ޓީއެމްއޭ ގަތުމަށްޓަކައި ބްލެކްސްޓޯނުން މަސައްކަތް ފަށައިފި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
27 މާޗް 2025 - 12:46
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓީއެމްއޭ ގަންނަން ބްލެކްސްޓޯނުން 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގުމުގެ މަސައްކަތް ފަށައިފި އެވެެ.
"ދަ މެލޭޝިއަން ރިޒާވް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ލޯނު ނަގަން ޖަރުމަނުގެ ޑޮއިޗޭ ބޭންކުން ވެސް ބައިވެރިވާން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އެމެރިކާގެ މަޝްހޫރު އިންވެސްޓްމެންޓް މެނޭޖްމެންޓު ކުންފުނި، ބްލެކްސްޓޯނުން އަންނަނީ އެ ލޯނު ނެގުމަށް ބައެއް ބޭންކްތަކާއި ޕްރައިވެޓް ކްރެޑިޓް ފަންޑުތަކާ އެކު މަޝްވަރާތައް ކުރަމުންނެވެ. އެ ލޯނު ނެގުމަށް ހަމަޖެހިފައިވަނީ 10 ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގަ އެވެ.
ބްލެކްސްޓޯނުން ޓީއެމްއޭ ގަންނަން ނިންމާފައިވަނީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށްވުރެ ކުޑަ އަގެއްގަ އެވެ.
ޓީއެމްއޭގެ މައި ހިއްސާދާރު ކާލައިލް ގްރޫޕުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެކުންފުނި ވިއްކާލުމުގެ މަސައްކަތް ފެށި ކަމަށް ދުނިޔޭގެ މަޝްހޫރު އެއް ނިއުސް އެޖެންސީން، ބްލޫމްބާގް ނިއުސް އިން ރިޕޯޓުކޮށްފައިވެ އެވެ. މީގެ ކުރިން 2022 ވަނަ އަހަރު ވެސް ޓީއެމްއޭ ވިއްކާލުމަށްޓަކައި ކާލައިލް އިން މަސައްކަތް ކުރި އެވެ. އެކުންފުނި ވިއްކާލަން ނިންމި އިރު ކުންފުނީގެ އަގު 700 މިލިއަން ޑޮލަރު (10.8 ބިލިއަން ރުފިޔާ) އަށް އަރާކަމަށް ބުނެފައިވެ އެވެ.
ޓީއެމްއޭގެ 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ ލޯނު ދެއްކުމުގައި އުނދަގޫތައް ކުރިމަތިވިއިރު ދަރަނި ރީސްޓްރަކްޗާކޮށް، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކާލައިލް އިން ގަނެފައިވަނީ 2021 ވަނަ އަހަރު އެވެ. ޓީއެމްއޭއަށް ނުދެއްކުނު ލޯނަކީ އެ ކުންފުނީގެ އޭރުގެ މެޖޯރިޓީ ހިއްސާދާރު ބެއިން ކެޕިޓަލް އިން 2017 ވަނަ އަހަރު ގަތުމަށް ނެގި ލޯނެކެވެ.
އަނެއްކާ ވެސް ބްލެކްސްޓޯނުން ޓީއެމްއޭ ގަތުމުގެ މަސައްކަތް ފެށި އިރު އެކުންފުނިން މީގެ ކުރިން ވެސް ޓީއެމްއޭ ހިންގާފައިވެ އެވެ. އެކަމަކު 2017 ގައި ބްލެކްސްޓޯނުން ވަނީ 500 މިލިއަން ޑޮލަރަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އަށް ވިއްކާލި އެވެ.
ޓީއެމްއޭ 1993 ވަނަ އަހަރުން ފެށިގެން ހިދުމަތް ދެމުން އަންނަ އިރު އެކުންފުނީގެ ސީޕްލޭން ފްލީޓުގައި މި ވަގުތު 65 ބޯޓު ހިމެނެ އެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ވެސް އެ ހިދުމަތްދެމުންނެވެ. ރާއްޖޭގެ 80 ރިސޯޓަކަށް ޓީއެމްއޭ އިން މިހާރު ދަތުރުކުރެ އެވެ. އަދި ދުވާލެއްގެ މައްޗަށް 400 ފްލައިޓު އަޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯހިމް
29 March 2025
ބްލެކްސޮޓޯން، ބްލެކްރޮކް، ވޭންގާޑް މިއީ މިހާރު އެމެރިކާ އަދި ދުނިޔޭގަވެސް އެންމެ މުއްސަދި ޕްރައިވެޓް އިންވެސްޓްމަންޓް ކުންފުނި ތަކެވެ. މި ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަދީ ބްލެކްރޮކްގެ އެސެޓްގާ 13 ޓްރިލިޔަން ޑޮލަރ، ވެންގާޑް 10.4 ޓްރިލިޔަން، އަދި ބްލެކްސްޓޯން، 1 ޓްރިލިޔަން ޑޮލަރ. މިއިން ކޮންމެ ކުންފުންޏަކުންވެސް އަނެއް ކުންފުނީން ވަނީ ހިއްސާ ގަނެފައެވެ،
އަލްއުސްތާޒް
28 March 2025
އަހަރެމެން ދިވެހިން ވިސްނަންވީ ސަރުކާރުން ވިޔަފާރިކުރުމުގެ ވިސްނުންދޫކޮށްލަން. ސަރުކާރު އާމްދަނީ މިހާޜުވެސް ބިނާވަނީ ވިޔަފާރިތަކުން ނަގާ ޓެކްސްތަކުގެ މައްޗައް. ޕްރައިވެޓް ސެކްޓަރ އަށް ވިޔަފާރިކުރެވޭ ފަހި މައުހައުލެއް ގާއިމްކޮށް ޕްރަައިވެޓް ސެކްޓަރ ހަރުދަނާކުރުމަކީ ހުރިހާ ގޮތަކުންވެސް ގައުމަށް ރަނގަޅުގޮތް. ސަރުކާރުން ވިޔަފާރިކުރީމާ ސިޔާސީ ކުލަވަރު ކުންފުންނަށް ވަދެ ވިޔަފާރީގެ އަސްލު މަގުސަދު ނިކަމެތިވޭ.
