ވިޔަފާރި / އަކުއާ ވިޓާ

އަކުއާވިޓާގެ އެންމެ ފަހު ފަސް އެޕާޓްމަންޓް ގަތުމުގެ ފުރުސަތު

އަކުއާ ވިޓާގެ އެޕާޓްމަންޓު ކޮމްޕްލެކްސް

ހުޅުމާލޭގައި ހުންނަ ލަގްޒަރީ ރެޒިޑެންޝަލް އެޕާޓްމަންޓް ކޮމްޕްލެކްސް ކަމަށްވާ އަކުއާ ވިޓާއިން ވިއްކާ ފަސް އެޕާޓްމަންޓް ގަތުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް ބުނެފި އެވެ.

އަކުއާ ވިޓާއިން ބުނިގޮތުގައި މިހާރު އެ އެޕާޓްމަންޓް ކޮމްޕްލެކްސްގައި ހުރީ އެންމެ ފަހު ފަސް އެޕާޓްމަންޓެވެ. އެއީ 1+2 ބެޑްރޫމްގެ އެޕާޓްމަންޓްތަކެކެވެ. މި އެޕާޓްމަންޓްތައް ވިއްކަނީ 6.2 މިލިއަން ރުފިޔާއަށެވެ.

އެޕާޓްމަންޓެއްގެ އެތެރެ.

މި އެޕާޓްމަންޓުތަކަކީ ވަގުތުން ދިރިއުޅެން ފެށޭ މިންވަރަށް ނިމިފައިވާ ތަންތަނެވެ.

އަކުއާ ވީޓާގެ އެޕާޓްމަންޓުތައް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ބަދިގެ އާއި ސިޓިން ރޫމަކާ އެކު އެވެ. ހާޑްވުޑް ފްލޯރިން އަޅައިގެން ހަދާފައިވާ މިތަނުގެ އެޕާޓްމަންޓުތަކުގައި އިރުގެ ހޫނުމިން ވަންނަ މިންވަރު ދަށްކުރުމަށް ކުޑަދޮރުތައް ވަނީ ޑަބަލް ގްލޭޒްކޮށްފަ އެވެ. އަދި މި ތަނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެންޓްރަލައިޒްޑް ގޭސް ސިސްޓަމެއް ގާއިމް ކޮށްފައިވާ އެޕާޓްމަންޓް ކޮމްޕްލެކްސް އެވެ.

މި އެޕާޓްމަންޓް ކޮމްޕްލެކްސްގެ ވިކިފައި ހުރި އެޕާޓުމަންޓުތަކުގައި މިހާރު މީހުން ދަނީ ދިރިއުޅެމުންނެވެ.

އެޕާޓްމެންޓްތައް ހުންނާނެ ގޮތް

ހުޅުމާލޭގައި ހަދާފައިވާ 14 ބުރީގެ މި އިމާރާތުގައި ޕޫލަކާއި ޖިމަކާއި ހަފްލާތައް ބާއްވަން ހާއްސަ ތަނެއް ވެސް އޮވެ އެވެ.

މި ތަނަކީ އަހަރަކު ކުލީގެ އާމްދަނީގެ ގޮތުގައި 8 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ލިބޭނެ ތަނެއް ކަމަށާއި ސެކަންޑަރީ މާކެޓުގައި ވެސް މި ތަނުން 20 ޕަސެންޓަށް ވުރެ ބޮޑު ކެޕިޓަލް ގެއިންއެއް ލިބޭ ކަމަށް އަކުއާ ވީޓާއިން ބުންޏެވެ.

މިތަނުގެ އެޕާޓްމަންޓުތަކުގެ މައުލޫމާތު 7631385 އިންނާއި އަކުއަވީޓާގެ ވެބްސައިޓުން ލިބޭނެ އެވެ.

2 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 19%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮތަރުކޮށްޓެއް

20 November 2024

ފޮޓޯއިން ތިޔަ ފެންނަނީ 2+1 ގެ އެޕާޓުމަންޓުތަ؟

The name is already taken The name is available. Register?

ޟުހާ233

19 November 2024

ހެހެ. ހާދަ ދުވަހެކޭ ފަހު ފަސް އެޕާޓްމަންޓް ވިއްކާތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454