30 ޖޫން 2025 - 12:11
ވިޔަފާރިތަކުން ބީއެމްއެލް މެދުވެރިކޮށް ހިންގާ އިންޓަނޭޝަނަލް ޓްރާންސްފާ ނުވަތަ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް 30 ފަސެންޓު ޑޮލަރު ސަޕޯޓު ދޭން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ، އެ ބަދަލާ އެކު ވިޔަފާރިތަކުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ހޯދަންޖެހުމުގެ މައްސަލައަށް ލުއިތަކެއް ލިބޭނެ ކަމަށެވެ.
މީގެ ކުރިން ވެސް ބީއެމްއެލް އިން ބޮޑެތި ވިޔަފާރިތަކުގެ ޓީޓީގެ މުއާމަލާތްތަކަށް ވަކި އަދަދުތަކެއް ޑޮލަރުން ދޭން ކަނޑައަޅާފައިވެ އެވެ. އަލަށް ގެނައި ބަދަލާ އެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ޓީޓީގެ މުއާމަލާތްތައް ހިންގުމަށް ބޭނުންވާ ޑޮލަރުގެ 30 ޕަސެންޓު ބޭންކުން ފޯރުކޮށްދޭނެ އެވެ.
މީގެ ކުރިން އެފަދަ ވިޔަފާރިތަކަށް ދޫކުރަނީ ޓީޓީގެ މުއަމާލާތްތަކަށް ބޭނުންވާ 5-10 ޕަސެންޓަށްވާ އަދަދުގެ ޑޮލަރެވެ.
ބީއެމްއެލްގެ ޓީޓީ ހިދުމަތަށް އިންޓަނެޓް ބޭންކް މެދުވެރިކޮށް އެދެވޭނެ އެވެ. ބޭރުގެ ވިޔަފާރިތަކާ އެކު މުއާމަލާތްތަތައް ހިންގުމަށް ގިނަ ވިޔަފާރިތަކުން ޓީޓީގެ ހިދުމަތް ބޭނުން ކުރެ އެވެ.
ބީއެމްއެލް އިން ވިޔަފާރިތަކަށް ޓީޓީގެ މުއާމަލާތްތަކުގައި ދޭ ޑޮލަރުގެ އަދަދު އިތުރު ކުރި އިރު ބީއެމްއެލް ޑެބިޓް ކާޑުތަކުގެ ލިމިޓު ވަނީ މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިރާއްޖެ 20.05
30 June 2025
ބީއެމްއެލްގެ ޑެބިޓްކާރޑްތަކުގެ ލިމިޓް 1000 ޑޮލަރާހަމަޔަށް އިތުރު ކުރިޔަސް ތީގެ ބޭނުން ކުރެވޭވަރަށް ވުރެ ތިޑޮލަރުގެ އަގު މާބޮޑެވެ. ވިޔަފާރިވެރިންގެ ރުހުންހޯދަން އާއްމު ރައްޔިތުން "ފެލުމަކީ" ވަރަށް ބޮޑު ގޯހެއްކަން ކައުންސިލް އިންތިހާބުން ރައްޔިތުން ދައްކާނެއެވެ.
އަހަންމާ 2.0
30 June 2025
އަހަރުމެން މޮޔަ ހައްދަނީތަ؟؟ 30 ޕަސެންޓާ ހަމަޔަށް އިންނާނީ، ޓީ.ޓީ ހައްދަން ލީމަ ދޭނީ 5%. މިއީ މިހާރުވެސް ބީ.އެމް.އެލް.އިން ހަދާގޮތް. ގާތް މީހުންނަށް ބޮޑުކޮށްދީފަ، އެހެންމީހުންނަށް ސުމެއް.
އަސްލު.......
30 June 2025
ޝުކުރިއްޔާ، ބެންކު އޮފު މޯލްޑިވްސް
އައުޒަމް
30 June 2025
ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔަކަށް ވެގެން ދާނެ މީގެ ސަބަބުން.
ތޮލްހަތް މުހައްމަދު
30 June 2025
ބޮޑެތި ވިޔަފާރިތަކަށް 30% ދެންޔާ އޭގެ މާނައަކީ ބޭންކް ރޭޓުން ޑޮލަރ ލިބޭނެޔޭ. މީގެ ސަބަބުން ދެން ތަކެތީގެ އަގު ދައްވެގެން ދާނެ.
ޖައިސާމް
30 June 2025
ތާރީހުން އިނގެނީ އަގެއް ދަށެއް ނުވާނެކަން.
ސިނާހް މުހައްމަދު
30 June 2025
ޓެމޫއަކަށް ނޫން ޑޮލަރ ދޭންވީ. ބޮޑެތި އިމްޕޯޓް ކުރާ ވިޔަފާރިތަކަށް މީގެން ފައިދާ ވާންޖެހޭނީ.
އާދިލް ހަލީމް
30 June 2025
މީ ވަރަށް ބޮޑު ލުޔެއް. ޝުކުރިއްޔާ ސަރުކާރު
ޝޯމޭން
30 June 2025
އާއްމުން އަތުން ޓެމޫ އޯޑަރު ޖަހާތީ ނެގި %30 ވިޔަފާރިވެރިންނަށް. މިހެން ސުރުހީގަ ޖަހާލިނަމަ.
ެދިވެހިއެނަލިސްޓް
30 June 2025
އާންމު މީހާ މިކުރާ ކަމަކީ މާމަޔައި މަންމަގެ 'ދިވެހިރުފިޔާ ކާޑަކުން" ޑޮލަރު ގަންނަނި ހެސްކިޔާފަ. ދެން ބޭންކުގަ ހުއްނާނީ "ޝޯމޭން" އާއި އެގޭކުދިންނާއި މީސްމީހުންގެ އެކައުންޓުގަ ހުރި ޑޮލަރު، "ޝޯމޭން" އަށް އެކަން އެގޭނެ ، އެކަމަކު ލިމިޓެއްނެތި، ހައްދެއްނެތި ނުދެވެނެ ކަން ނެޭގެނެނީ ބޭންކުތަށް ހިންގާގޮތް އެހާ ރަނގަޅަށް ނޭގޭތީ ކަމަށް ގަބޫލުކުރެވެނީ....ދެން އަނެއްގޮތަކީ "ޝޯމޭން" ވަކާލާތު ކުރަންވީ މަގުމައްޗަށް މާރުނުކޮށް ބޭންކިން ނިޒާމު ތެރޭގައި މާރުކުރަން
ހަސަނިކުސް
30 June 2025
ތިޔަހެން ޕަސަންޓު ހެދީމާ ފައިދާ ވާނީ ބޮޑު ވިޔަފާރިތަކަށް ދޯ.
ސާކު
30 June 2025
ޢާ ޓެކްސް ދައްކާ ވިޔަފާރިތަކަށް ފައިދާވާނީ.
20/20 ވިޝަން
30 June 2025
ހަސަނާ ހަބަރު ކިޔާލިންތަ؟ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކޭ ލިޔެފަ އޮތީ