އިންޑިއާގެ ވީސީއެލް ގުރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓު ރެޒިޑެންސް "ބްލޫ ލެގޫން" ޕްރޮޖެކްޓް ރޭ އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
12 އޯގަސްޓް 2025 - 07:03
އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ވީސީއެލް ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ރެޒިޑެންސް "ބްލޫ ލެގޫން" ޕްރޮޖެކްޓު ރޭ އިފުތިތާހުކޮށްފި އެވެ.
ހުޅުމާލެ 2 ގައި ހަދާ މި އިމާރާތުގެ ޕްރޮޖެކްޓު އިފުތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެ ކުންފުނީގެ ޗެއާމަން ވަރިންދާ ގާގް އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރެވެ.
ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވީސީއެލް ގްރޫޕުގެ ޗެއާމަން ވަރިންދާ ގާގް ވިދާޅުވީ، އެ ކުންފުންޏަކީ އިންޑިއާގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބައެއް ކަމަށެވެ. ވީސީއެލް ގުރޫޕް އުފެއްދީއްސުރެ، އިންޑިއާ އިން ބޭރަށް މަސައްކަތްތައް ފުޅާކުރުމުގެ ތަސައްވުރެއް ގެންގުޅުނު ކަމަށާއި އެ ކުންފުނީގެ ފުރަތަމަ ގްލޯބަލް ޕްރޮޖެކްޓަކީ މޮރިޝަސްގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ގާގް ވިދާޅުވީ ވީސީއެލް ގުރޫޕްގެ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ވަގުތަށް ނިންމުމަށް ކަމަށާއި މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށް ކަމަށެވެ.
އިންޑިއާގެ ވީސީއެލް ގުރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓު ރެޒިޑެންސް "ބްލޫ ލެގޫން" ޕްރޮޖެކްޓް ރޭ އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ވީސީއެލް ގުރޫޕްގެ "ބްލޫ ލެގޫން" އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް އާކިޓެކްޗާ ފާމް، ހަފީޒް ކޮންޓްރެކްޓަރުން ޑިޒައިން ކޮށްފައިވާ އިމާރާތެކެވެ. އެ ތަން ޑިޒައިން ކޮށްފައި ވަނީ ޖާގަ ތަނަވަސް އެޕާޓްމަންޓުތަކަކާއި ހިތްހަމަޖައްސައި ލުމަށް ބޭނުން ކުރާނެ ގިނަ ވަސީލަތްތަކަކާ އެކު އެވެ.
އެ އިމާރާތުގެ އެޕާޓްމަންޓުތަށް ގުދުރަތީ އަލި ފުރިހަމަ އަށް ލިބޭނެ އެވެ. މި ތަނުގެ ރޫފްޓޮޕްގައި ބޮޑު ސުވިމިންޕޫލަކާ އެކު ގާޑަންއަކާއި ބާބަކިއު އަށް ހާއްސަ ސަރަހައްދެއް ހަދާނެ އެވެ. އަދި އެ ތަނުގައި ޑޭކެއާ ސެންޓަރަކާއި ކުޑަކުދިން ކުޅޭނެ ތަނަކާއި މަލްޓި ޕާޕަސް ހޯލާއި ފިލްމު ބަލަން ތިއޭޓަރެއްގެ އިތުރުން ޖިމެއް ވެސް ހުންނާނެ އެވެ. މި އިމާރާތުގައި 15،000 އަކަފޫޓުގެ ކްލަބް ހައުސްއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ދެ ޓަވަރެއް ހިމެނޭ ގޮތަށް ހަދާ މި އިމާރާތަކީ ރާއްޖޭގައި ހަދާ މިފަދަ އެންމެ ބޮޑު އެއް އިމާރާތަށް ވާނެ އެވެ. މި ތަނުގައި ޕްރައިވެސީ އިސްކަންދިނިމުގެ ގޮތުން ލޮބީއަށް ވަކިން ވަދެވޭނެ އެންޓްރެންސަކާއި ކޮންމެ ޓަވަރެއްގައި ހަ ލިފްޓު ވެސް ބަހައްޓާނެ އެވެ.
ބްލޫ ލެގޫން އިމާރާތުގެ ތައާރަފެއް ރޭ ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ބްލޫ ލެގޫން"ގައި ހެދުމަށް ހަމަޖެހިފައި ވަނީ 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓާއި 1،795، 1،825 އަދި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ.
