އެމްއެމްއޭގެ ބޯޑު މެންބަރު އިދުހާމް -- ފޮޓޯ: އެމްއެމްއޭ
24 ޖޫން 2025 - 18:09
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގެ މެންބަރު އިދުހާމް ހުސެއިން އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ ބޯޑުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ސެކްޝަންގެ އެޑްވައިޒަރުގެ މަގާމުގަ އެވެ. ކުރިން އޭނާ ހުންނެވީ އެ ސެކްޝަނުގެ ހެޑްގެ ގޮތުގައި އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގަ އެވެ. ނަމަވެސް، އާ ގަވަރުނަރު އަހުމަދު މުނައްވަރު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަކަށް ގެނައި ބޮޑެތި ބަދަލުތަކާ ގުޅިގެން އެ ސެކްޝަނުގެ ހެޑްގެ މަގާމުތަކަށް ބަދަލުގެނެސްފައިވެ އެވެ. މިހާރު އެ ސެކްޝަނުގެ ހެޑަކީ މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާ އެވެ.
އިދްހާމް ބޯޑުން ވަކިކޮށްފައިވާ ސަބަބު، އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމުން ވަކި ކުރީ، މަނިޓަރީ ޕޮސިލީ ޑިޕާޓްމެންޓްގެ ހެޑްގެ މަގާމަށް ރަޝްފާ ހަމަޖެއްސުމުންނެވެ. އެހެންވެ، ދެން ބޯޑުގައި އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބެލެވެނީ އޭނާ އެވެ. އެކަމަކު އަދި މިހާތަނަށް އޭނާ ބޯޑަށް ރަސްމީކޮށް އައްޔަނެއް ނުކުރެ އެވެ.
ކުރީގެ ރައީސް މުހަންމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޮއެއް ކަމަށްވާ އިދުހާމް ގެންދަވަނީ 1990 އިން ފެށިގެން އެމްއެމްއޭގެ އެކި މަގާމުތައް އަދާކުރައްވަމުންނެވެ.
އޭނާ ބޯޑުން ވަކި ކުރި އިރު، އެމްއެމްއޭގެ ބޯޑަށް މިފަހުން ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. މިދިޔަ މާޗް މަހު އެ ބޯޑުގައި ތިއްބެވި ތިން މެންބަރަކު ވަނީ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހި އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިހާދު އިބްރާހިމް
25 June 2025
ބާއި ބާއި އިދޫ. މުވައްޒަފުންނަށް ރަނގަޅަށް ނުހިތުމުގެ ނަތީޖާ ތިއީ.
ހުސެން ވަހީދު
25 June 2025
މި އިދޫ އަކީ މުޅި އެމްއެމްއޭ ހަލާކު ކުރާ އެކަކު. މިހާރު އުޅެނީ ކުރީގެ ބާރުގަ އުޅުނު އަންހެންވެރިންގެ ބާރު ނުލިބިގެން