އެމްއޭސީއެލްއަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ރުފިޔާއިން ދައްކަން ވެސް ޓީއެމްއޭއިން ހުށަހެޅި. އެކަމަށް އެމްއޭސީއެލްއިން އެއްބަސް ނުވުމުން، މާރުކުރާ ފައިސާ ބޭނުންކުރަން ނިންމީ މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގައި.
ޓީއެމްއޭގެ ސީޕްލޭންތަކެއް. އެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާ ކުންފުނި -- ފޮޓޯ: މިހާރު
28 ޖޫން 2025 - 11:33
ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާ އިން ދޭން ނިންމައި އެކަން ރަސްމީކޮށް އަންގައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުން އެކަމާ ގުޅޭ ރަސްމީ އީމެއިލް ހުރިހާ މުވައްޒަފުންނަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
އެ އެންގުމުގައިވާ ގޮތުން އަންނަ ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ވެސް ލިބޭ މުސާރައިގެ 20 ޕަސެންޓު ދެން ދޭނީ ދިވެހި ފައިސާއިންނެވެ. އެކަމަކު، ބާކީ 80 ޕަސެންޓަށް ވާ މުސާރަ އަދިވެސް މުވައްޒަފުންނަށް ދޭނީ ޑޮލަރުން ކަމަށް ޓީއެމްއޭގެ އެންގުމުގައި ވެ އެވެ.
ނަމަވެސް އެ ނިންމުމާ ހިތްހަމަނުޖެހިގެން، ނިންމުން ބަދަލު ކުރުމަށްޓަކައި އެ ކުންފުނީގައި މަސައްކަތްކުރާ ޕައިލެޓުން ވަނީ މެނޭޖްމެންޓާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ސަރުކާރާ ވެސް ބައްދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 150 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ކެޓަގަރީ ސީގައި ހިމެނެނީ އަނެއް ދެ ކެޓަގަރީއަށް ނުފެތޭ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނެވެ. އެފަދަ ތަންތަނުން ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ޖެހޭނީ އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 15 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ނަމަ އެވެ.
އެ ގާނޫނަށް ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކާއި ގިނަ އަދަދެއްގެ ގެސްޓް ހައުސްތަކުން މިހާރު ވެސް އަންނަނީ އަމަލު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި، ޓީއެމްއޭއިން އަދި މިހާތަނަށް އެ ގާނޫނާ އެއްގޮތަށް އަމަލު ކުރާކަށް ނުފަށަ އެވެ. އެ ގާނޫނަށް އަމަލު ކުރުމަށްޓަކައި އެ ކުންފުނިން ވަނީ އެމްއޭސީއެލްއަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ދިވެހި ރުފިޔާއިން ދައްކަން ހުށަހަޅައިފަ އެވެ. އެކަމަކު އެކަމަށް އެމްއޭސީއެލްއިން އެއްބަސްވެފައި ނުވާތީ، މާރުކުރާ ފައިސާ ބޭނުން ކުރަން ނިންމީ، މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިއްޕެ
29 June 2025
އަސްލު އެއްވެސް ބަޔަކަށް ޑޮލަރުން ލާރި ދީގެން ނުވާނެ. ތިހެން ދެންޏާ ސަރުކާރުން އެބަ ޖެހޭއެއްނު ހުރިހާ ދިވެހީންނަށްވެސް ޑޮލަރުން މުސާރަދީ ހަދަން. އަހަރުން ވީމަ ބޭންކު ތަކުންނާ ތަންތަނުން ޑޮލަރު ހޯދަން ޖެހެނީ. ވަޒީފާގަ ލާރި ލިބެނީ ޑޮލަރުން ކަމުގަ ވަންޏާ އެމީހުންނަށް ވަކި މުސާރަ ދޭން ޖެހޭނީވެސް ޑޮލަރަކުންނެއް ނޫން. ތިހެން ވަންޏާ ޓުއަރިޒަމް މިނިސްޓްރީގަ އުޅޭ ހުރިހާ ކުދިންނަށް ޑޮލަރުން މުސާރަ ދޭން ޖެހޭނީ
ޖައިބެ
29 June 2025
ވަކި ޓީއެމްއޭ ވެގެނެއް ނޫން. އުޅެވޭ ގޮތް ނޭގޭތީ މިހެން މިވަނީ
ދިވެހިރާއްޖެއިން
29 June 2025
ދިވެހިރާއްޖޭގައި މުސާރަ ދޭންވާނީ ދިވެހި ފައިސާއިން. ބޭރު ފައިސާއިން މުސާރަ ދިނުން ހުއްޓުވަންވީ.
