ވިޔަފާރި / އެޗްޑީސީ

ހުޅުމާލެ 2 އިން 16 ބިމެއް ވިއްކަން ހުޅުވާލައިފި

ހުޅުމާލެ 2 ގެ ބީޗް ފްރޮންޓް ސަރަހައްދު: މި ސަރަހައްދުން 1،096 ވިއްކަން މިހާރު ވަނީ ހުޅުވާލާފައި.---ފޮޓޯ: އެޗްޑީސީ

ހުޅުމާލެ 2 ގެ ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަން އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައިވާ ގޮތުން ބީޗް ފްރޮންޓުން ވިއްކަނީ 1،096 އަކަފޫޓާއި 3،252 އަކަފޫޓާ ދެމެދުގެ ބިމެވެ. އެ ތަންތަން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށެވެ. އެހެންވެ، ބީޗް ފްރޮންޓުން ވިއްކާ ގޯތީގެ އަގު އުޅޭނީ 4.9 މިލިއަން ރުފިޔާ އާއި 14.6 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

ބީޗް ސައިޑުން ވިއްކަނީ 1،441 އަކަފޫޓާއި 3،380 އަކަފޫޓާ ދެމެދުގެ އަގެއްގަ އެވެ. ބީޗް ސައިޑުން ބިން ވިއްކަނީ އަކަފޫޓެއް 4،000ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެ ތަންތަނުގެ އަގު އުޅެނީ 5.8 މިލިއަން ރުފިޔާ އާއި 13.5 މިލިއަން ރުފިޔާ އާ ދެމެދުގަ އެވެ.

މި ބިންތައް ވިއްކަން އެޗްޑީސީން ހުޅުވާލީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބީލަމަށް ކުރިމަތިލެވޭނެ އެވެ. ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހެ އެވެ.

ބިން ވިއްކަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ އޮންނާނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ގަންނަން ހުށަހަޅާފައިވާ ބިމެއް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ ދެން ޖެހޭނީ ބީލަން ހުށަހަޅާށެވެ.

ވިއްކަން ހުށަހަޅާފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީ އަށް ގުޅައިގެން ހޯދޭނެ އެވެ.

މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ހުޅުމާލެ އިން ބިން ވިއްކަން ހުޅުވާލި އެވެ. އޭރު އެއް ބުރުގައި ވަނީ 17 ބިމެއް އަދި އަނެއް ފަހަރު 13 ބިމެއް ވިއްކަން ހުޅުވާލައިފަ އެވެ.

19 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

12 September 2024

މުޅިހިސާބުގައިއޮތް ކަނޑު ފަޅުހިއްކާ ބޮޑު ޝަހަރަކަށް ތިތަންހަދާ އުޑުގައިޖެހޭވަރަށް އިމާރާތްތައް ހެދިކަމުގައިވިޔަސް ތިއީ މިހާތަނަށް ދައުލަތުގެފަރާތުން މިޤައުމުގެ ރައްޔިތުންގެމެދުގައި އެންމެތަފާތު ކުރުން ބޮޑުގޮތަކަށް ކަންކަންނިންމާ ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން ވަކިރަށަކަށް އުފަންވީބަޔަކަށް އިސްކަންދީގެން އެހެންރަށްރަށުގެ މީހުންގެމައްޗަށް ތިރަށުމީހުން ފާކުރިވި ތަނުގެ ރަމްޒެއްގެ ގޮތުގައި އެތައް ޒަމާނެއްވަންދެން ފެންނާންއޮންނާނެ ތަނެއް.

The name is already taken The name is available. Register?

ކަތްދައްތަ

12 September 2024

ނިކަން ދެކިބަލަ ހިލޭ ބެހި ބިންތަކުގެ އަގު ކިޔާ ވަރު. ދެން އަގަ ފޭކޮށްފަ މިބުނަނީ ކުޅުދުއްފުށިން ހިއްކި ބިމާއި ތިނަދޫން ހިއްކިބާއި ދޮނަކުޅިން ހިއްކިބިމުންވެސް ހަމަ ހިލެޔޭ ގޯތިދެނީ ކީއްވެހޭ ވަކި ހުޅުމާލެއިން ހިލޭ ނުދޭންވީ. ހުޅުމާލެއިން ހިލޭ ބިން ނުދޭންވީ ބިމުގެ އަގު އެއްވަރު ނުވާތީ. މާލޭ މީހާ ނިދާ ހޭލާއިރު މިއޮންނަނީ ހިލޭ ދޭ ބިމެއްގެ ސަބަބުން މިލިޔަނަރަކަށްވެފަ. ރާއްޖެތެރެއިން ހިލޭ ބިން ދިނީމަ މިއޮންނަނީ ދަރަނިވެރިޔަކަށްވެފަ. އަޖާއިބުން އަޖާއިބު

