އެޕަލްއިން މިރޭ ތައާރަފްކުރި އެޕަލް އެއާ އައިފޯން
09 ސެޕްޓެމްބަރ 2025 - 23:31
އެޕަލް އިން މިހާތަނަށް އުފެއްދި އެންމެ ތުނި ފޯނާއި އެންމެ ވަރުގަދަ ފޯނާ އެކު އެ ކުންފުނީގެ އާ ބައެއް އުފެއްދުންތައް ތައާރަފްކޮށްފި އެވެ. އައިފޯންގެ ހަތަރު މޮޑެލްއެއްގެ އިތުރުން އެއާޕޮޑްސް ޕްރޯ 3 އާއި އެޕަލް ވޮޗް ސީރީޒް 11 އަދި އަލްޓްރާ 3 ވެސް ތައާރަފްކުރި އެވެ.
އައިފޯން 17 ނެރުނީ ޑިޒައިނަށް ބަދަލެއް ނުގެނެހެވެ. އެކަމަކު މިފަހަރު ހުރީ ތަފާތު ކުލަތަކެކެވެ. އަދި މެއިން ކެމެރާގައި 48 މެގަޕިކްސެލް އަދި 12 މެގަޕިކްސެލްގެ، 2 ގުނަ ޒޫމްކުރެވޭ ޓެލެފޮޓޯ ކެމެރާއެއް ހިމެނެ އެވެ. ކެމެރާގައި މުޅިން އަލަށް އެތައް ފީޗާއެއް ވަނީ ހިމަނައިފަ އެވެ.
މި ފޯނުގެ ފެށޭ އަގަކީ 799 ޑޮލަރެވެ.
އައިފޯން 17
މިއީ އެޕަލް އިން މިހާތަނަށް ހެދި އެންމެ ތުނި ފޯނެވެ. ބޯމިނުގައި ހުންނަނީ 5.6 މިލިމީޓަރެވެ. ފޯނުގެ ދެ ފަރާތަށް ވެސް ސެރަމިކް ޝީލްޑް ލައްވައި އާދަޔާ ހިލާފަށް ފޯނު ވަނީ ވަރުގަދަކޮށްފަ އެވެ. މި ފޯނު މީގެ ކުރީގެ އެއްވެސް ފޯނަކަށް ވުރެ ވަރުގަދަވާނެ ކަމަށް އެޕަލް އިން ބުންޏެވެ.
މިއީ މިހާތަނަށް އެޕަލް އިން ހެދި އެންމެ އެނާޖީ އެފިޝެންޓް ފޯނަށް ވާއިރު އެއް ދުވަސް ވަންދެން ބެޓެރީ ހިފަހައްޓާނެ އެވެ. މީގައި ހިމަނާފައި ވަނީ އެޕަލްގެ އާ ޗިޕެއް ކަމަށްވާ އެން1 އެވެ.
އެޕަލް އެއާ
މި ފޯނުގައި ފްރަންޓް ކެމެރާ އާއި ބެކް ކެމަރާއިން އެއްފަހަރާ ވީޑިއޯ ރެކޯޑްކުރެވޭނެ އެވެ.
އީސިމް ނޫނީ ބޭނުމެއް ނުކުރެވޭ މި ފޯނުގެ ފެށޭ އަގަކީ 999 ޑޮލަރެވެ.
މިއީ މިހާތަނަށް އެންމެ ބޮޑު ބެޓެރީއާ އެކު ހެދި އައިފޯނެވެ. އަދި އެންމެ ބާރުގަދަ އައިފޯނެވެ. މީގެ ތިން ކެމެރާއަކީ 48 މެގަޕިކްސެލްގެ ކެމެރާ އެވެ. މިއީ މިހާތަނަށް އޮޕްޓިކަލް ޒޫމް އެންމެ ވަރުގަދަ ފޯނު ކެމެރާ އެވެ. އަދި ކުރީގެ ފޯނުތަކަށް ވުރެ އެތައް ގުނައެއް ވަނީ ވަރުގަދަ ވެސް ކޮށްފަ އެވެ.
ހުރިހާ ގޮތަކުން ވެސް ވަރުގަދަ މި ފޯނުގެ ފެށޭ އަގަކީ 1،099 ޑޮލަރެވެ.
