ބީއެމްއެލްގެ ބޯޑަށް އައްޔަނުކުރި އާ ޑިރެކްޓަރުން. --ފޮޓޯ: ބީއެމްއެލް
30 މެއި 2025 - 08:48
ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަަޅައި، ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި އެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި، ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކޮށްފައިވަނީ އަހުމަދު އަލީ ހަބީބް، ނޫވިލާގެ، ސ. ހިތަދޫ އެވެ.
އަލީ ހަބީބް ބީއެމްއެލްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އަލީ ހަބީބްގެ އިތުރުން ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅައި އޭޖީއެމްގެ ތެރެއިން ހަތް ޑިރެކްޓަރުން ވަނީ އައްޔަންކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަނުކޮށްފައިވާ ޑިރެކްޓަރުން:
1. މުހައްމަދު ޝަރީފް، މ. ޢިފާޢު، މާލެ
2. ސަހަރު ވަހީދު، މ. ވެލާލުގެ، މާލެ
3. އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04، މާލެ
4. އާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
5. މުހައްމަދު ޝާހިދު، ހުޅުމާލެ. ފްލެޓްނަންބަރު 90-2-02، މާލެ
6. ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، މާލެ
7. މުހައްމަދު މާއިޒު މުނާޒު، ގ. އަޒާރޯ، މާލެ
ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކުރުމުގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރާ ތިން ޑިރެކްޓަރުން ވެސް ވަނީ އޭޖީއެމްގައި އިންތިހާބުކޮށްފަ އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އިންތިހާބުކޮށްފައިވަނީ، އަބްދުﷲ ނަސީމް، ކަރަންކާވިލާ، ހއ. ފިއްލަދޫ އާއި ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން އާއެކު މޫސާ ރަޝީދު، މ. ގަސީމު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހާނާ
31 May 2025
އަޙުމަދު ޢަލީ ޙަބީބުގެ ނަމަކަށް ހަމައެކަނި "އަލީ ހަބީބު" ކިޔައިގެން ނުލިޔެވޭނެ. އޭނާގެ ނަމަކީ އަޙުމަދު. ޢަލީ ޙަބީބަކީ އޭނާގެ ބައްޕަގެ ނަން. އޭނާގެ ބައްޕައަކީ ސ.ހިތަދޫ ނޫވިލާގޭ ޢަލީ ޙަބީބު. މަންމައަކީ ބ.އޭދަފުށީ "ދިގަލި" ޙަފީޡާ ޔޫސުފް. މީހާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން ގުޅުވައިގެން ރާއްޖޭގައި މީހުންނަށް ނަން ކިޔައި އުޅޭކަމެއް ނުދަންނަންދޯ؟