"ބްލޫ ލެގޫން"ގެ އެޕާޓުމަންޓުތަކުގެ ތެރެއިން 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓު ވިއްކަން ފަށާ އަގަކީ 3.6 މިލިއަން ރުފިޔާ އެވެ. އަދި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 3.9 މިލިއަން ރުފިޔާ އެވެ. ކުރިމަގުގައި ހިތްގައިމު މި އިމާރާތުގެ 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 4.5 މިލިއަނެވެ. އަދި 1،795، 1،825 އާއި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 6.1 މިލިއަން ރުފިޔާ އެވެ.
"ބްލޫ ލެގޫން" އަކީ ވީސީއެލް ގްރޫޕުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ރެސިޑެންޝަލް މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަހުގެ އެއް މަޝްރޫ އެވެ. މި ކުންފުނިން 1987 ވަނަ އަހަރުން ފެށިގެން ރެސިޑެންޝަލް ކޮމްޕްލެކްސްތަކާއި މޯލްތަކުގެ އިތުރުން ހޮސްޕިޓަލުތަކާއި މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.
ވީސީއެލްއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި ހިންގާ ހައުސިން ޕްރޮޖެކްޓުގެ ތެރެއިން އެންބީސީސީ އާއި ހަވާލުކުރި 11 ޓަވަރުގެ މަސައްކަތް ކުރި ކުންފުނި ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭބެ
12 August 2025
ރާއްޖޭގެ އިމާރާތް ކުރުމުގަ ދިމާވާ ކޮލެޓީ މައްސަލަ ހައްލު ކުރުން ރަގަޅު ފުރަތަމަ...
ޛެޖޖސޖ
12 August 2025
އަނގަޔާ އަތާ ދިމާނުވެ….ވަރަށް ސަލާމް
އަތްޖަހަން ވީ؟
12 August 2025
ހަޔަރ އެޑިްުކޭޝަން މިނިސްޓަރު ފުލެޓު އަޅަން އިންވެސްޓަރެއް ގެނެސްގެން ކީއް މި ކުރައްވަނީ؟
ޢ33
12 August 2025
ފްލެޓް އަޅާ ކުންފުނިން ސްކޫލު އިމާރާތް ކުރުމުގެ ބަދަލުގައި ކަމަށްވެދާނެދޯ؟؟
ލޫޖޭ
12 August 2025
ތޭންކްސް، އެޓް ދަ މޯމެންޓް މި އުޅޭ އެޕާރޓްމެންޓްގަ ވިންޑީ ވާއިރު ވަރަށް ނޮއިސް ގަދަ، އެހެންވެ ސިންގަޕޯ އަށް ކްރޭޝް ކޮށްލަން ޖެހެނީ... ސޯ މޯލްޑައިވްސް ހުރެގެން ސިންގަޕޯރ އެކްޕީރިއެންސް ކޮށްލަން ޗިލްވާނެ... ދެން އެކަމު ތިތަނަށް ނިޔު މަނީ ޕިސަންޓްސް އިންވައިޓް ނުކުރާތި. ކުޑަދޮރު މަތީ އަބަދު އެއްޗެހި ހިއްކަން އަޅާފަ ހުންނާތީ ޔޫކޭ ފުރެންސް އިންވައިޓް ކުރަން ވަރަށް ހެސިޓަންޓް.
ރާއްޖެތެރެ ސޮރު
12 August 2025
އަހަރުމެނަށް ދެވެނީ ލަގްޒަރީ ފިހާރައަށް. ލަގްޒަރީ އެޕާޓުމަންޓަކަށް ހުވަފެނުގަވެސް ނުދެވޭ.
ފޫހި
12 August 2025
އަހަރެން ހައިރާންވެ އަންތަރީސްވަނީ ތިޔަ ލަގްޒަރީ ތަންތަނުން ކިތައް ދިވެހިންނަށްބާވައޭ ފްލެޓް ގަނެވޭނީ. ތިޔަ ތަންތަން ހަދާފަ ގަންނާނީ ވެސް ހަމަ އިންޑިޔާ މުއްސަދިން. ތިޔަހެރަ ޓާޓާ ފްލެޓްތަކުން ވެސް ދިވެހިންނަކަށް ނުގަނެވޭނެ. ދެން މިހާކުޑަ ބިންކޮޅެއް އޮތް ގައުމެއްގައި ބޭރުގެ ރިއަލްއެސްޓޭޓް ކުންފުނިތަކަށް ކޮރޮޕްޝަން ތެރޭން ބިންތައް ދިނުމާ އަހަރެން ދެކޮޅު ހަދަން. އަނެއްކާ އިންޑިޔާ މީހުންނަށް ދިރުން އައީ މި ގައުމުގަ. ދެން އިވޭނީ އިންޑިޔާ އިންޑިޔާގެއަޑު
މހއމ
12 August 2025
ދިވެހިންގެ ތެރޭ ވެސް ތިބޭނެ ގަނެވޭ ވަރު މުއްސަނދިން. އެތަނުން އެތައް އެޕާޓްމެންޓެއް އެކަކުވެސް ގަނެލަ ފާނެ. ހީވަނީތަ މީ ފަގީރުން އެކަނި އުޅޭ ތަނެކޭ؟
އަހަންމާ.
