ވިޔަފާރި / ފިނޭންސް މިނިސްޓްރީ

އެމްއޭސީއެލް މެދުވެރިކޮށް 50 މިލިއަން ޑޮލަރު ނެގީ އެސްބީއައިގެ ލޯނު ދައްކަން

ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު. އެމްއޭސީއެލް މެދުވެރިކޮށް ސަރުކާރުން ނެގި 50 މިލިއަން ދެއްކީ އެސްބީއައި ބޮންޑު އަނބުރާ ދައްކަން -- ފޮޓޯ: މިހާރު

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލް މެދުވެރިކޮށް ބީއެމްއެލް އިން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ނެގީ، މިދިޔަ މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ބޮންޑެއް ދެއްކުމަށް ކަން އެނގިއްޖެ އެވެ.

އެ މުއާމަލާތާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ އިސް ބޭފުޅަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އެމްއޭސީއެލް މެދުވެރިކޮށް ސަރުކާރުން ލޯނު ނަގަން ޖެހުނީ، ސަރުކާރުން ބީއެމްއެލް މެދުވެރިކޮށް ނެގި ދަރަނީގެ ލިމިޓް ހަމަވެފައި އޮތުމުން ކަމަށެވެ. އެ ލޯނު ނެގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ލޯނާ ގުޅޭ ގޮތުން އެމްއޭސީއެލް އިން ވާހަކައެއް ނުދައްކަ އެވެ. އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ ސުވާލު ކުރުމުން ވެސް އެކަމާ ގުޅޭ ގޮތުން ވަކި ޖަވާބެއް ނުދެއްވި އެވެ.

އެސްބީއައި އަށް އެ ބޮންޑު ވިއްކާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއް އަހަރު ދުވަހަށް ނެގި އެ ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 4.5 ޕަސެންޓެވެ.

އެސްބީއައި އިން ވިއްކި ބޮންޑު އަނބުރާ ދެއްކުމަށް ބީއެމްއެލް އިން ލޯނު ނެގި އިރު މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީން ވަނީ 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ހޯދަން އިއުލާނުކޮށްފަ އެވެ.

ސަރުކާރުން ބަޖެޓު ޑެފިސިޓްގެ ގޮތުގައި 14 ބިލިއަން ރުފިޔާ މި އަހަރު ހޯދަން ޖެހެ އެވެ. އޭގެ ތެރެއިން 3.9 ބިލިއަން ރުފިޔާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ނުވަތަ ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ނުވަތަ ބޮންޑާއި ޓީބިލް މެދުވެރިކޮށެވެ. ބާކީ 12.3 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުންނެވެ. ބޭރުން ހޯދަނީ ބަޖެޓް ސަޕޯޓު ލޯނާއި ގްރީން/ބްލޫ ބޮންޑާއި ޕްރޮޖެކްޓްތަކަށް ހޯދާ ލޯނުތަކެވެ.

14 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 22%
icon angry icon angry 44%
icon wow icon wow 22%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޭރު

20 February 2024

މިވަރުން ދެން ކީއްކުރަންތޯ ރަސްމާލެއާއި ކަނޑުއަޑީގެ ޓަނަލްއާއި 16-15 ކިލޯ މީޓަރުގެ ދިގު ބުރިޖާއި އެއްފަޅުގައި ދެ ތިން އެއަރޕޯޓާއި ހައެއްކަ ސަތޭކަ މީހުންގެ އާބާދީ ގުޅުވާލަން 15-14 މޭލްގެ ކޯޒުވޭތައް އަޅަނީ. މިކަން ކަން އިހައް މަޑުޖައްސާލާށެވެ.

The name is already taken The name is available. Register?

ސައިނީސް

19 February 2024

މިވަރުންވެސް ރައްޔިތުން އަދި ސިޔާސީ މީހުން ގަބޫލްކުރަނީ ދެންވެސް ހޮވޭނީ ބޮޑެތި ޕްޖެކްޓްތައް ފައްޓާގެންކަން ދޯ! ގައުމު ދެރުން އެއީ މައްސަލައެއް ނޫން ކަމަށް

The name is already taken The name is available. Register?

3

19 February 2024

ކުޑަދުވަސްކޮޅެއްގެ ތެރޭގާ ހާދަޖަރީމާއެކޭ މިހިންގަނީ. 100 ވެސް ވީހެނެއް އަދި ހިޔެއްނުވޭ.

