ބޭންކިން ހިދުމަތް ފެށުމަށް ބޭނުންވާ ހުއްދަ ދެނީ. --ފޮޓޯ: އެމްއެމްއޭ
27 މެއި 2025 - 21:41
ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ އިތުރު ދެ ފަރާތަކަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފި އެވެ.
އެމްއެމްއޭއިން ބުނީ، 19 މެއި ގައި ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދީފައިވަނީ، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން، ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކެއް ގާއިމުކުރުމަށް ކަމަށެވެ.
މި ދެ ފަރާތަށް ވެސް ދޫކޮށްފައިވަނީ ޓިއާ 1 ބޭންކެއް އުފެއްދުމުގެ ހުއްދަ އެވެ.
ބޭންކިން ހިދުމަތް ފެށުމަށް ބޭނުންވާ ހުއްދަ ދެނީ. --ފޮޓޯ: އެމްއެމްއޭ
ހިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދެވޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
އެމްއެމްއޭއިން ބުނީ މިއީ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގަރ
28 May 2025
ތިހެން ހެދި އެއް ބޭންކް އެބަހުރި ޕެންޝަން އޮފީސް ތިރީގަ ވެސް.
އެކޮއި
28 May 2025
މިސަރުކާރު އައިފަހުން ހާދަ ބޭންކެކޭ ދޯ! އެކަމަކު ބޭންކު ލޮލަށް ނުފެނި ވެރިކަން ނިމިގެންދާނީ. މީގެ ދުވަސްތަކެއްކުރިން ސަޢުދީ ޕްރިންސަކު އައިސްގެންވެސް ބދުނިޔޭގެ ފެންވަރުގެ ބޭންކެއް ހުޅުވައިފި
އުދުހޭ
28 May 2025
މީ އަސްލު ބޭންކުތޯ ނުވަތަ ނަންބޯޑު ބޭންކުތޯ؟
އިހްސާސް
28 May 2025
ރާއްޖޭގައި އިތުރު ކޮންވެންޝަނަލް ބޭންކު ހަދަން ހުއްދަނުދީ. މީގެ ބަދަލުގައު އިސްލާމިކް ބޭންކުތައް އިތުރުކުރޭ.
ލަސް
28 May 2025
ދެން ހުރީ ކާފިރު ބޭންކްތަ؟ ކަލޭމެން ބޭނުންނުވަންޏާ އެތަންތަނުގަ އެކައުންޓް ނުހުޅުވީމަ އެކަން އެނިމުނީ. އެހެންމީހުންނަށް ގޮތްކިޔަން ނޫޅޭ.
ޝޮކްތެރަޕީ
28 May 2025
ސިލޯނުގަ ބެންކެއް ނޮހޮޅުވެނީ ކީވެތަ؟
ހަސަނާތު ދަރި
28 May 2025
ހުޅުވަންވީ. އެކަމަކު އެހާ ވާދަ ވެރިކަން އޮންނަ ތަނެއްގަ ޑިޕޮސިޓް ހޯދަން އުނދަގޫ ވާނެ. އަހަރެމެންގެ ސަރުކާރު ހިއްސާ އޮންނަ 2 ބޭންކްގަ ބޭރު ފައިސާ އިން ކެޕިޓަލްއަށް ބޭނުންވާ ފައިސާއެއް ނެތް.
ހޮޓްކިންގ
28 May 2025
ބޭންކް މޯލްޑިވްސް ނުވަތަ މޯލްޑިވްސް ބޭންކް ހުއްޓާ އެނަމުގާ އެހެން ބޭންކެއް އެހެން ބަޔަކު ހުޅުވަން ހިއްދަދިނީތޯ؟ ވަރަށް އޮޅޭނެ ކަމެއްތިކުރީ.
ރަދީފްއޮފިޝަލް / އޮޅޭކަށް ނުޖެހޭ
28 May 2025
ކަލޯ "އޮފް" އެބައިން ދޯ މިހާރުހުރި ބޭންކް ނަމުގަ. ހޮޓްކިންގަށް އަންނާރު ވެސް އޮޅޭނެ.އިފް ޔޫ ނޯ ޔޫ ނޯ.
ފިކުރީ
28 May 2025
ހަނދާންވޭ ރައީސް އޮފީހުގެ ދެންނެވުމެއް 1980 ގެ އަހަރުތަކުތެރޭގައި ވާނެކަމަށް ދައުލަތުގެ ކުންފުންޏެއް ނޫނީ "މޯލްޑިވްސް" ނަން ބޭނުން ކޮށްގެން ރެޖިސްޓަރ ނުކޮށްދެވޭނެކަމަށް ދަންނަވާފައި ދެންނެވުމެއް ފޮނިވިހަނދާން.
ހުސެންބެ656
28 May 2025
ދެން ޑިޖިޓަލް ބޭންކެއް ހުޅުވާ ނިކަން ކްރިޕްޓޯ ވެސް ތައަރަފް ކޮއްލަބާ
އޭނގ
27 May 2025
ބީ އައި ސީ އަކީ ބޭންކް އައިޑެންޓިފަޔާ ކޯޑު.