14 August 2025
"ފޫހި" އަށް ދަންނަވާލަން ހަމަ އޮތީ، ތިތަންތަން ނުވިކިގެން އުޅޭކަށް ނުޖެހޭނެޔޭ، މިސަރުކާރުގެ ބޮޑުންނާއި ކުރީ ސަރުކާރުތަކުގެ މީހުން ތިތަންތަން ގަނެލާނެއޭ، ޓާޓާ ފޮލެޓް ތަށް ވެސް ވިކިފަހުރީ، ޕޮލްކޯގެ ކުދިންވެސް ޓާޓާ ފޮލެޓް ގަތްވާހަކަ މި ނޫހުގައި އޮތް....
ކަކުނި 222
12 August 2025
ލަގްޒަރީ ކިޔާ ޝޮޕަށް ދިވެހިން ދިޔަޔަސް، ބޯހިޔާވަހިކަމުގަ ލަގްޒަރީ މި ލަފްޒު އައީމަ ހިތާމަ ކުރަން.. ހިޔާ ފްލެޓްގަ ދިރިއުޅޭ ކޮންމެ ދުވަހަކު ހިތަށް ގެނެވެނީ " ދިވެހިންގެ ސައިޒު".. ދެން ކޮން ލަގްޒަރީ އެއްތޯ؟؟ ޢަނގަޔާ އަތާ ދިމާ ނުވެގެން މިއުޅެނީ.. ލަގްޒަރީ ގަ އުޅޭ މީހުން އަތުން ޓެކްސް ނަގާފަ އާދައިގެ ދިވެހިންނަށް އުޅެވޭނެ ގޮތެއް ހަދައިދީ..
ރަދީފްއޮފިޝަލް
12 August 2025
ދިވެހިންގެ އުޅުމަށް ބަލާއިރު ތިކަމާއި އަދި އެއްބަސް ވެވެން ނެތް.އޮޓޯކޭޑް ޑްރޯވިން ހިސާބުން ފްލެޓްތައް ހުންނަނީ ވިކިފަ.
ޢަހުމަދުުު
12 August 2025
ވަންނާނެ ތަނެއްނެތިގެން ކައިވެނި ނުކުރެވި މިހާރު 32 އަހަރު، އަހަރުތައް ދަނީ. އަދިވެސް ލަގްޒަރީ އެޕާޓްމެންޓްތަށް މިއަޅަނީ މަހުޖަނުންނަށް
×ޒޒ
12 August 2025
ކީއްވެތަ ދިވަހިންނަށް މިކަންކަން ކުރަން ނުކެރެނީ. ޓާޓާ، ވީސީއެލް، އަދިވެސް އެހެން ޤައުމުތަކުން އިންވެސްޓް އެކުރަނީ. ސަރުކާރުން ވެއްޖެއްނު ދިވެހިން ހޭލުންތެރިކުރުވައިގެން މިކަންތައްތައް ކުރަން
ދުމްމ
12 August 2025
އާދައިގެ އާންމު ރައްޔިތު މީހާއަށް ކުޅަދާނަވާ ވަރުގެ އެޕާޓްމެންޓްތައް ނެހެދެނީތޯ؟ މިރާއްޖޭގަ ބޯހިޔާވަހިކަމަށް ހައްލު ނުލިބެނީ ބޮޑުލާރީގަ ހުނިޖަހަންވެގެން އަތްނުފޯރާވަރުގެ ލަގްޒަރީ އެޕާޓްމެންޓްތައް ހަދާތީއޭ. އާޚިރު ނަތީޖާއަކީ ނިކަމެތި މީހާ އިތުރަށް ނިކަމެތިވެ މަކަރާ ހީލަތުން އުޅެން ބޭނުންވާ މީހާ އިތުރަށް މުއްސަނދިވެ އިޖުތިމާއީ މައްސަލަތައް އިތުރުވުމޭ.