ގދ. ވާދޫގައި ހުރި ބީއެމްއެލްގެ އޭޓީއެމަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި ހުންނަ އޭޓީއެމަށް ގެއްލުންދީފައިވާ މައްސަލައެއް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ވާދޫ އޭޓީއެމްއަށް ގެއްލުންދީފައި-- ފޮޓޯ: ސޯޝަލް މީޑިއާ
ވާދޫ އޭޓީއެމްއަށް ގެއްލުންދީފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ދީފައިވަނީ ކޮން ގެއްލުމެއް ކަމެއް ފުލުުހުން ހާމަކޮށްފައި ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އޭޓީއެމް މެޝިނުގެ ލާރި އަޅާ ބަޔަށް ކުނިކަހާ ފިހިގަނޑެއްގެ ދަނޑެއް ވަނީ ޖަހައިފަ އެވެ.