އެމްއެމްޕީއާރުސީގެ 2024 ގެ އަހަރީ އާންމު ޖަލްސާ.-- ފޮޓޯ: އެމްއެމްޕީއާރުސީ
15 ޖުލައި 2025 - 14:50
ވިދިވިދިގެން ހަތަރު އަހަރު ގެއްލުމުގައި ހިންގުމަށް ފަހު، މިހާރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަށް ރީބްރޭންޑްކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިދިޔަ އަހަރު 27 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިދާއެއް ރިޕޯޓުކޮށްފި އެވެ.
މިއަދު ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 27،490،370ރ. ފައިދާއެއް ރެކޯޑްކޮށްފައި ވާއިރު، މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ކުންފުންޏަށް ފައިދާވި ފުރަތަމަ އަހަރެވެ.
އެމްއެމްޕީއާރުސީއަށް 2023 ވަނަ އަހަރު ވީ 17،997،662 ރުފިޔާގެ ގެއްލުން، އެއް އަހަރު ދުވަހުގެ ތެރޭގައި ފައިދާއަށް އަނބުރާލެވުނީ އެ ކުންފުނިން ބުނި ގޮތުގައި، ހިންގުމަށް ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގެނައި ވަރުގަދަ އިސްލާހުތަކުގެ ތެރޭގައި ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް 10 ޕަސެންޓު ދަށްކުރުން ފާހަގަކޮށްފައިވެ އެވެ.
އަދި ދުނިޔޭގެ ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން 21 އިދާރާއިން އެންމެ ހަ އިދާރާއަށް ދަށްކޮށް، އެމްއެމްޕީއާރުސީން ވަނީ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ 2024 ގެ އަހަރީ އާންމު ޖަލްސާ.-- ފޮޓޯ: އެމްއެމްޕީއާރުސީ
މީގެއިތުރުން، ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ 80 ޕަސެންޓާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ގެންގުޅުނު އުސޫލު އަލުން އެކުލަވާލާއި، އެ އަދަދު މިހާރު ހުރީ ވަނީ 34 ޕަސެންޓަށް ތިރިކޮށްފަ އެވެ. އަދި ބޮޑެތި އިވެންޓުތަކުން އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ވަނީ ސަލާމަތްކޮށްފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ، ޑެސްޓިނޭޝަން މާކެޓިންގެ ރޮނގުން މިހާރު އަންނަނީ 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުން ކަމަށާއި، ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ އެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ކޯޕަރޭޝަނުން ފަށާފައިވާއިރު، ޖުމްލަ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ ޓޫރިޒަމްގެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީ އުފެއްދީ މާޗު، 2010 ގަ އެވެ.
އެމްއެމްޕީއާރްސީގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދީއްތަ ދުވަހު ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
15 July 2025
އަނެއްކާ ކޯންޗެއް ނުއަގުގަ ވިއްކާލާފަ ފައިދާވެއްޖޭކިޔާފަ ތިޔަ ޑަނޑޫރަ ޖަހަނީ؟.
ހުދަންބަރު
15 July 2025
ޙީވަނީ ކޮންމެވެސް ދިމާލަކުން ވިއްސަކަށް ކިލޯ ހުދަންބަރެއް ހޮވައިގެން އެވިއްކާލައިގެން ލިބުނު ފައިދާކަމަށް
ވިޒިޓް މޯލްޑައިވްސް
15 July 2025
އެހެންވީމަ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަކީ ޓުއަރިޒަމް ވިޔަފާރިވެސް ކުރާ ކުންފުންޏެއް ދޮއްތޮ؟ އަޅުގަނޑު ހީކުރަނީ ހަމައެކަނި ޓުއަރިޒަމް ޕްރޮމޯޓްކޮށް މާކެޓްކުރާ ތަނެއްކަމަށް.