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

12 September 2024

ކަޅޭ ހީކުރީ ގާނޫނަކީ ކަލޭމެންނަށް އެކަނި ހެޔޮވަރުކޮއް ފަހާފައިވާ ކޯޓެއް ކަމައްތަ؟ ގާނޫނުން ދިވެހި ހުރިޔާ ހައްޔިތުން ހަމަ ހަމަވާނެ! މާލޭގެ ބިމުގެ އަގުބޮޑުވުން އެއީ މާލޭ މީހުން ކުރިކަމެއްތަ؟ ކަލޭ ހަމަ ހޭގައި ހުރެބަލަ! ރަށްރަށުގެ މީހުން އެމީހުންގެ ރަށުން ހިލޭބިން ލިބޭނަލަ މާލޭ މީހުންގެ ގޯތި ގެދޮރުގެ ދަތިކަން ފިލުވަން ހިއްކި ހުޅުމާލެއިން މާލޭ މީހުންނަށް ބިން އެދިނީ ހިލޭ!ރަސްމާލެ ވެސް ހިއްކަނީ މިއުސޫލުން!

The name is already taken The name is available. Register?

ތެދުވެރި

16 September 2024

ގުދުގުދު ބެއްޔާ! ބަލަ މާލޭ މީހުންގެ ރަށެއް ނޫނޭ ހުޅުމާލެއަކީ. މާލެ ނޫނަސް ރަށް ފުރިގެން ގޯތި ނުދޭ ރަށްރަށް އެބަހަރި. އެމީހުންގެ ހައްގު ކޮބާ ؟

The name is already taken The name is available. Register?

އިދްރީސް

12 September 2024

މި އަހަރުވެސް މިހާރު ދެ ފަހަރަށް ހުޅުވާލައިފި އިގޭތޯ. ކުރީގެ އިޢުލާނެއްގެ ދަށުން ގެނައި އެމަންޑްމަންޓެއްގެ ތެރޭން އެކަން ކުރީ. އަޅުގަނޑުވެސް ބިޑު ކުރިން. އެހެންވީމާ އަޅުގަނޑަށް އިގެނީ.

The name is already taken The name is available. Register?

ދޮން

12 September 2024

ހިލޭދިން ބިން އެބަލިބޭ 2 ،3 މިލިޔަނަށް ދެން ބޭކާރު ކަމެއް

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

12 September 2024

މާލޭ މީހުންވީމަ ހުޅުމާލެ/ރަސްމާލެ/ގުޅީފަޅު/ގިރާވަރުފަޅުން ގޯތި ދިނީ ހިލޭ! މިއުސޫލެއް ނޯންނާނެ އެންމެންނަކައް! މާނަޔަކީ ނުލިބޭނެޔޭ!

The name is already taken The name is available. Register?

ޟަޒްނާ

12 September 2024

ފޭސް2 ކަމަކު ނުދޭ.ބިމުގެ ވެލިއު ނެތޭ މިހާރު، ހިލޭ 600 ބިން ބަހާލީމާ. ތި ފައިސާއަށް ދުބާއީން ފުލެޓް ގަނެވޭނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 September 2024

