ވިޔަފާރި / ދިރާގު

ބޮޑު އީދަށް ދިރާގުގެ ބޮޑު އޮފާތަކެއް، ޓިކްޓޮކަށް ހާއްސަ އެޑްއޮންއެއް ވެސް ހިމެނޭ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ބައެއް އިސްވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރިއަށް އޮތް މި އަހަރުގެ އަޟްހާ އީދަށް ހާއްސަކޮށްގެން ދިރާގުން ބޮޑެތި އޮފާތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއީ އީދަށް ހާއްސަ އޮފާތަކެއް ކަމުން އެ އޮފާތައް ކުރިއަށް ގެންދާނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ކުންފުނީގެ އެކި ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ ގިނަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ.

އޭގެ ތެރެއިން އެއް އޮފާއަކީ "ރީލޯޑް އެންޑް ފްލައި" އެވެ. މިއީ މިހާރު ކުރިއަށް ގެންދާ "ރީލޯޑް އެންޑް ވިން" އޮފާގެ ހާއްސަ އެޑިޝަނެކެވެ. "ރީލޯޑް އެންޑް ފްލައި"ގެ ދަށުން ހަފުތާއެއްގެ ތެރޭގައި 300ރ. އިން މަތިން ރީލޯޑު ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް މޯލްޑިވިއަން އެއާލައިންގެ 10،000ރ. ގެ ޓްރެވެލް ވައުޗަރެއް ލިބޭނެ އެވެ. އޭގެ އިތުރުން ދިރާގުން ވަނީ 100 ޖީބީގެ އެޑް އޮން ނަގާ ކަސްޓަމަރުންނަށް އިތުރު 25 ޖީބީ ހިލޭ ލިބޭނެ އޮފާއެއް ވެސް ތައާރަފްކޮށްފަ އެވެ.

ދިރާގުން މި ފަހަރުގެ ބޮޑު އީދާ ދިމާކޮށް ފެށި ޕްރޮމޯޝަނުގައި ފައިބާބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދިރާގުގެ "ލިމިޓެއް ނެތް" ޕްލޭންތަކަށް ހިލޭ އަޕްގްރޭޑު ކުރެވޭނެ އެވެ. އަދި ހިލޭ އަޕްގްރޭޑު ކުރުމަށް ފަހު، މިހާރު ގެންގުޅޭ ޕްލޭނަށް ވުރެ މަތީ އަގެއްގެ ޕްލޭނަކަށް އަޕްގްރޭޑްކޮށް، އެ މީހަކު މި ވަގުތު ބޭނުންކުރާ ޕްލޭންގެ އަގުގައި ދެ މަސް ދުވަހުގެ މުއްދަތައް ލިބޭނެ އެވެ.

ދިރާގުގެ މެނޭޖަރު، މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އީދު އޮފާތަކާ ގުޅޭ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓިކްޓޮކަށް ހާއްސަ އެޑްއޮންއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ދިރާގުގެ މެނޭޖަރު، މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް ވިދާޅުވީ ޓިކްޓޮކަކީ ދިވެހިންގެ މެދުގައި މަގުބޫލު އެޕަކަށް ވާއިރު، އީދު ބަންދުގައި މެދުކެނޑުމެއް ނެތި ޓިކްޓޮކް ވީޑިއޯތައް ބެލުމަށް 20ރ. އަށް 25 ޖީބީ ލިބޭނެ ކަމަށެވެ. އަދި މިއީ މިހާރުގެ ސޯޝަލް މީޑިއާ ޓްރެންޑަށް ބެލުމަށް ފަހު ތައާރަފް ކުރި އެޑްއޮންއެއް ކަމަށް ވިދާޅުވި އެވެ.

ދިރާގުގެ ކަސްޓަމާ ވެލިއު މެނޭޖާ-ޕޯސްޓްޕެއިޑް، ހައްސާން ހުސްނީ ވިދާޅުވީ މިދިޔަ އަހަރު ވެސް އެ ކުންފުނިން ބޭއްވި "އީދު ހަދިޔާ"އަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެހެން ކަމުން މި ފަހަރުގެ ބޮޑު އީދަށް ހާއްސަކޮށް ވެސް "ދިރާގު އީދު ހަދިޔާ" ބޭނުންވާ މީހުންނަށް ހަތަރު ޖީބީއާ ހަމައަށް ޑޭޓާ ހަދިޔާކުރުމުން އެ އަދަދަށް އަނބުރާ ބޯނަސް ޑޭޓާ ކަސްޓަމަރަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އީދަށް ހާއްސަކޮށް ޕޯސްޓްޕެއިޑް 5ޖީ ޓާބޯ ނަގާ ކަސްޓަމަރުންނަށް ހިލޭ ޓާބޯއެއް ލިބޭ އޮފާއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ 549ރ. ގެ ޕްލޭނެއް ނަގައިގެން ވެސް ހިލޭ ޓާބޯ ރައުޓަރެއް ލިބޭނެ އޮފާއެއް ކަމަށް ހައްސާން ވިދާޅުވި އެވެ.

ހައްސާން ވިދާޅުވީ ދިރާގުގެ އީދު ޕްރޮމޯޝަނަކީ އީދު ބަންދުގައި ފޫހިނުވެ، ދިރާގުގެ އެހީގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތައް ފަރުމާކޮށްފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ. އެގޮތުން މުނިފޫހިފިލުވުމަށް ހާއްސަކޮށްފައިވާ ލަޔަންސްގޭޓަށް މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެއް މަސް ދުވަހުގެ ހިލޭ މެމްބާޝިޕް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ދިރާގުން އީދަށް ހުށަހަޅާފައި އޮފާގެ އިތުރުން އީދު ބޮނޑިބަތާއި ހާއްސަ އެކި ހަރަކާތްތަކުގައި ކުރިއަށް ގެންދާނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހީހި

02 June 2025

އަބާދުވެސް ދެރަވެފަ ދޯ ދިރާގު ކުދިން ތިބެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454