މިސްޓަރ ވާން
15 July 2025
ތީ ދައްކާ ދަޅައެއް
ބަބްސް
15 July 2025
މިއީ ކޮންވިޔަފާރިއެއް ކުރާ ކުންފުންޏެއްތޯ .. ހިއްސާ ވިއްކާތޯ ؟؟
އެނަލިސްޓު
15 July 2025
އެމްއެމްޕީއާރްސީ އަށް ފައިދާ ވުމަކީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ލިބޭނެ ލުޔެއް. އެތަނުގަ މަސައްކަތްކުރާ މުވައްޒަފުންނަށް ފައިދާ ބަހާ ގޮތަށްބާ އޮންނަނީ. ނޫނީ ފައިދާއަށް ދެން ވާނީ ކިހިނެއްބާ
އޮނަރަބްލް އަފީފު ދީދީ
15 July 2025
ތިއީ އުވާލަން ޖެހޭތަނެއް. ދައުލަތުގެ ޙަޒާނާއިން ޙަރަދު ކޮށްގެން ރާއްޖޭގެ އެންމެ ބިޑެތި ސައުދާޤަރުންގެ ވިޔަފާރި އިސްތިހާރު ކުރަން ޙަރަދު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން. ތިޔަ ރިސޯޓް އޯނަރުންނަކީ ހަމަ އާއި އިންސާފުގެ ބޭރުން އަދުލުވެރިކަމެއްނެތް (ދެފަރާތުގެ ޙައްޤު އެއްވަރަކަށް ހިމާޔަތް ނުކުރެވޭ އެއްބަސް ވުން ތަކަކީ އަދުލުވެރި އެއްބަސް ވުންތަކެއް ނޫން) އެއްބަސް ވުން ތަކެއްގެ ދަށުން ރާއްޖޭގެ ފަޅު ރަޢްތައް 99 އަހަރަށް ބަނޑު އަޅައިގެން ތިބި ބައެއް.
އޮނަރަބްލް އަފީފު ދީދީ
15 July 2025
ދަހިވެތި ސައުދާޤަރުންގެ ނުފޫޒާއި ބާރުގެ ސަބަބުން ދައުލަތުން ޙަރަދުކޮށްގެން އިސްތިހާރު ކުރާ ސައުދާޤަރުންގެ ރިސޯޓް ތަކުގައި ދައުލަތުގެ ޤާނޫނު ތަކާއި ޤަވާއިދު ވެސް ތަންފީޒު ކުރެވޭނެ ގޮތެއްނެތް. ލޭބާރ ޤާނޫނާއި ޤަވާއިދާއި ޙިލާފަށް ބިދޭސިން ގެންގުޅުމާއި، މުވައްޒިފުންގެ މުސާރަ މަހުން މަހަށް ނުދިނުމާއި، ޤާނޫނާއި އެއްގޮތަށް ނަގާ ސޭވިސްޗާޖް ބެހުން ފަދަ ކަންކަމާއި އަދި މާލޭ ކަޅުބާޒާރަށް ޑޮލަރު ނެރުން ފަދަ އެތައްކަމެއް ނުބެލެނީ އެމީހުންގެ ނުފޫޒު ގަދަ ކަމުން.
އޮނަރަބްލް އަފީފު ދީދީ
15 July 2025
އެހެން ކަމުން ޓްއަރިޒަމް ޤާނޫނަށް އިސްލާޙް ގެނެސް ޓްއަރިޒަމް މިނިސްޓްރީ އަކީ މަތީގައި ދެންނެވު ކަންކަން ބަލާ ތަންފީޒު ކުރާ ބައެއް ނޫން ކަމަށް ހެދުމަށް ފަހު އެކަންކަމުގެ ޒިންމާ ގުޅުންހުރި އެހެން މިނިސްޓްރީ ތަކާއި ޙަވާލު ކުރުމަށްފަހު ޓްއަރިޒަމް މިނިސްޓްރީގެ ހުއްދަނެތި މީރާ، ކަސްޓަމްސް، އިމިޤްރޭޝަން، އީޕީއޭ އަދި އެޗްޕީއޭ ފަދަ ދައުލަތުގެ މުއްސަސާތަކަށް އެމީހުނާއި ގުޅުން ހުރި މައްސަލަތަށް ބަލަން ރިސޯޓަށް އެރޭގޮތަށް ޤާނޫނުތައް އިސްލާޙް ކުރޭ.
އޮނަރަބްލް އަފީފު ދީދީ
15 July 2025
ޓްއަރިޒަމް މިނިސްޓްރީގެ ފަރާތުން މިހާރު ކުރަމުންދާ ވުޒާރާ އާއި ގުޅުންނެތް އިތުރު މަސައްކަތްތައް (ރާއްޖޭގެ ފަޅު ރަށްތައް ކުއްޔަށް ދިނުމާއި، މަހުޖަނުންގެ ވިޔަފާރި އިސްތިހާރު ކުރުން) ހުއްޓާލާފައި ޓްއަރިޒަމް މިނިސްޓްރީ އަކީ ރެގިއުލޭޓަރީ ބޮޑީއެއް ކަމަށް ޤާނޫނުން ކަޑައަޅާ އެތައް ޒަމާނެއްވަންދެން ވުޒާރާގެ ތެރޭގައި ރަސްކަން ކުރަމުން އަންނަ ވައްކަމާއި ޙިޔާނާތަށް ތަނުން ފުރުސަތު ނުލިބޭގޮތަށް ޤާނޫނު ތަކަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް.