ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، ބްލޫ ލެގޫންގެ ފައުންޑޭޝަން މަސައްކަތުގެ 50 ޕަސެންޓު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
ބްލޫ ލެގޫން އިން ބުނީ ކަނޑައަޅާފައިވާ ތާވަލަށް އެ އިމާރާތުގެ މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށެވެ.
ބްލޫ ލެގޫންގެ ލަގްޒަރީ ކޮމްޕްލެކްސްގެ ޕްރައިމް ޔުނިޓުތަކެއް ހުރި އިރު ޑިމާންޑު ބޮޑު ކަމަށް ބުންޏެވެ. އެގޮތުން އަންނަ ޖޫން މަހު، އެ ތަނުގެ ފުރަތަމަ ފްލޯގެ ސްލެބް އެޅުމާ ހަމައަށް ދާއިރު، އެންމެ ހިތްގައިމު އެޕާޓްމަންޓުތައް ގަނެ، ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
ބްލޫ ލެގޫންއިން ބުނި ގޮތުގައި، މުޅި ދުނިޔޭގެ އެންމެންގެ މެދުގައި ބޮޑު ނުތަނަސްވަކަމެއް އުފެދިފައިވާ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މަތިވެ، ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ދަގަނޑާއި ސިމެންތި އަދި ފިނިޝިންގެ މަސައްކަތްތަކަށް ބޭނުންވާ އެކި ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކުރެވެ އެވެ.
އޭގެ ސަބަބުން މާކެޓް އަގުތަކަށް ބަދަލު އައިސް، އަގުތައް އުފުލުމުގެ ކުރިން، މިހާރު އޮތް ފުރުސަތުގެ ބޭނުން ހިފައި، ގެދޮރު ގަތުމަށް އިންވެސްޓުކުރުން މުހިންމު ކަމަށް ބްލޫ ލެގޫން އިން ބުންޏެވެ.
ބްލޫ ލެގޫންގެ އެޕާޓްމަންޓުތައް އާލީ ފޭސް އަގުތަކުގައި ގަތުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެގޮތުން މި މަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.
ބްލޫ ލެގޫން އިން ބުނީ އާލީ ފޭސް އަގުތަކުގައި އެޕާޓްމަންޓުތައް ގަތުމަށް ހުުޅުވާލާފައިވާ މުއްދަތު އިތުރުކުރީ، ކުޑަ އީދު ބަންދާ ގުޅިގެން ބެންކުތައް ބަންދުކޮށްފައި ވާތީ، ދަތިކަމެއް ނެތި، އެޕާޓްމަންޓުތައް ގަތުމަށް ބޭނުންވާ ލޯނު ހޯދުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
ބްލޫ ލެގޫން ރެޒިޑެންސްގައި ލިބެން ހުރި އެޕާޓްމަންޓުތަކުގެ ތަފްސީލު
- 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓު: މި އެޕާޓްމަންޓުތަކުގެ ފެށޭ އަގަކީ 4.02 މިލިއަން ރުފިޔާ އެވެ.
- 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓު: މި އެޕާޓްމަންޓުތަކުގެ ފެށޭ އަގަކީ 4.25 މިލިއަން ރުފިޔާ އެވެ.
- 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓު: މި އެޕާޓްމަންޓުތަކުގެ ފެށޭ އަގަކީ 5.57 މިލިއަން ރުފިޔާ އެވެ.
- 1،815 އިން 1،875 އަކަފޫޓުގެ ތިން ކޮޓަރީގެ ރެޒިޑެންސްތައް: މި އެޕާޓްމަންޓުތަކުގެ ފެށޭ އަގަކީ 7.49 މިލިއަން ރުފިޔާ އެވެ.
ބްލޫ ލެގޫން ރެޒިޑަންސަކީ ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޗަަރަލް ފާމް، ހަފީޒް ކޮންޓްރެކްޓާއިން ފަރުމާކުރާ ތަނެކެވެ. މިއީ ހުޅުމާލޭގައި މިހާތަނަށް އެންމެ ފުރިހަމައަށް ޕްލޭންކޮށް ހަދާ، އެންމެ ޖާގަ ތަނަވަސް އެއް ތަނެވެ.
މި ތަނުގެ އެޕާޓްމަންޓުތައް ފަރުމާ ކޮށްފައި ވަނީ ގުދުރަތީ އަލި ވަންނާނެ ގޮތަށް، ކްރޮސް ވެންޓިލޭޝަން ފީޗާތައް ހިމަނައި، ބޭރުގެ ހިތްގައިމު މަންޒަރުތައް ވެސް ފެންނާނެހެންނެވެ.