The name is already taken The name is available. Register?

ހަމަދޯ

19 February 2024

އިބޫ ސަރުކާރުގަ ނެގި ލޯނުތައް ދައްކާ ހަލާސް ކުރަނީ މިސަރުކާރުން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

19 February 2024

ކޮމްމެ ފަހަރަކު ރާއްޖެ ހަމަޔަކަ އެޅުވީމަ އެމްޑީޕީ ވެރިކަމަ އަރާފަ ރާއްޖެ ފުނޑާލަނީ.

The name is already taken The name is available. Register?

ޢެމެރިކާ

19 February 2024

ހުރިހާ ހަޑިއެއް ހޭވީ އެމްޑީޕީ ސަރުކާރުން. ތިމާމެންގެ ވެރިކަން ހިތުހުރިގޮތަކަ ކޮއްފަ ދިވެހި ރައްޔިތުންނަ ބޮޑު ދެރައެއް.

The name is already taken The name is available. Register?

ރިހާޒް

19 February 2024

އިންޑިއާ ނުރުހޭ ސަރުކާރެއް އޮވެއްޖެނަމަ އެސްބީއައި އިން ދައުލަތް ކޮށިއަރުވާނެ މީ އާކަމެއްނޫން..

The name is already taken The name is available. Register?

ށެތް

19 February 2024

މާތް ކަލާކޯ؟؟ މިއޮތްގެން ގެނބެނީ….އަޑިއަށް ދަނީ…..ސަލާމަތްކުރޭ

The name is already taken The name is available. Register?

ގައުމުގެ ހާލަތުލް

19 February 2024

ފާއިތުވި 15 އަހަރު ދިވެހިރާއްޖޭގެ ދަރަނި ގައުމީ އުފެއްދުންތެރިކަމާ ނުކުޅަދާނަވާވަރަށް ގެންދިޔުމުގެ ސަބަބުން ގައުމު ބަނގުރޫޓްވުމާއި ކައިރިއަށް އައިސްފައި. ދައުލަތަށް އާމްދަނީއެއް ލިބޭކަމެއް މިވޭތުވެދިޔަ 15 އަހަރު ނުކުރާތަނުގައި، ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ބޮޑު އެއްޗެއް ހަރަދުކުރަންޖެހޭގޮތައް ސިޔާސަތު ބައްޓަންކުރި ސިޔާސީން ލަދުގަންނަންޖެހޭ. ކާކުތޯ މިކަންކަމުގެ ޒިންމާ ނަގާނީ؟ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ގައުމު މިހާލަތަށް ވައްޓާލި މީހުން

The name is already taken The name is available. Register?

އޭންންނ

19 February 2024

ލޯނު ދައްކަން ލޯނު ނުނަގާނަމޯ ބުނި އެކަމު

The name is already taken The name is available. Register?

ހިޓް

19 February 2024

ދެންމަތިން ލާރި ފައިބަނީތަ؟ 50 މިލިޔަން ޑޮލަރަކީ ފެންމެޓާތަ؟

The name is already taken The name is available. Register?

ކިހިނެއް

19 February 2024

އެނެގީ ބޭރަކުން ނޫން ސަރުކާރު އެއްއަތުން އަނެއްއަތައް ދިނީ

The name is already taken The name is available. Register?

ޢަހު

19 February 2024

ބްާންތާ އިންީއާއިން ޕްރޮޝަރު ކުރާތީއޭ ލޯނުނަގަން ޖެހުނީ

The name is already taken The name is available. Register?

އަފްރާސިޔާބު

20 February 2024

މިސުރު ކުންފުންޏަށް ދޭނީ ދިވެހި ރުފިޔާތަ. މިއަދު އެސޮއިކުރީ ބްރިޖެއް އަޅަން. ދެން ފ.ނިލަންދޫގައި އެއަރޕޯޓެއް އަޅަން އެ އުޅެނީ ދިވެހިރާއްޖޭގެ ދަނޑިޢާ ފަނާ ބޭނުން ކޮށްގެންތަ؟ މީހުން ބުނޭނުން ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމާ އެއްވެސް ތަނެއް ނިވާނުވާނުވާނޭ. ފޮތިގަނޑު ހަރެއްނުލާނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454