އަދާރަން ސިލެކްޓް ހުދުރަންފުށީގެ ވޯޓާ ވިލާތައް.
12 ޖޫން 2024 - 14:24
ބޮޑު އީދަށް ހާއްސަކޮށް، އަދާރަން ސިލެކްޓް ހުދުރަންފުށި އަދި އަދާރަން ކްލަބް ރަންނާޅީގައި ދިވެހިންނަށް ހާއްސަކޮށް އޮފާއެއް ތައާރަފްކޮށްފި އެވެ.
އެ ރިސޯޓުން ބުނި ގޮތުގައި މި އޮފާގެ ދަށުން ކުޑަކުދިންނަށް ރޫމް އަދި ކެއުމާއި ޓްރާންސްފާ ހިލޭ ލިބޭނެ އެވެ. އީދަށް ހާއްސަކޮށްގެން މި ދެ ރިސޯޓުގައި ވެސް ވަނީ ދިވެހިންގެ ސަގާފީ ކުޅިވަރުތަކާއި ގިނަ ހަރަކާތްތައް ވެސް ރާވައިފަ އެވެ.
އޭގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ކުރިއަށް ދާނެ ކަމަށް ބުންޏެވެ.
އަދާރަން އިން ބުނި ގޮތުގައި މި އޮފާ ތައާރަފްކުރީ ދިވެހިންނަށް ހިތްގައިމު ރިސޯޓުތަކުގައި ދިވެހިންނާ ގުޅޭ، މަޖާ ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތު ހޯދާދިނުމުގެ ގޮތުންނެވެ.
މި އޮފާގައި އަންނަ މަހުގެ ނިޔަލަށް ދެ ރިސޯޓަށް ވެސް ދަތުރުކުރެވޭނެ އެވެ.
އަދާރަން އިން ބުނި ގޮތުގައި ޖުލައި މަހުގެ ނިޔަލަށް މި އޮފާކުރިއަށް ގެންދަން ނިންމީ މިނިވަންދުވަހުގެ ބަންދުގައި ވެސް އާއިލާއާ އެކު މަޖާ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy