މެސެޖް ވަގުތުން ރައްދު ދީގެން، އާޓިކަލް، އެސޭ، ޖޯކު، ޅެން އަދި ވަޒީފާގެ އެޕްލިކޭޝަންތައް ފަދަ ތަކެތި އޭއައި ބޭނުންކޮށްގެން ލިޔެދެ އެވެ.
މިދިޔަ ހޯމަ ދުވަހު، ބީއެމްއެލް އިން ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އައިއޭ ހިމެނޭ ބައެއް ވެބްސައިޓުތަކުން، ކަސްޓަމަރުންގެ ކާޑުތަކުގެ މައުލޫމާތު ލީކުވުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް ބެލުމަށް ފަހު، އެ ވެބްސަައިޓުތަކުން ބީއެމްއެލްގެ ކާޑުތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ ފިޔަވަޅުތައް އަޅަނީ، ކަސްޓަމަރުންގެ މާލީ މައުލޫމާތުތައް ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލްގެ ޗެޓްޖީޕީޓީ އަށް ޕޭމެންޓްތައް ހެދުން ބްލޮކް ކުރިއިރު، ދާދި ފަހުން ވެސް އޮޅުވާލައިގެން އެ ބޭންކުގެ އެކައުންޓްތަކުން ފައިސާ ނެގުމުގެ މައްސަލަވަނީ ފެންމަތިވެފަ އެވެ. އެފަދަ ސްކޭމުތައް ހުއްޓުވުމަށް ބީއެމްއެލް އިން އަންނަނީ އޮންލައިން ހިދުމަތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިކް
01 June 2023
އަމިއްލަ ފޯނުން ޗެޓްޖީޕީޓީ ބޭނުންކުރެވޭ ވަރަށް އަދި އިތުބާރެއް ނުކުރެވޭ އެއަކަށް. އޭ.އައި ކޮށްފަ ނުކުރާނެކަމެއް އަސްލު ރަގަޅަށް ވިސްނައިގަންނަންވެސް ނޭނގޭނެ. ހުރިހާ އެންމެން ޑޭޓާ ފައިލްތަކަކަށް ހަދާލެވިގެން ގޮސް ކޮންމެ މީހަކާ ބެހޭ ހުރިހާ މައުލޫމާތެއް ރައްކާކުރެވިގެން އެހެން ބައެއްގެ އަތަށް އެ އެރިއަދެނީ ކިހާ ނުރައްކާތެރި ބާރެއްކަން ފުރިހަމައަށް ވިސްނައިގަންނަންވެސް އަދި ނޭނގޭނެ. މިހާރުވެސް ކުރެވޭ ޗެޓްތަކާ ގުޅޭ ފީޑް ފޯނުން ދައްކަނީ ކަމެއްވެގެން.
ޝޯމޭން
01 June 2023
ޗެޓްޖީޕީޓީ ދުވަހަކު ބޭނުން ނުކުރާ މީސްމީހުންގެ އެކައުންޓުންވެސް އެބަހުރި ލާރި ކެނޑިފަ. މި ކިހިނެއްވާ ކަމެއްތޯ.
މިދެންކިހާ
31 May 2023
ދެރަކަމެއް. މިޔަނުން މުއްސަދިންނަށް ފައިދާ ކޮޅު ބަހާއިރު އާންމު ރައްޔިތުން މިއުޅެނީ ފިހާރައިން ގަތް އެތިކޮޅަށް ފައިސާ ނުދެއްކިގެން. ދަރިފުޅު އެބައޮތް ނުނިދާ ފައިސާނުދެއްކިގެން ބުއްދަޅު ނުގަނުވީތީ.
ޗޮކޭޭ
31 May 2023
ދުނިޔޭގެ އެހެން ގައުމުތަކުގެ ބޭންކް ތަކުން ފައިސާ ދެއްކޭއިރު މައުލޫމާތު ލީކުވެގެން ނޫޅެ. މިކަން ހައްލު ކުރަން އެގޭ ސީއީއޯ އެއް ވެސް ނުލިބެނީތަ. ވަރަށް ތަޖުރިބާ ބޮޑު ސީއީއޯ އިން ކަމަށް ވަނީ މިގެނަސް ތިބެނީ. ވާއެއްޗެއް ނޭންގެ. ދެން މިވަރު ބަޔަކަށް ޑިޖިޓަލް ކަރަންސީ ހެދޭނެތަ.
ހަހަހަހަ
31 May 2023
ކާޑްތަކުގެ ލިމިޓް އޮބިއަޅާފައި ބޭންކުން މިލިޔަނުން ފައިދާ ނަގަނީ. މިކަން ބަލާނެ ފަރާތެއް ނެތް. ސަރުކާރަށް ވެސް ގިނައިން ލިބެނީ ފައިދާ އިތުރުވިވަރަކަށް
ހަލާކު
31 May 2023
މިގައުމުގަ ހުރެގެން ނެތް ކުރި އެރޭކަށް، މިތަން ދަނީ ސްތޯން އޭޖަށް، އޮތީ އިގްތިސޯދީ އަޅުވެތިކަން
ގުދުގުދާބެއްޔާ
31 May 2023
މިހާރު ގޫގުލްސް އިން ދިވެހިބަސް އިގިރޭސިބަހަށް ތަރުޖަމާކުރެވޭ! ދިވެހިބަހުން މަރުތެޔޮ ލިއުނީމައި އިގިރޭސި ތަރުޖަމާއަށް އަންނަނީ " ޑެތް އޮއިލް" ޗެޓް ގީޕީޓީ ވެސް މިގޮތައް އަންނާނެ ބާ؟
ބިސްބެ
31 May 2023
ހެހެހެ. ގުދުގުދާ ތިހެން ބުނީތީ ބަލާލައިފިން. ހަމަތެދެއް ތިބުނީ. ދެން ހަމަ ހިނިއަންނަގޮތްވޭ. ދެން ބަލަމާ ޒަމާންވާވަރަކަށް ދާނީ ރަނގަޅުވަމުންކަމަށް.
ކސޖސނސކއި
31 May 2023
މިގޮތައް… ށ ސުކުން