އެމްއޭސީއެލްގެ އެއާ ޓްރެފިކް ކޮންޓްރޯލް އޭރިއާގައި މުވައްޒަފަކު މަސައްކަތް ކުރަނީ: ވީއައިއީގެ އެއިރޯ ނޯޓިކަލް މެސެޖް ހޭންޑްލިން ސިސްޓަމް ވަނީ ތަރައްގީކޮށް، ބޭނުން ކުރަން ފަށާފައި --- ފޮޓޯ/މިހާރު
01 ޑިސެމްބަރ 2023 - 18:45
ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭނުންކުރާ އޭރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ބަދަލު ގެނެސް ހިދުމަތް ދޭން ފަށައިފި އެވެ.
މިއަހަރު ކުރީކޮޅު ފެށި އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މިހާރު ވީއައިއޭގައި ހުންނާނީ މިފަދަ އެންމެ ފަހުގެ ސިސްޓަމް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ މި ޕްލެޓްފޯމާ އެކު މިހާރު މެނުއަލްކޮށް ކުރާ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އެއާލައިންތަކުން ފޮނުވާ ފްލައިޓް ޕްލޭން އިންޓަނެޓް މެދުވެރިކޮށް އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރެވޭނެ ކަމަށެވެ.
މި ސިސްޓަމަކީ ގާއިމް ކުރުމުގެ މަޝްރޫއުއަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުންދާ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއާނެވް އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. އެކަމަށް 500،000 ޑޮލަރު (7.7 މިލިއަން ރުފިޔާ ހަރަދުވި އެވެ.
އައިޑީއެސް އެއާނެވް އިން ވަނީ މި ސިސްޓަމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރުމުގެ އިތުރުން އޭރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފަ އެވެ. އަދި މި ސިސްޓަމް ބޭނުން ކުރާނެ ގޮތުގެ ހާއްސަ ތަމްރީން ވެސް ވަނީ މުވައްޒަފުންނަށް ދީފަ އެވެ.
އާ ސިސްޓަމާ އެކު އެއާޕޯޓުގެ އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޫގުލް ސްޕީޑް
02 December 2023
ސާބަހޭ ޑަކްޓަރު ރައީސް މުއިއްޒު!
މާލިކިީ
01 December 2023
ޓާހާ ގެ މޮޅުކަމާއި ކުޅަދާނަ ކަން ތިފެނިގެން ދަނީ...މަރުހަބާ