އައިފޯނު 17 ސީރީސް މިރޭ މޫލީ މެދުވެރިކޮށް ޕްރީ އޯޑަރަށް ހުޅުވާލާނެ. --ފޮޓޯ: އުރީދޫ
18 ސެޕްޓެމްބަރ 2025 - 21:56
އެފަލްއިން އެންމެ ފަހުން ނެރުނު އައިފޯނު 17 ސީރީޒްގެ ފޯނުތައް އުރީދޫ މެދުވެރިކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިރޭ އެ ފުރުސަތު ހުޅުވާލާނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.
އުރީދޫ އިން ބުނީ ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާނީ މިރޭ ދަންވަރު 12:01 ގައި ކަމަށެވެ.
މިގޮތުން، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލާނީ މޫލީ މެދުވެރިކޮށެވެ.
އަދި އައިފޯނުތައް ކަސްޓަމަރުންނަށް ލިބެން ފަށާނީ 26 ސެޕްޓެމްބަރުން ފެށިގެން ކަމަށް ވެސް އުރީދޫއިން ބުންޏެވެ.
އެޕަލްގެ އެންމެ ތުނި އަދި އެންމެ ވަރުގަދަ ފޯނުކަމަށްވާ، އައިފޯން 17 ނެރުނީ ޑިޒައިނަށް ބަދަލެއް ނުގެނެހެވެ. އެކަމަކު މިފަހަރު ހުރީ ތަފާތު ކުލަތަކެކެވެ. އަދި މެއިން ކެމެރާގައި 48 މެގަޕިކްސެލް އަދި 12 މެގަޕިކްސެލްގެ، 2 ގުނަ ޒޫމްކުރެވޭ ޓެލެފޮޓޯ ކެމެރާއެއް ހިމެނެ އެވެ. ކެމެރާގައި މުޅިން އަލަށް އެތައް ފީޗާއެއް ވަނީ ހިމަނައިފަ އެވެ.
އުރީދޫ އަކީ އަލަށް ނެރޭ އެކި ބްރޭންޑުތަކުގެ ފޯނުތައް ދިވެހިންނާ ހަމައަށް ގެނެސްދޭ ކުންފުންޏެކެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހިންނާ ހަމައަށް ގެނެސް ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
19 September 2025
އިޒްރޭލް އިން އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން ފަލަސްތީން އަށް ހަމަލާ ދޭ ހާ ދުވަހަކު އެމެރިކާގެ އައިފޯން އެއް ގަތުމުގެ ބޭނުމެއް ނެތެވެ.
އަންޔަސް
19 September 2025
އެމެރިކާގެ އޮޕަރޭޓިން ސިސްޓަމް ހުރިހާ ފޯނެއްގަވެސް ހުންނާނީ
ރަދީފްއޮފިޝަލް / ބަންޑާރާ
18 September 2025
ނުކައި ނުބޮއި ، ކުލި ނުދައްކާ ތިބެ ވެސް މި ފޯނު ހޯދަން އޮންލައިން ކިއު ދަމާލާނެ ދިވެހީން ތިބޭނެ.
ބޒބސބ
18 September 2025
ހޭލާތިބޭވަރު އެއްޗެެްްބާ؟