ޖސޖބަބއި
28 March 2025
ސަރުކާރުން ޓީއެމްއޭ ގަނެލާފަ މޯލްޑިވިއަން އަށް ބަދަލުކޮށްލަން ގޮވާލަން
ޛސހސބއބ
28 March 2025
ދިވެހި ސަރުކާރުން ޓީއެމްއޭ ގަތުމަށް ގޮވާލަން
ޖީ އެސް ޓީ
28 March 2025
ދައުލަތަށް ޖީ.އެސް.ޓީ ލިބޭނެ ކަމަށް އުއްމީދު ކުރަން. ކުރީ ފަހަރު ބުނީ "އެސެޓް ޓްރާންސްފާ" އެކޯ. ޖީ.އެސް.ޓީ ދައްކާކަށް ނުޖެހެޔޯ.
ގަފާރު
27 March 2025
އަވަހަށް އެއަރޕޯޓް ގެ ހުރިހާ ލޯންޖްތަކެއް އަގުހެޔޮކޮއް ޓީއެމްއޭއަށް ދީ. އޭރުން އެމިހުން ފަސޮްނޖަރުންއަތުން ހާހުން ޑޮލަރު ނަގައިނީ
މޯޑުބޭ
27 March 2025
އެއްގޮތަކަށް ވެސް ދިވެހިންގެ ހަރުމުދާ ބޭރުމީހުންނަށް ވިއްކައިގެން ނުވާނެ. މޯލްޑިވިއަން އިން ޓީއެމްއޭ ގަންނަންވީ ސަރުކާރުން ފައިސާ ދީގެން ނަމަވެސް. ޓުއަރިޒަމުން ބޮޑު ފައިދާ މިނަގަނީ ބޭރުމީހުން. ޑިވެހިންނަށް ލިބެނީ މަދު އެތިކޮޅެއް.
ކަލޭގަނޭ
27 March 2025
ސަރުކާރުން ކޮންތާކުން ހޯދާ ފައިސާއަކުން ގަންނަނީ؟ މިއުޅެނީ ދައުލަތައް ލިބޭ އާމްދަނީން ސަރުކާރުގެ ރިކަރަންޓު ހަރަދު ކޮށް ނުލެވިގެން ނުވިތާކަށް ލޯނުގެގޮތުގައި ފައިސާއެއްދޭ ބަޔަކަށް ވިއްޔާއޮތީ ލޯނުނަގާ ދަރާފަ އަދި އެދަރަނި ނުދެއްކޭ ހާލަތުގަ
ޅުގުމާން
27 March 2025
ކާކުބުނީ ސީޕްލޭނަކީ ދިވެހިންގެ އެއްޗެކޭ
ތުއްތުބޭ
27 March 2025
ތިއީ ދިވެހިންގެ ހަރުމުދަލެއް ނޫން ކޮއްކޯ... އެއީ ފޮރިން ޑައިރެކްޓު އިންވެސްޓްމަންޓެއް.
އަބު އުބައިދާ
27 March 2025
މީ ސީދާ ޔަހޫދީންގެ ކުންފުންޏެއް. މިކަން ހުއްޓުވާ.
ޢިކޮނޮމިސްޓު
27 March 2025
" މޯލްޑިވްސް" މިނަމާއި ރާއްޖޭގެ ވައިގެ ސަރަހައްދާއި ، ކަނޑު ފަޅު ބޭނުންކޮށްގެން މިލިޔަން ޑޮލަރުގެ ފައިދާ ނަގާއިރު ރާއްޖެއަށް ލިބެނީ ކޮން ފައިދާއެއްތޯ؟.. ދިވެހި ބޭރުގެ އިންވެސްޓަރުން އެއް ކުންފުންޏެއް ގަނެ ވިއްކައި ހަދަމުން މިދަނީ.. އިކޮނޮމިސްޓުން ކޮބާ؟
އޮނަރަބްލް އަފީފު ދީދީ
27 March 2025
ގޭން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދައްކަންޖެހޭ ލޭންޑިންގ އަދި ސާވިސް ފީތަކާއި އެންމެކުޑަމިނުން ބޯޓަށްއަޅާ ތެލަށްވެސް ފައިސާނުދައްކާ އެތެރޭގެއުދުހުންތަކުން ހައްދެއްނެތްވަރުގެ ބޮޑުއަގެއްނަގާ މޯލްޑިވިއަންގެ ސީނިއަރ މެނޭޖްމަންޓާއި ބޯޑްގައި ތިބިމީހުނަކީ އެވިއޭޝަންދާއިރާގެ މަތީފެންވަރުގެ ތައުލީމެއް އަދި މެނޭޖްމަންޓްގެ ދާއިރާއިންވެސް ރާއްޖެއިންބޭރުން އެފަދަ ތަޢުލީމް ހާސިލްކޮށްފައިނެތް އެކަމަކު ހިހޫތަނުން ކައިގެންތިބެ ބޮޑު މުސާރަ ނަގަމުންދާ ބައެއް.