ހުދުރަންފުށި ރިސޯޓު
26 ޖެނުއަރީ 2020 - 12:57
ހުދުރަންފުށި ރިސޯޓަށް އައިސް ހުރި އަންހެން ޓޫރިސްޓަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގަން އުޅުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ރިސޯޓުގެ ޓޫރިސްޓަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް މިިދިޔަ ހުކުރު ދުވަހުގެ ރޭ 11 ޖަހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ. އެކަމަކު. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ހުދުރަންފުށިން ވެސް އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، އެއީ ކޮން ގައުމެއްގެ ޓޫރިސްޓެއް ކަމެއް އަދި ކިހާ އުމުރުގެ މީހެއް ކަމެއް ސާފެއް ނުވެ އެވެ. އެ ޓޫރިސްޓު މީހާއާ ބެހެން އުޅުނު މީހާގެ މައުލޫމާތެއް ވެސް ނޭނގެ އެވެ.
ރިސޯޓުތަކުގައި ޓޫރިސްޓުންނާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަރާބަރު
27 January 2020
ޗުއްޓީ ހިލޭވީ.....
ޠޫމާ
27 January 2020
ދެމީޙުން ރުހުމުގައި ކޮށްފަ، ހިތްހަމަ ނުޖެހުނީމާ ވެސް މި ޒާތު ކަންކަން ހިނގާ.
ނަސްރު
27 January 2020
ލަންކާ މުވައްޒިފެއްކުރާ ކަމަކުންވެސް ހަލާކުވެގެން ދާނީ ރާއްޖޭގެ އަގު.
މިމެހުމާނުން
26 January 2020
މައްކާގަ ތިބި މުޝްރިކުންވެސް މެހުމާނުންނަށް ކަމޭހިތި. ސައްތައިން ސައްތަ މުސްލިމް ދިވެހިން ހަރުބީ މުޝްރިކުންނަށް ވުރެ "ކާފަރު" ވީތަ
ޢެޑްމުންޑޯ
26 January 2020
ރާއްޖޭގެ ޓޫރިޒަމް ހަލާކުވުމުގެ ކޮޅުމަތި
ހާނޫ
26 January 2020
ވުހާން ވައިރަސް ކަހަލަ ފްލޫ އެއްތަ ރޭޕް އަކީ
ހަޤީގަތް ޤަބޫލް ކުރޭ
26 January 2020
މިވެސް ކިހާބޮޑު ވެއްޖެ ކަމެއް
މޫސަ
26 January 2020
ބަދުއަޚްލާޤީ އަމަލުތައް ހުއްޓުވުމަށްޓަކައި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭގޮތް ހަދަންޖެހޭ. މިކަން ކުރެވޭނީ ސަރުކާރަށް. އެކަމަކު ސަރުކާރަށް ދިރާގު މެދުވެރިކޮށް ލިބޭ އާމްދަނީ ދަށްވެދާނެތީ އަދި ޓެލެކޮމް ޚިދުމަތުގެ ޖީ.އެސް.ޓީ އަށް ލިބޭ ފައިސާ މަދުވެދާނެތީ ބަރަހަނާ ސައިޓްތައް ބަންދުނުކުރަނީ. ކޮންމެ ސަރުކާރަކުންވެސް އިސަލާމް ދީން ބޭނުންކުރަނީ. ސިޔާސީ ހަތިޔާރަކަށް. ބަހުން ވަރަށް ދީންވެރިވާނެ. އަމަލުން ޒީރޯ.
ނޭގޭ
26 January 2020
ތީފޭކު
އަރަތް
26 January 2020
އެއްމެ ބަދު އަޚްލާޤީ މައުހަލު ގައި އެެއްމެ ބަދުއަޚްލީ މަދުވާހަކަ ތި ބުނީ..