ވިޔަފާރި / ބޭފެންސީ

ބޭފެންސީގެ ލޮބީ: ހިތްގައިމުވެފައި އެތައް ހިދުމަތެއް ލިބޭނެ

16 އޯގަސްޓް 2025 - 08:50

ލަގްޒަރީ އެޕާޓްމަންޓެއްގައި ދިރިއުޅޭ އިރު, އިމާރާތުގެ އެކި ކަންތައްތަކާ ގުޅޭ ހިދުމަތްތައް ހޯދަން ދާން ޖެހޭނެ އެއް ތަނަކީ ތަނުގެ ލޮބީ އެވެ. މިއީ ދިރިއުޅޭ އެޕާޓްމަންޓަށް ވަނުމުގެ ކުރިން ނުވަތަ އެޕާޓްމަންޓުން ނުކުމެ ތަނަކަށް ދިއުމުގެ ކުރިން ވެސް އިމާރާތުގައި މަޑުކޮށްލަން ހުންނާނެ ސަރަހައްދެވެ. ލޮބީ އަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ދެވަނަ "ސިޓިން ރޫމޭ" ވެސް ބުނެވިދާނެ އެވެ. މިފަދަ ތަނަކީ ހިތަށް ހަމަޖެހުން ގެނުވައިދޭނެ, ހިތްގައިމު ތަނަކަށްވުން މުހިންމު ވަނީ މިހެންވެ އެވެ.

ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް, ބޭފެންސީ ރެޒިޑެންސުގެ ލޮބީގެ ޑިޒައިނަކީ މިކަންތައްތަކަށް ވިސްނައި ބެލުމަށް ފަހު, ތައްޔާރުކޮށްފައިވާ ޑިޒައިނެކެވެ. މިހާރުގެ ކުރެހުންތަކުން ފެންނަ މޮޑާން މިނިމަލިޒަމް ޑިޒައިނުގައި މި ލޮބީ ފަރުމާކޮށްފައި ވަނީ ގުދުރަތީ ރީތިކަން ތަނުގެ ޑިޒައިނާ ގުޅުވާލައިގެންނެވެ. މިތަން ފަރުމާކުރުމަށް ހަމަޖެހިފައި ވަނީ ގުދުރަތީ ރީތިކަމުން ހިތަށް ހަމަޖެހުން ގެނުވައިދޭ އެކި ކުލަތައް ހިމަނައިގެންނެވެ. އަދި ތަނުގެ މުއްސަނދިކަން އިތުރުކޮށްދޭނެ ފަދައިން ލައިޓިން އާއި ސީލިން ވެސް ޑިޒައިންކޮށްގެންނެވެ.

ލޮބީ އޭރިއާ ޕްލޭނިންގައި އިސްކަން ދިނީ ހިތްގައިމުކަމާ އެކު ބޭނުން ކުރެވޭނެ ތަނަކަށް ހެދުމަށް

މި ތަނުގެ ލޮބީ އޭރިއާ ޑިޒައިންކުރުމުގައި މައިގަނޑު ތިން ކަމަށް އިސްކަން ދިނެވެ. އެއީ ކޮންސިއާޖް ރިސެޕްޝަނެއް ހެދުމާއި އީކޮލޮޖިކަލް ލޭންޑްސްކޭޕެއް ހިމެނުމާއި އަރާމުކޮށްލަން ވެސް މަޑުކޮށްލެވޭނެ ފަދަ ތަނަކަށް ހެދުމެވެ. އެގޮތުން މިތަނަކީ ހާސްކަން ކުޑަ ތަނަކަށް ހެދުމަށް ލޮބީ އޭރިއާގައި ހަ މީޓަރުގެ އުސް ސީލިންގެއް ހެދުމަށް ވަނީ ޑިޒައިންކޮށްފަ އެވެ.

