ހަންކެޑެ. އެތަނުގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން ވަނީ ކަނޑައަޅާފައި. -- ފޮޓޯ: މިހާރު
29 ޖޫން 2025 - 20:50
ނުހެދި ދިގުލައިގެން ގޮސްފައިވާ ސ. ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.
މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން، 2005 ގަ އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާންކޮށް، މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ އިރު އޭގެ ތެރޭގައި އައްޑޫ ސިޓީ ހަންކެޑެ ވެސް ހިމެނޭ ކަމަށެވެ.
އެ ނިންމެވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އަންނަނީ އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ސ. ހަންކެޑެ. އެ ރަށުގެ ރިސޯޓު ހެދުމަށް ކަނޑައަޅާފައިވާ ސަރަހައްދު -- ފޮޓޯ: މިހާރު
މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީ ކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ.
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަނުޖެހޭތީކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އެކަން ރަސްމީކޮށް އެމްއެފްއެމްސީ އިން ހާމައެއް ނުކުރެ އެވެ. އެ މަޝްރޫއު ލަސްވާތީ، އެކަން ބެލުމަށް މީގެ ދެ މަސްކުރިން މަޖިލީހަށް ވެސް މައްސަލައެއް ވައްދާފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، އައްޑޫ ސިޓީގެ ހަންކެޑެ "ހަލާލް ޓޫރިޒަމް"ގެ ގޮތުގައި ތަރައްގީ ކުރުމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރަން އިތުރަށް މަގުފަހިވާނެ ކަމަށެވެ.
ސ. ހަންކެޑެ. އެ ރަށުގެ ރިސޯޓު ހަދަން ކަނޑައަޅާފައިވާ ސަރަހައްދު. -- ފޮޓޯ: މިހާރު
އައްޑޫ ރައްޔިތުންގެ ބޮޑު އުންމީދަކާ ގުޅިފައިވާ ހަންކެޑެ ތަރައްގީ ކުރަން މީގެ ކުރިން ތިން ކުންފުންޏަކާ އެކިއެކި ސަރުކާރުތަކުން ހަވާލުކުރި އެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. މީގެ 18 އަހަރު ކުރިން އެ މަސައްކަތް ހަވާލު ކުރި އެ މަޝްރޫއު ކުރިއަށް ނުދިއުމުން 2،500 ޑޮލަރުން ޖޫރިމަނާކޮށް، ތޫނޑު އަތުން ސަރުކާރަށް ހަންކެޑެ ނެގި އެވެ. އޭގެ ފަހުން 2008 ގައި ހަންކެޑެގެ މަސައްކަތް ހަވާލުކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން ސާމްޕަލް ރޫމެއް ވެސް ހެދި އެވެ. އެކަމަކު އެހިސާބުން މަސައްކަތް ހުއްޓުނީ އެވެ.
އޭގެފަހުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުންޏެވެ. ސިންގަޕޫރުގެ ކުންފުންޏަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީބް
30 June 2025
ހަލާލްނޫން ކަމެއް އޮންނަވާނެތަ؟
ހައްމާދުް
30 June 2025
އެމްޑީޕީ މީހުން މިއަދު ލަދުގަންނާނެ އައްޑޫ ރައްޔިތުންގެ ކައިރިއަށް ވޯޓު ހޯދަންދާން. މީގެ ފޮނިމީރުކަން އައްޑޫ ރައްޔިތުންނަށް މިސަރުކާރުން ލިބިގެންދާނެކަން ޔަގީން
ސުފްޔާން
30 June 2025
ހާލް ޓޫރިޒަމް ކޮންސެޕްޓު ހަގީގަތަކަށް ހަދައިދޭނީ މިވެރިކަމުން
ފާއިދް
30 June 2025
ހަންކެޑަ މަޝްރޫއު މިއަންނަނީ އަންނަނީގަ ތިއްބާ އެމްޑީޕީ ވެރިކަން ނިމިގެންދިޔައީވެސް، ނަތީޖާ ނެރެދޭނެ މިސަރުކާރުން
ނައުޝޫދް
30 June 2025