ބުރަތޭރީ
29 June 2025
ދިވެހިރާއްޖޭގައި ހިންގާ އެއްވެސް ވިޔަފާރިއަކުން އެއްވެސް ބޭރުފައިސާއަކުން މުސާރަ ދެވިގެންނުވާނެ. ރިސޯޓުތަކުންވިޔަސް، އެއަރޕޯޓާއި އެއަރލައިންތަކުންވިޔަސް މުސާރަ ދޭންވާނީ ދިވެހި ރުފިޔާއިން. އެއީ އެކަން ކުރަންޖެހޭނެގޮތް. އަޅުގަނޑުމެންވެސް ބޭރު ގައުމުތަކުގައި މަސައްކަތްކުރާއިރު މުސާރަ އާއި އިނާޔަތްތަށްދެނީ ހަމަ އެގައުމެއްގެ ފައިސާއިން...
ހައިލަމް މުހައްމަދު
29 June 2025
އަހަރެން ހަމަ ހައިރާންވެއްޖެ 80% ޑޮލަރުން ދޭތީ. ހަގީގަތުގައި ނުޖެހޭ ދޭކަށް. ކަޅު ބާޒާރުވެސް ތިމީހުންގެ އަތް ވާނެ ތީގެ ސަބަބުން. މިކަން 50-40% އަށް ތިރި ކޮށްލަން ވީ
އަހަންމަދާ
29 June 2025
އަހަރެން ހައިރާންވޭ ޑޮލަރުން ގެސްޓުން ފައިސާ ދައްކާތީވެސް އެމީހުން ވެސް ރުފިޔާ އިން ފައިސާ ދައްކަން އާދަ ކުރުވާފަ ތިހެން ބުނަން އެންމެ ރަނގަޅު. އަދި މީރާއަށް ޑޮލަރުން ކީއްވެތޯ ޖީއެސްޓީއާ ބެޑް ޓްކްސްއާއި ނަގަނީ އެކަން އިނގޭތަ؟
ފައުޒީބެ
29 June 2025
ތިބޭފުޅާގެ ޖީބުންތޯ މުސާަރަ ދެނީ.
އަކްމަލް ހަލީމް
29 June 2025
މުޒާހަރާ ކުރާނެ ކަމެއް ނެތް. ޓީއެމްއޭ ޕައިލަޓުން ނޫނީ ނެތް މިހާ ބޮޑު ޕަސެންޓެއް ޑޮލަރުން ލިބޭ ބަޔެއް.
އަހަންމަދާ
29 June 2025
ނޫނޭ ރިސޯޓް މުއައްޒަފުންނަށްވެސް ލިބޭ.
ހަސަން ނިހާމް
29 June 2025
ނުޖެހޭ ޑޮލަރުން 100% ދޭކަށް. 50%އަށްވުރެ އިތުރު ކުރުމުގެ އެއްވެސް މާނައެއް ނެތް. ބޭނުމެއް ނެތް.
އަންމި
29 June 2025
އެވާހަކައެއްނު މި ދައްކަނީ. އެންމެ ލޯ ލާރިއެއްވެސް ދީގެން ނުވާނެ ޑޮލަރުން
އަމްޝާދު އަޒީޒް
29 June 2025
މިކަމުގައި ނެތް އެއްވެސް މައްސަލައެއް. މިކަން އޮންނަން ވާނީ ހަމަ މިހެން
އަހަންމަދާ
29 June 2025
އެހެންވިއްޔާ ކީއްވެޔޯ މީރާއަށް ޑަލަރުން ޖީއެސްޓީ އާ ބެޑް ޓްކްސް ނަގަނީ.؟ އެއީ އެކަން އޮންނަން ޖެހޭ ގޮތް؟
އަހުސަން
29 June 2025
އެމްއޭސީއެލް އަށް މުއާމަލާތްކުރަންޖެހޭނީ ދިވެހިރުފިޔާއިން. އެއީ ކުންފުންޏާއިބެހޭ ގާނޫނުގެތެރެއިން އުފެދިފައިވާ ދިވެހި ކުންފުންޏެއް. އެއްވެސްހާލަތެއްގައި ޑޮލަރުން ފައިސާދައްކަން އެކުންފުނިންބުނުމަކީ އެމްއެމްއޭގެ ގަވާއިދާވެސް އެކުންފުނި ޚިލާފްވުން.
އަހަންމަދާ
29 June 2025
މީރާއިން ޑޮލަރުން ޖީއެސްޓީ ނެގުން އެއީ ކޮންކަހަލަ ކަމެއްބާ؟
ޑޮކްޓާރ. ބަނާނާ
29 June 2025
9.4 ބިލިޔަން ޑޮލަރަށް ގައުމު ދަރާ ވިކުނީމާ ދެން ދިމާވާނީ މިފަދަ ކަންކަން. ޥ ވެދުން.