މި ތަނުގެ އެންމެ ތަފާތު ކަމަކަށް ހިމެނޭނީ ގަސްގަހާގެހިން ފުރާލާފައިވާ ވާޓިކަލް އިންޑޯ ގާޑަން ހިމެނޭ ފާރެވެ. މި ފާރުގައި ހިމެނޭ އެކި ގަސްގަހާގެހީގެ ފަހަތުން ފަރުބަދަތަކެއް ސިފަވާ ގޮތަށް ލަކުޑީގެ ޕެނަލްތަކެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ފަރުބަދަމަތިން ފެންނާނެ ފަދަ ގުދުރަތީ މަންޒަރު ރަމްޒުކޮށްދޭ ފަދަ ކޮންސެޕްޓަކަށް ފަރުމާކުރަން ހަމަޖެހިފައިވާ ފާރެކެވެ.

ތަނުގައި ބޭނުން ކުރާ ކުލަ, ލައިޓިން އަދި މެޓީރިއަލް ވެސް ހިތްގައިމުކަން ގެނުވައިދޭނެ

މި ލޮބީގެ ލައިޓިން ހެދުމުގައި ބޭނުންކުރާނީ ގުދުރަތީ އަލި ނަކަލުވާ ފަދަ ވޯމް ނެޗުރަލް ލައިޓިންއެކެވެ. މި ތަނުގައި ހުންނަ ވާޓިކަލް ގާޑަންއާ ދިމާލުން އަރޯރާ ލައިޓްތަކެއް ބޭނުން ކުރުމަށް ހަމަޖެހިފައި ވާއިރު, މި ތަނަކުގެ ލައިޓުތައް ސްމާޓް ކޮންޓްރޯލް ސިސްޓަމުން ދުވަހުގެ އެކި ވަގުތުތަކާއި ގުޅޭ ގޮތަށް ބަދަލުވާނެ އެވެ. އެގޮތުން ފަތިހާއި އިރުއޮއްސޭ ވަގުތު ފަދަ ގަޑިތަކުގައި މިތަނުގައި ވެސް ހުންނާނީ އެފަދަ އައްޔެކެވެ.

ގުދުރަތީ އަލިކަމާ ގުޅުވައި ތަނުގެ ލައިޓިން ހެދުމަށް ހަމަޖެހިފައިވާއިރު, މި ތަނުގައި ބޭނުންކުރާނީ ވެސް ގުދުރަތީ މާހައުލުން ފެންނަން ހުންނަ އެކި ކުލަތަކެވެ. އެގޮތުން ފާރުގައި ހުންނަ މަޑު ބެއިޖް ކުލަ އަކީ ތަނަށް ވަނުމަށް ދައުވަތު ދޭނެ ފަދަ "ވޯމް" ހިތްގައިމު ކުލައެކެވެ. އަދި މި ތަނުގެ ސޯފާގައި ހުންނަ މިއުޓަޑް ގްރޭ އާއިގަދަ މުށިކުލަ އަކީ ތަނުގައި ހުންނަ ވާޓިކަލް ގާޑަންގެ އެކި ގަސްތަކުގެ ފެހިކަމާ ގުޅޭނެ ކުލަތަކެކެވެ. މިތަނުގެ ކަލާޕެލެޓް ހިޔާރުކޮށްފައި ވަނީ ވެސް, މާހައުލުން ހިތަށް ފިނިކަން ގެނެސްދޭނެ ގުދުރަތީ ރީތިކަމުގެ އެކި ކުލަތައް ހިމަނައިގެންނެވެ.

