08 ސެޕްޓެމްބަރ 2025 - 11:08
ގައުމީ އެއާލައިން، މޯލްޑިވިއަންއިން އަންނަ ޑިސެމްބަރު މަހުގެ ސްކޫލް ބަންދާ ދިމާކޮށް މެލޭޝިއާގެ ކުއަލަލަމްޕޫރާއި ތައިލެންޑުގެ ބެންކޮކަށް ހާއްސަ ފްލައިޓްތަކެއް ބާއްވަން ނިންމައި، ބުކިންއަށް ހުޅުވާލައިފި އެވެ.
ކުއަލަލަމްޕޫރާއި ބެންކޮކަކީ ދިިވެހިން ޗުއްޓީ ހޭދަކުރަން ދާ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި ހިމެނޭ ދެ މަންޒިލެވެ. އެ ދެ މަންޒިލަށް މޯލްޑިވިއަންއިން ދަތުރުތައް ފަށަން ނިންމީ ޗުއްޓީ ބަންދުގައި އެ މަންޒިލުތަކަށް ދަތުރުކުރުމަށް އޮންނަ ޑިމާންޑު ބޮޑުވަމުން ދާތީ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަންއިން ބުނީ އެ ދެ މަންޒިލަށް އޮތް ޑިމާންޑަށް ބަލައި، ޑިސެމްބަރު ބަންދުގައި ޖުމްލަ ހަތަރު ދަތުރު މި ދެ މަންޒިލަށް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މޯލްޑިވިއަންއިން ކުއަލަލަމްޕޫރަށް ކުރާ ދަތުރުތަކުގެ ރިޓާން ފެއާ ފަށާ އަގަކީ 355 ޑޮލަރެވެ. އަދި ބެންކޮކް ދަތުރުތަކުގެ އަގުތައް ފެށެނީ 399 ޑޮލަރުންނެވެ. ކުއަލަލަމްޕޫރަށް ފްލައިޓްތައް އޮންނާނީ ޑިސެމްބަރު 21 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ އާދިއްތަ ދުވަހަކު އެވެ. އަދި ބެންކޮކަށް ފްލައިޓްތައް އޮންނާނީ 23 ޑިސެމްބަރުން ފެށިގެން ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ އަންގާރަ ދުވަހަކު އެވެ. އެ ހުރިހާ ފެއާ އަކަށް ވެސް 25ކިލޯގެ ބެގެޖް އެލަވެންސް ލިބޭނެ އެވެ.
މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕް އަދި މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 September 2025
އައްޑޫ GAN international Airport އާއި ކ.މާލޭ އެއަރޕޯޓާއި ދެމެދު ހުރި ދުރުމިނަށްވުރެން 12 ގުނަ ދުރުގައިއޮތް ޗައިނާގެ ބީޖިންގްއަށް ކ.މާލޭމީހާ މަޖާކޮށްލާ ޗުއްޓީހަދާލަން ދަތުރުކުރާ އަގަށްވުރެން ނިސްބަތުން އެތައް ގުނައެއް ބޮޑުއަގުގައި އައްޑޫމީހާއަށް މޯލްޑިވިއަންގައި އައްޑުއަށް ދެވެނީ. މާލެ ބީޖިންގ ޓިކެޓް 466 ޑޮލަރަށް ވިއްކާއިރު ކ.މާލެއިން އައްޑުއަށް ދަތުރުކުރާ ބިދޭސިންނަށް މޯލްޑިވިއަނުން ޓީކެޓްވިއްކަނީ 500 ޑޮލަރަށް. ފައިސާ ބަލައިގަންނަނީވެސް ޑޮލަރުން.
އޮނަރަބްލް އަފީފު ދީދީ
08 September 2025
ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާއަށްދާ އިންޑިޔާގެ އެތައް މަންޒިލަކަށް ގެއްލުމުގައި މޯލްޑިވިއަން ކޮންމެ ދުވަހަކުނމާލެއިން ޝެޑިއުލް ދަތުރު ބާއްވާއިރު ހަނިމާދޫ އިންވެސް ފަހުތާއަކު އިންޑިޔާގެ 2 މަންޒިލަކަށް ދަތުރު ކުރެވޭ. އެހެން ނަމަވެސް ކ.މާލެއާއި އައްޑުއާއި ދޭތެރޭ ކޮންމެ ދުވަހަކު
އޮނަރަބްލް އަފީފު ދީދީ
08 September 2025
މޯލްޑިވިއަންގެ ކަންތައް މިހެންހުރިއިރު ދާދިފަހުން ޤާނޫނަށް ބަދަލުގެނެސް އައްޑޫ އެއަރޕޯޓުން ބޭރަށް ފުރާމީހާގެ އަތުން އިކޮނޮމީ ކްލާސް ނަމަ 50 ޑޮލަރު، ބިޒްނަސް ކްލާހުން ދިވެހިންނާއި ބިދޭސީންގެއަތުން 120 ޑޮލަރު އަދި ފަސްޓް ކްލާސް ނަމަ 240 ޑޮލަރު ނަގާ، ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުންގެއަތުން 480 ޑޮލަރުގެ ފީއެއްނަގަން ކަޑައަޅާ 25 ބިލިޔަން ޑޮލަރު ޙަރަދުކޮށްފައޮތް ކ.މާލޭ އެއަރޕޯޓާއި އެއްވަރުގެއަގެއް އައްޑޫ އެއަރޕޯޓުންވެސް ނަގަން ވަނީ ކަޑައަޅާފަ.
އޮނަރަބްލް އަފީފު ދީދީ
08 September 2025
އައްޑޫރައްޔިތުން ރަށުބަންދުން ވީއްލާދިނުމަށާއި، ދުނިޔެއާއި އައްޑޫގުޅާލަން ޤައުމީ އެއަރލައިން ހިންގަން ޙަވާލުވެތިއްބެވި ބޭފުޅުންނާއި، މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބިމީހުން މިފަދަ ނޭއްގާނިގޮތަކަށް ވިސްނުން ބަހައްޓާނަމަ GAN International Airport ގައި ވަކިބައެއްގެ މަސްލަހަތަށްޓަކާ އަޅުވާފައިވާ "މަރުތަޅު ކަޑާލުމަށް" ފުވައްމުލަކާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން އިންޑިޔާ އިން އައްޑުއަށް IndiGo ގެ ޝެޑިއުލް ދަތުރު ހަމަޖެހޭތޯ ބައްލަވާ.
ހަސަނޭެ
08 September 2025
އެއަރ އޭޝިޔާގަ، ކިލޯ ގަނެގެންވެސް މާ ޗީޕު.