އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ: އެ ކުންފުނީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ވަނީ ބަދަލުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ޖުލައި 2025 - 22:25
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ނަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް މިއަދު ބަދަލުކޮށްފި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ސަރުކާރު ކުންފުނި ކަމަށްވާ އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ރައީސް ގަރާރުގައި ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލުތައް ވެސް ގެންނާނެ އެވެ.
އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ރައީސް ބަދަލު ކުރެއްވިއިރު "ވިޒިޓް މޯލްޑިވްސް"އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެ ކުންފުނިން ބޭނުންކުރާ ރަސްމީ ބްރޭންޑިންގެ ވެސް ނަމެވެ. އެ ބްރޭންޑްގެ ލޯގޯއަށް މިއަދު ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް ވެސް ގެނެސްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ ޓޫރިޒަމްގެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީ އުފެއްދީ މާޗު، 2010 ގަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެ ކުންފުނީގެ ނަން ވަރަށް ބޮޑަށް ކިލަނބުވެފައި ވާތީ، އެ ކުންފުނީގެ ނަމާއި ބްރޭންޑިން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ކުންފުނިން ވަނީ ކުރިން ވެސް ހާމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
14 July 2025
މިއީ އެހާ ރަގަޅު ނިންމުމެއްކަމުގައި ނުދެކެން. އަދި ބެލެވެނީ "ވިޒިޓް މޯލްޑިވްސް' އެ ނަން އުފެދުނު ސަބަބާ ކަންކަން އެނގޭ ބަޔަކު ނެތް ކަން. އެހެނި ވިޒްޓް މޯލްޑިްވސް އަކީ މާކެޓިންގ ކެމްޕޭނެއް. އަދި އެއީ އޭރު ވަގުތީ ގޮތުން ބޭނުން ކުރަން ހެދި އެއްޗެއް. މިހާރު އެއޮތި އައުޓްޑޭޓް ވެފަ. ޕްރޮިޑަކް މިއޮތީ މެޗުއަރ ވެފަ. ދެންވާނީވެސް މިހެން މާކެޓިންގ އާއީ ރާއްޖޭގެ ޓޫރިޒަމް ނޭންގޭ މީހެއް ތަނުގެ ވެރިއަކަށް ހުރީ.، މުޅި އުމުރު އުޅުނީ ޓީޓީ ކުޅެން.
އަބުދުލް ޤާދިރު
14 July 2025
ވަރުގަދަ ބިޔަ ޕްރޮޖެކްޓެއް އިފްތިތާހު ކޮށް ލެއްވީ.
ގަރަރު
14 July 2025
ރައީސް ޑރ.މޫއިޒުގެ ލަފާފުޅާ ފުރިހަމަ އިރުޝާދުގެ ދަށުން ސަރުކާރު މުއައްސަސާތަކުގެ ނަންބޯޑު ބަދަލުކުރުމުގެ މެގަ ބިޔަ ބޮޑެތި ޕޮރޮޖެކްޓްތަށް ހިންގަވަމުން ދާތީ ރ.މުއީޒު އަށް 2 ވަނަ ދައުރު ރައްޔިތުން ދޭންޖެހޭ ކަމާމެދު ޝައްކެއްވެސް ނެތް..
އަރައިކާއަލިމަނިކު
14 July 2025
ވަރަށް ރަގަޅު ބަދަލެއް. ވައްކަމާއި ކަރަފުސަންނުން ފޯވެފައި އޮތްތަނެއް ތިރަގަޅު. ދެން ތިތަނަކުން ކުރިކަމެއް ދެނެހުރި ކަމަކަށްވެސް ނުވާނެ. ތަނުގައި ހުރި ލިޔެކިކޔިންވެސް ޅެންފަރި ފޮތްތަކާއި ބަދަލުކޮށްލައްވާ. ތިޔަތާ އުޅުނު މިހުންގެ ނަންތައްވެސް ބަދަލު ކޮށްލާ އަހުމަދެއް ނަމަ މުހައްމަދަކަށް އަދީބެއްނަމަ ބަދީއުއަކަށް.
ގުދުގުދާބެއްޔާ
13 July 2025
ދަރާ ބަގުރޫޓް ވީމަ ކުންފުނީގެ ނަން ބަދަލުކުރަނީ! ނަންނުގަތި ދުލި ބަދަލުކުރާގޮތައް!
ޑރ ވާންޗޯ
13 July 2025
ކޮރަޕްސަންގެ ހާލި ހުދުފޮތިކޮޅަކަށް ބަދަލުކޮއްލެއްވިލެއް ފަސޭހަކަން.
އޮނަރަބްލް އަފީފު ދީދީ
13 July 2025
ދައުލަތުގެ ކުންފުނިތައް ދަރަނި ބޮލަކަށް ވުމުން ކުންފުނީގެ ނަން ބަދަލު ކޮށްލުމުން ދަރަނި ފޮހެވިގެން ދަނީތޯ؟ ކޮން އިރަކުންތޯ މޯލްޑިވިއަން ކުންފުނީގެ ނަން ބަދަލުކޮށް ތިންފަށް ކުރުން އޮތީ؟ މިހާރުވެސް ތިގޮތަށް އެއަރ މޯލްޑިވްސް ގެ ނަން ބަދަލު ކުރިގޮތަށް އެކުންފުނި ދަރަންޏާއި އެކު އޮތީ ދުމައްޓަށް ލާފައި. މިއީ މާލޭސަރުކާރުފިޔަވާ ދުނިޔޭގެ އެހެން އެއްވެސް ދައުލަތެއްގެ ސަރުކާރަކުން ކުރާކަމެއްނޫން. ސަރުކާރަކީވެސް ސްކޭމަކަށް ވެ ނިމިއްޖެ. މިއީ ދެރަވަރު ކަމެއް.