އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރީ ނުވަ ދިވެހިން ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ފޮނުވައި، އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 22 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.