އެމްޑީޕީ މީހުންގެ ބޮޑު ތާއީދެއް އޮންނަށް އައްޑޫ ސިޓީއަށް އެއްކަމެއްވެސް އެމީހުންގެ ދެވެރިކަން ނިމިގެންދިޔައިރުވެސް ނުކޮށްދެވުން، މިފަހަރުވެސް މި މަސައްކަތް ނިންމާ އައްޑޫ ރައްޔިތުން އުފާކޮށްދޭނީ ރައީސް މުއިއްޒު
އޮނަރަބްލް އަފީފު ދީދީ
30 June 2025
މިހާރުވެސް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އޮތް މުއްސަނދި ކަމާއި ފަޤީރުކަމުގެ ބޮޑު ފަރަޤު އިތުރަށް ދެގުނަ ވާނެގޮތަކަށް ރާއްޖޭގެ ފަޅުރަށްތައް މަހުޖަނުންނަށް ދޫކޮށްލުމުގެ ބަދަލުގައި ސީދާގޮތުން ދިވެހިނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިވެރިވުމަށް ފުރުސަތު ލިބޭގޮތަށް" ފަތުރުވެރިކަމުގެ އިޤްތިސޯދު ބައްޓަން ކުރަން މާލޭސަރުކާރު ހިންގާން ތިބިމީހުން ނުވިސްނާކަން މިފަދަކަންކަމުން އެގިހާމަވޭ. ތިއީވެސް މަހުޖަނުންނަށް އައްޑޫ ހަންކެޑެ ދޫކުރަން ކުރާ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
30 June 2025
މިގޮތުން ހަނިމާދުއާއި ގޭން އެއަރޕޯޓް ހިންގުމަށްޓަކާ ފަށައިގަތުމަށް ޗައިނާ އެގްޒިމް ބޭންކު ފަދަ މާލީ އިދާރާއަކުން ލޯނު ހޯދައިގެން ދައުލަތް ޒިންމާވާގޮތަށް ލޯނު ނަގައިގެން އިންފްލައިޓް ކޭޓަރިންގ ހިދުމަތާއި، ކޮންވެންޝަނަލް ހޯލާއި އަދި ޑިޕާޗާރ ބިޒިނަސް ލައުންޖް ހިދުމަތާއި އެކު ބީޗް ކޮޓަރިވެސް ހިމެނޭ ގޮތަށް 1000 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް އައްޑޫ އެއަރޕޯޓްގައި ތަރައްޤީ ކޮށް މިކަން ކުރަން ފެއްޓިދާނެ. މިއީ ނުކުރެވޭނެ ކަމެއްނޫން.
އަމްޖަދް ތައުފީފް
30 June 2025
ފެނޭތަ އެމްޑީޕީއަށް؟ މިދިޔަ އެއްވެސް ސަރުކާރަކަށް ނުވި މިކަންވެސް ހަގީގަތަކަށް މިހަދަނީ މިސަރުކާރުން. އެވެސް ހަލާލް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން
ނޯބަލް
30 June 2025
ތިބުނީ މިހާރު ނޫހުގެ ފަލަ ސުރުޚީގަ ހަގީގަތަކަށް ހަދާ ވާހަކަދޯ، އަދިވެސް އައްޑޫ ބްރިޖްގެ ޚަބަރެއްނުވޭ،
އޮނަރަބްލް އަފީފު ދީދީ
30 June 2025
މަތީގައިދެންނެވި ގޮތަށް GAN International Airport ގައި 4 ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީ ކުރަން ނަގާ ލޯނަކީ ޗައިނާގެ އެންމެސެޑަރ އިޝާރާތް ކުރެއްވި ފަދަ "އާމްދަނީ ލިބޭނެ ކަމަކަށް" ކުރާ އިންވެސްޓް މަންޓަކަށްވާތީ މި ހުށަހެޅުން ހުށަހެޅުމާއި އެކު އިތުރު ލަސްތަކެއް ނުވެ ލޯނު ލިބޭނެ. އަދި ޗައިނާގެ ކުންފުނިތަކާއި ޙަވާލު ކޮށްފިނަމަ އެންމެ މަތީ ފެންވަރަށް 1 ހާސް ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓާ 2028 ގެ ކުރިން ނިންމާ ސަރުކާރާއި ޙަވާލު ކުރާނެ.
އޮނަރަބްލް އަފީފު ދީދީ
30 June 2025
އެއްހާސް ކޮޓަރީގެ ހަތަރު ތަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓާ އެޅުމަށް ނަގާ ލޯނަކީ ކ.މާލޭގައި އަޅާ ފުލެޓްތަކަށް ނަގާފަދަ ލޯނަކަށް ނުވާނެ. ހޮޓާ ތަރައްޤީކުރުމަށް ފެއްޓުމާއިއެކު "އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާ ފަރާތަކަށް" ބިމުގެ ކުލި ފިޔަވާ އިތުރުކުއްޔެއް ނުނަގާގޮތަށް 50 އަހަރަށް ހޮޓާ ގަންނާނެ އެތައް ބަޔަކު ތިބޭނެ. އަދި އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ސަރުކާރަށްދައްކާފައި އެއަރޕޯޓަށް %30 ޙިއްސާދޭނަމަ 99 އަހަރަށް ދިނުމަކީވެސް ރަނގަޅުގޮތެއް.