ހިދުމަތްތައް ފުރިހަމަވެފައި ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް

މިތަނުގެ ރެޒިޑެންޝަލް އޭރިއާ ޑިޒައިންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ތަނުގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަކޮށްދިނުމަށް އެކި ވަސީލަތްތައް ވަނީ ހިމަނާފަ އެވެ. މިތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކާރު ޕާކިން ހަދާފައިވާ ބޭސްމަންޓަށް ވަދެވޭނެ ވަކި އެންޓްރެންސެއް ހުންނާނެ އެވެ. އަދި މިތަނުގެ ލިފްޓުތައް ބޭނުން ކުރެވޭނީ ހަމައެކަނި އެތަނުގައި ދިރިއުޅޭ މީހުންނަށެވެ. މި އިމާރާތަށް އަންނަ މީހުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށާއި އެ މީހުން ރަޖިސްޓްރީކުރުމަށް ލޮބީ ސަރަހައްދުގައި ހާއްސަ ޕްރޮޕަޓީ ސާވިސް ކައުންޓަރެއް ހުންނާނެ އެވެ. މި ކައުންޓަރަކީ އެތަނަށް އަންނަ ވިޒިޓަރުން ދެނެގަތުމަށް ހާއްސަ "ޗެކްޕޮއިންޓެއް"ގެ ގޮތުގައި ގާއިމުކުރަން ހަމަޖެހިފައިވާ ތަނެކެވެ.

ތަނުގެ ގޭޓުން ފެށިގެން ވެސް މުޅި އިމާރާތް "ސްމާޓު" ވާނެ

ބޭފެންސީ ރެޒިޑެންސް މުޅި އިމާރާތަކީ އެންމެ ފަހުގެ ސްމާޓް ބިލްޑިން ސިސްޓަމަކުން އޮޕަރޭޓުކުރާނެ ތަނެކެވެ. މިތަނުގެ ދެ ޓަވަރަށް ވަދެވެން ހުންނާނީ ސްމާޓް އެކްސެސް ގޭޓެވެ. ތަނުގައި ދިރިއުޅޭ ފަރާޔްޔަލަށް ލިފްޓު ސަރަހައްދަށް ވަނުމަށް ފޭޝަލް ރިކޮގްނިޝަން އާއި އެކްސެސް ކާޑު ފަދަ އާއްމުންނާ ރައްޓެހި ޔޫޒާ ފްރެންޑްލީ އެކި މެތަޑްތައް ބޭނުން ކުރާނެ އެވެ.

މި ތަނުގެ ސްމާޓް ގޭޓުން ތަނުގައި ދިރިއުޅޭ މީހަކު ވަނުމުން, ސިސްޓަމުން އެ މީހަކު ދެނެގަނެ, އޭނާއަށް ހާއްސަކޮށްފައިވާ މައުލޫމާތަށް ބަލާ އިތުރު ފިތަކަށް ފިއްތަން ނުޖެހި, އެ މީހަކު ދިރިއުޅޭ ފްލޯއަކަށް ގެންގޮސް ދޭނެ އެވެ.

ބޭފެންސީ ރެޒިޑެންސްގެ ލޮބީ އަކީ ގުދުރަތީ ހިތްގައިމުކަމާއި މޮޑާން މިނިމަލިޒަމް ގުޅުވައިދޭ ޑިޒައިނެކެވެ. މި ތަނުގެ ގްރޭންޑް އާކިޓެކްޗާއިން ފެށިގެން, ތަނުގައި ބޭނުން ކޮށްފައިވާ ހިތްގައިމު މަޑު ލައިޓިން އާއި ކުލަތަކާއި ބޭނުން ކޮށްފައިވާ މެޓީރިއަލްއިން ވެސް ތަނުގެ މުއްސަނދިކަން ހާމަކޮށްދޭނެ އެވެ. އަދި މިތަނަކީ ބަލާލަން ރީތިތަނެއްގެ އިތުރުން އެންމެ ފަހު, ޒަމާނީ ވަސީލަތްތަކުގެ އެހީގައި ސްމާޓު އިމާރާތެކެވެ. މިތަނުގެ ޑިޒައިނުން ފެށިގެން ލިބެން ހުރި އެންމެ ކުޑަ ހިދުމަތްތަކަކީ ވެސް ހިތްގައިމު, ހިތްފަސޭހަ ދިރިއުޅުމެއް ބިނާ ކުރުމަށް ބޭނުންވާނެ ކަންތައްތަކެވެ.

ނޯޓު: މިއީ ބޭފެންސީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454