ފިލްމީ ތަރި ޓެޒް ސްކައިލާ ވަނީ ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށް އައްޔަނުކޮށްފައި. --ފޮޓޯ: ވިސްޓް މޯލްޑިވްސް
20 އޯގަސްޓް 2025 - 14:47
ނެޓްފިލްކްސްގެ އެންމެ ކާމިޔާބު ޝޯގެ ރެކޯޑް މުގުރާލާފައިވާ "ވަން ޕީސް" ސީރީޒްގެ ތަރި ޓެޒް ސްކައިލާ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި އައްޔަންކޮށްފި އެވެ.
ސްޓްރޯ ހެޓް ޕައިރޭޓްސްގެ ފަންނުވެރި ކައްކާ ސަންޖީގެ ދައުރު އަދާކުރާ ސްކައިލާ، އޭނާގެ އެމްބެސެޑާޝިޕްގެ ތެރޭގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ހާއްސަކޮށް އެޑްވެންޗާ ޓޫރިޒަމްގެ ފުރުސަތުތައް ޕްރްމޯޓްކުރުމުގައި ހަރަކާތްތެރިވާނެކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުންޏެވެ.
އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބޭއިރު، މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަގުވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަތައް ގެންގޮސްދިނުމުގެ ފުރުސަތު ލިބޭނެކަމަށް ވީއެމްސީން ބުންޏެވެ.
ވީއެމްސީން ބުނީ، 27 އޯގަސްޓު އިން 15 ސެޕްޓެމްބަރުގެ ނިޔަލަށް ސްކައިލާ ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށާއި، އެ ދަތުރުގައި ރާއްޖޭގެ މަޖާ ކަންތައްތަކާއި ކެއުމުގެ ދާއިރާ ދުނިޔެއަށް ދައްކުވައިދިނުމުގެ ހަރަކާތްތަކެއްގައި ބައިވެރިވާނެ ކަމަށެވެ.
ނެޓްފްލިކްސްގެ "ވަން ޕީސް" ވަނީ މި ސްޓްރީމިން ޕްލެޓްފޯމް ކުރިން ނުދެކޭފަދަ ކާމިޔާބީއެއް ހޯދާފަ އެވެ. މި ސީރީޒް ނެރުމާއެކު، 84 ގައުމެއްގައި އެންމެ ގިނައިން ބަލާ ޝޯ އަށްވެ، އޭގެ ކުރިން "ވެންސްޑޭ" އަދި "ސްޓްރޭންޖާ ތިންގްސް" އިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްކޮބެ
20 August 2025
މީ ކާކު ދަންނަ މީހެއް......
އަހްމަދުު
20 August 2025
ކޮބާ ކެޓްރީނާ ކައިފް ގެ ހަބަރަކީ. މިހާތަނަށް އޭނަ އެމްބެސެެޑަރެއްގެ ހައިސިއްޔަތުން ކުރީ ކޮން ކަމެއްބާ.. ހަމަ އަހާލީ އެއްވެސް ހަބަރެއް ނުވާތީ.
މަބުނީ
20 August 2025
ފީއަކީ ކިހާވަރެއް؟
2025
20 August 2025
ކަލޯ ޑޮލަރ 20 އެރިއިރުވެސް މިކަހަލަ ބޭކާރު ޚަރަދު.... ބޮއިހަލަކި
ފަހުދުއިބްރާ
20 August 2025
ކޮބާ ކޭޓްރީނާ އަށް ދިން ލާރިގަނޑު. ލާރި ގިނަވެގެން ތަ މި އުޅެނީ ހަފްތާއަކު އެމްބަޑިސަރެއް ބޮޑެތި ބޮޑެތި އަގުދީފާ ތި ނަގަނީ.