ތީގެނަތީޖާ ގޯސްވާނެކަމަށް މަތީގައިދެންނެވީ ތިކަމުގެސަބަބުން ހުޅުމާލޭގެ ބިމުގެއަގު މިހާރު ކަނޑައެޅިފައިވާއަގަށްވުރެން އެތައްތަނެއް ވެއްޓިގެން ދިއުމުގެސަބަބުން (ހިލޭ ބަހާފައިވާ ބިންތައް ލިބުނު ފަރާތްތަކުން މިހާރުވެސް ތިއަށްވުރެން މާ އަގުހެޔޮކޮށް ބިންވިއްކަން އިސްތިހާރު ކުރަމުންދާތީ) ތިކަމުގެ ނޭދެވޭ އަސަރު ކުރާނެވަރު އިގޭތީއާއި، އޭގެނަތީޖާއެއްގެ ގޮތުން ތިރަށުގައި އިންވެސްޓްކުރާން ތިބިފަރާތްތަކުން އެކަންކުރުމަށްޖެހިލުންވެ އުދަގޫތަކާއި ކުރިމަތިވާނެތީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 September 2024

މިފަހަރު ބިންތައް ވިކޭ އަގުގެސަބަބުން ބިމުގެ އަގު ވެއްޓިގެން ދާނެތީ ތިރަށުގައި ކުރާ މަސައްކަތްތަކަށް އާންމު ފަރާތް ތަކުން ބޭންކްތަކުން ލޯނު ހޯދުމަށް ބަހައްޓާންޖެހޭ މޯގޭޖް އެތައް ތަނަކަށް އުފިލިގެންދާނެ. ހަމަ އެގޮތަށް ތިރަށުގައި ރިއަލްއެސްޓޭޓް ވިޔަފާރި އުސޫލުން އިމާރާތް ކުރާ ފަރާތްތަކުން އެ ރިސްކް ނަގާން ބޭނުންނުވާތީ އެމައްސަލަ ކުރިމަތިވާއިރު ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް ތަކަށް ފައިސާ ހޯދަންވެސް އެތައް އުދަނގޫ ތަކެއް ކުރިމަތިވާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 September 2024

ބަޤުރޫޓް ވުމުގެ މަގުމަތީގައިއޮތް މިދައުލަތް ސަލާމަށް ކުރުމަށާއި، މަތީގައި ދެންނެވި ހާލަތްތައް ކުރިމަތިވެ މުޅި ސަރަޙައްދުގެ ތަރައްޤީއަށް ހުރަސްއެޅި ތިރަށަކީ ދިރިއުޅެން މިހާރަށްވުރެންވެސް ނުރައްކާތެރި ތަނަކަށް ބަދަލު ވުމުގެ ކުރިން ހަދާފައިވާ ގޯސް (އިބްރާހިމް ސަރުކާރު ހިލޭ ބެހި ގޯތިތައް) ރަނގަޅުކޮށް އެބިންތައް ބިންތަކުގެ މިލްކްވެެިފަރާތް ކަމުގައިވާ HDC އާއި ޙަވާލުކޮށް ސޯޝަލް ހައުސިންގ ފުލެޓްތައް އެޅުން އަވަސް ކޮށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވާ.

The name is already taken The name is available. Register?

ނަށީދު

12 September 2024

ބިމެއް ނެތޭ ގައިމު ބުނޭ. ބިން ނެތިގެން މަގުންވެސް ބިން ދޫކުރީއޭ ކީ. ކިހިނެތް މިވަނީ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 September 2024

އިބްރާހިމް ސަރުކާރުގައިތިބި ތިރަށުގެ ބާރުގަދަ ވަޒީރުން ތިރަށުގައި ހުރި ދައުލަތުގެ ކުންފުންޏެއްގެ އަގުބޮޑު ބިންތައް ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން ކ.މާލޭ މީހުުނަށް ހިލޭ ބަހާލައި މުޅިތަން ސްލަމްއަކަށް ހަދާފައި އޮތް ރަށްގަނޑަކުން ތަންދޮރު ފިލާފައި ހުރި މީހަކު ތިއަގުގައި ތިސައިޒުގެ ބިމެއް ނުގަންނާނެ. # ބިން ވިއްކަން ތިޔަބުނާ އަގު ތަކަކީ އިޤިރޭސިވިލާތާއި، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ސިންގަޕޯރ ގެ އަގުތަކަށްވުރެންވެސް ބޮޑު އަގުތަކެއް.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

12 September 2024

ކަލޭ ތިޔަހެން ގޮވާގޮވާހުރޭ! އެއްވެސް ކަމެއް ނުވާނެ! ނުވެސް ކުރެވޭނެ ކަލެއަކަށް އެއްވެސް ކަމެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454