ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސަސްގެ ފުރަތަމަ މަރުހަލާގެ ދަށުން ކަނޑައަޅާފައިވާ "އާލީ ފޭސް" އަގުތަކުގައި މި ރޯދަމަހުގެ ނިޔަލަށް އެޕާޓްމަންޓުތައް ބުކް ކުރެވޭނެ ކަމަށް އެ ޕްރޮޖެކްޓުގެ ޑިވެލޮޕަރުގެ ފަރާތުން އިއުލާންކޮށްފި އެވެ.

ބްލޫ ލެގޫން އިން ބުނީ "އާލީ ފޭސް" މަރުހަލާގެ އަގުތަކުގައި ވިއްކުމަށް ކަނޑައެޅި އަދަދަށް އެޕާޓްމަންޓުތައް މިހާރު ވިކިފައިވީ ނަމަވެސް ރޯދަމަހަށް ހާއްސަކޮށް އެ ތަނުން އެޕާޓްމަންޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ އަގުގައި އެޕާޓްމަންޓުތައް ގަތުމުގެ އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، މި ރޯދަމަހުގެ ނިޔަލަށް މުއްދަތު އިތުރުކުރީ ކަމަށް ބުނޏެވެ. އަދި ކުރިއަށް އޮތް އީދު ބަންދަށް ފަހު، އަގުތަކަށް ބަދަލު އަންނާނެ ކަމަށާއި "އާލީ ފޭސް" އަގުތަކުގައި ގަންނަން ބޭނުންވާ ފަރާތްތަކުން ރޯދަމަހުގެ ތެރޭގައި އަވަހަށް އެޕާޓްމަންޓުގެ ބުކިން ހެދުމަށް އެ ކުންފުނިން އެދުނެވެ.

ބްލޫ ލެގޫން އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަނީ
ބްލޫ ލެގޫން އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަނީ

މިދިޔަ މަހު ބިންގާ އެޅި ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސްގެ ރެސިޑެންޝަލް ޓަވަރުތަކާއި ކޮމާޝަލް އާކޭޑުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށް ބްލޫ ލެގޫންއިން ބުންޏެވެ.

އެގޮތުން މިހާރު ސައިޓުގެ ބިން ކޮނުމާއި ފައުންޑޭޝަންގެ މަސައްކަތްތައް ފަށާފައިވާއިރު، މިއީ މަޝްރޫއަށް ކަނޑައަޅާފައިވާ މުއްދަތަށް ނިންމުމަށް ޑިވެލޮޕަރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.

ބްލޫ ލެގޫންގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި 'ކޮމިއުނިޓީ ރިވޯޑްސް ޕްރޮގްރާމް'އެއް ވަނީ ތައާރަފްކޮށްފަ އެވެ.

އެއީ ރާއްޖޭގައި މިގޮތަށް ތައާރަފުކުރި ފުރަތަމަ ރިފަރަލް ސްކީމެވެ. އެ ޕްރޮގްރާމްގެ ދަށުން، މިހާރު އެޕާޓްމަންޓް ބުކްކޮށްފައިވާ ފަރާތަކުން އާ ކަސްޓަމަރަކު ތައާރަފުކޮށްދީ ފިނަމަ އެ ކަސްޓަމަރެއްގެ އެޕާޓްމަންޓުން އެއް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮގުރާމުގެ ދަށުން، އެ އެޕާޓްމަންޓުގައި ދިރިއުޅޭނެ ފަރާތްތައް ހިޔާރުކޮށް، އެތަނުގެ ކޮމިއުނިޓީ ބިލްޑު ކުރުމުގައި ރެޒިޑެންޓުންނަށް ބައިވެރިވެވޭނެ އެވެ.

ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސަސްއަކީ އިންޑިއާގެ މަޝްހޫރު އާކިޓެކްޓް ހަފީޒް ކޮންޓްރެކްޓަރު ފަރުމާކޮށްފައިވާ ތަނެކެވެ. އެ ތަން ފަރުމާކޮށްފައި ވަނީ ލަގްޒަރީ ދިރިއުޅުމަކަށް އެޕާޓްމަންޓުތަކުގައި ހުންނަން ޖެހޭނެ ހިތްފަސޭހަ އަދި ހިތްގައިމު އެކި ސިފަތަކާ އެކު އެވެ.

އެގޮތުން ބްލޫ ލެގޫންގެ އިމާރާތްތަކުގައި ހަދާ އެޕާޓްމަންޓުތަކަކީ ހުޅުމާލޭގައި ހުންނާނެ އެންމެ ތަނަވަސް އެޕާޓްމަންޓުތައް ކަމަށް ބްލޫ ލެގޫން އިން ބުންޏެވެ. އެތަނުގައި 1,035 އަކަފޫޓުން ފެށިގެން 1,875 އަކަފޫޓާ ދެމެދުގެ އެކި ސައިޒުގެ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓު އެޕާޓްމަންޓްތައް ހިމެނެ އެވެ.

ބްލޫ ލެގޫންގައި 35,000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ ވަސީލަތްތަކަށް ވަނީ ހާއްސަ ކޮށްފަ އެވެ. އޭގެ ތެރޭގައި ޖިމް، ޕްރައިވެޓް ތިއޭޓަރު، އަދި 4,500 އަކަފޫޓުގެ އައުޓްޑޯ ޕާކެއް ހިމެނޭ 'ކްލަބް ހައުސް' އާއި ދެ ޓަވަރު ގުޅުވައިދޭ 18 ވަނަ ފަންގިފިލާގައިވާ 24,000 އަކަފޫޓުގެ 'ޓެރަސް ގާޑަން' ހިމެނެ އެވެ.

ބްލޫ ލެގޫންގެ ދެ ޓަވަރުގެ އެޕާޓްމަންޓުތައް މިހާރު ބުކް ކުރެވޭނެ އެވެ. އެ ތަނުން އެޕާޓްމަންޓު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބްލޫ ލެގޫންގެ ސޭލްސް އޮފީހަށް ޒިޔާރަތްކޮށް، އެޕާޓްމަންޓުތަކާ ބެހޭ މައުލޫމާތުގެ އިތުރުން ވީއާރު ޓުއާ މެދުވެރިކޮށް އެޕާޓްމަންޓްތައް ބަލައިލެވޭނެ އެވެ.