ބްލޫ ލެގޫން ރެޒިޑެންސްގެ 18 ބުރީގެ ދެ ޓަވަރު، "ކޮރަލް" އަދި "ޕާލް" ހަދަނީ ހުޅުމާލެ 2 ގެ މެރިނާގެ ހިތްގައިމު މަންޒަރުތައް ފެންނާނެ ލޮކޭޝަނުގަ އެވެ. މި ރެޒިޑެންސް އިތުރަށް ފުރިހަމަ ކޮށްދެނީ، މި ޕްރޮޖެކްޓާ އެކު އެ ސަރަހައްދުގައި ހަދާ ތިން ބުރީގެ އޯޕަން ކޮންސެޕްޓް ރީޓެއިލް މޯލްއިންނެވެ.
ބްލޫ ލެގޫން އިން ޖާގަ ތަނަވަސް އެޕާޓްމަންޓުތައް ފަރުމާކުރަނީ އާއްމުކޮށް ހުންނަ އެފަދަ އެހެން އެޕާޓްމަންޓުތަކަށް ވުރެ ބޮޑަށް ޕްރައިވެސީ ލިބި، އިތުރު ހިދުމަތްތައް ވެސް އިމާރާތުން ލިބެން ހުންނާނެ ގޮތަށެވެ.
އެގޮތުން ކޮންމެ ދެ އެޕާޓްމަންޓު ނުވަތަ ހަތަރު އެޕާޓްމަންޓަށް ހާއްސަ ކޮށްފައިވާ ޕްރައިވެޓް ލޮބީ އާއި ތަނުގެ ރެޒިޑެންޓުންނަށް ހާއްސަ ކޮށްފައިވާ 16،500 އަކަފޫޓުގެ ކްލަބް ހައުސް ފާހަގަކުރެވެ އެވެ. އެއީ އަކީ އާއިލާތަކަށް ހާއްސަ މުނިފޫހިފިލުވުމުގެ ސެންޓަރަކާ އެކު 4،500 އަކަފޫޓުގެ ޕާކަކާއި ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާ އަކާއި ޑޭކެއާ ސެންޓަރެއް އަދި ޕްރައިވެޓް ތިއޭޓަރަކާއި މަލްޓި ޕާޕަސް ހޯލްއެއް އަދި ކޮންފަރެންސް ރޫމަކާއި ފުލީ އިކުއިޕްޑް ޖިމެއް ހިމެނޭ ތަނެކެވެ.
ބްލޫ ލެގޫންގެ 18 ވަނަ ބުރީގައި 24،000 އަކަފޫޓުގެ ޓެރަސް ބަގީޗާއެއް ހިމެނެ އެވެ. އެތަނުގައި އިށީނދެވޭ ގޮތަށް ހިޔާކޮށްފައިވާ ސަރަހައްދަކާއި ޖޮގިން ޓްރެކެއްގެ އިތުރުން ބޮޑު ސުވިމިން ޕޫލެއް އޮންނާނެ އެވެ.
ބްލޫ ލެގޫން އަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމަކަށް ބޭނުންވާނެ މިފަދަ އެކި ވަސީލަތްތައް ހިމެނޭ ތަނެކެވެ.
ބްލޫ ލެގޫންއިން ބުނި ގޮތުގައި، އެ ތަނުގެ އެޕާޓްމަންޓުތައް އާލީ ފޭސް އަގުގައި ގަތުމަށް މިހާރު ދީފައިވާ މުއްދަތަކީ، އެ އަގުގައި އެޕާޓްމަންޓުތައް ގަތުމަށް ލިބޭނެ ފަހު ފުރުސަތެވެ. ދެ ޓަވަރުގެ އެޕާޓްމަންޓުތައް އަދިވެސް ލިބެން ހުރިއިރު، ކުރިއަށް އޮތް މަސްތަކުގައި ގިނަ އެޕާޓްމަންޓުތައް ވިކި، އެޕާޓްމަންޓު ގަތުމުގެ ފުރުސަތު ހަނިވާނެ ކަމަށް ބުންޏެވެ.
ބްލޫ ލެގޫން ރެޒިޑެންސުން އެޕާޓްމަންޓު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް 9532525 ނަމްބަރުން ހުޅުމާލޭގައި ހުންނަ ބްލޫ ލެގޫން ސޭލްސް އޮފީހުގެ އެޕޮއިންޓްމަންޓް ލިބޭނެ އެވެ.