ވީޑިއޯގެ ފެންވަރު ވެސް އިތުރަށް ވަނީ މި މޮޑެލްގައި ވަރުގަދަކޮށްފަ އެވެ. މިރޭގެ އެޕަލް އިވެންޓު ވީޑިއޯކޮށްފައިވަނީ ވެސް އައިފޯން 17 ޕްރޯއިންނެވެ.
އައިފޯން 17 ޕްރޯ
އައިފޯން 17 ޕްރޯގެ އިތުރުން ބޮޑެތި ސައިޒު ކަމަށްވާ ޕްރޯ މެކްސް ވެސް މިރޭ ތައާރަފްކުރި އެވެ.
މި ހުރިހާ ފޯނެއް ވެސް ފެށެނީ 256 ޖީބީންނެވެ.
އެޕަލް އިން މިރޭ ތައާރަފްކުރި ފޯނުތަކާއި އޭގެ އަގުތައް
މި ހުރިހާ ފޯނަކަށް ވެސް ހުކުރު ދުވަހުން ފެށިފެން ޕްރީއޯޑާކުރެވޭނެ އެވެ. އަދި މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ލިބޭނެ އެވެ.
އެޕަލް ވޮޗަށް ގެނައި ތަރައްގީގައި ހައިޕަޓެންޝަން ނުވަތަ ލޭމައްޗަށް ދިއުމުގެ އަލާމާތްތައް ދެނެގަ އެވެ. މި މަހު ވެސް މި ފީޗާ 150 ގައުމަކަށް ލިބޭނެ އެވެ. އެޕަލް ވޮޗް ސީރީޒް 11 ގައި ގަޑީގެ ބެޓެރީ 24 ގަޑިއިރު ހުންނާނެ އެވެ. މީގެ އިތުރުން ސްލީޕް ސްކޯ ވަނީ ހިމަނައިފަ އެވެ.
ކޫރު އެޅުން ދެ ގުނަ ކުޑަވާނެ އެވެ. މީގައި ސެލިއުލާ 5ޖީ ވަނީ ހިމަނައިފަ އެވެ.
އެޕަލް ވޮޗް ސީރީޒް 11
އަލްޓްރާ 3 ވެސް ވަނީ ސްކްރީން ސައިޒު ބޮޑުކުރުމާ އެކު އިތުރު ފީޗާތައް ހިމަނައި ވަރުގަދަކޮށްފަ އެވެ. އަދި ބެޓެރީ ވެސް 42 ގަޑިއިރު ވަންދެން ހުންނާނެ އެވެ. އަދި ސެޓެލައިޓް ކަނެކްޓިވިޓީ ވެސް މި ފީޗާ ލިބޭ ގައުމުތަކުގައި ލިބޭނެ އެވެ.
އަލްޓްރާ 3
އެޕަލް ވޮޗް އެސްއީ 3 249 ޑޮލަރަށް އަދި ސީރީޒް 11 399 ޑޮލަރަށް އަދި އަލްޓްރާ 3، 799 ޑޮލަރަށް ލިބޭނެ އެވެ.
އެއާޕޮޑްސް ޕްރޯ 3 ގައި ނޮއިސް ކެންސަލޭޝަން އެންމެ ފަހުގެ އެއާޕޮޑަށްވުރެ ދެ ގުނަ އިތުރެވެ. މީގެ އެންމެ ހާއްސަކަމަކީ އެއާޕޮޑުން ވަގުތުން ތަރުޖަމާކޮށްދިނުމެވެ. ލައިވް ޓްރާންސްލޭޝަންގައި އެހެން މީހަކު އެހެން ބަހަކުން ވާހަކަދައްކާއިރު އެއާޕޮޑުން އަންނާނީ ތަރުޖަމާ އެވެ. އަދި ދެ މީހުން އެއާޕޯޑް އަޅައިގެން ހުރި ނަމަ، ދެ މީހުން ދެ ބަހަކުން ވާހަކަދެއްކި ނަމަވެސް ކޮންމެ މީހަކަށް ވެސް އެ މީހަކަށް އެނގޭ ބަހަކުން ތަރުޖަމާ ވަގުތުން ލިބެމުންދާނެ އެވެ.
މީގެ ބެޓެރީ ވަރުގަދަކޮށް މިހާރު ވަނީ އެއް ފަހަރު ޗާޖުކުރުމުން ހަ ގަޑިއިރު ހުންނަ ހުރުނަށް 8 ގަޑިއިރަށް އިތުރުކޮށްފަ އެވެ. މީގެ އަގަކީ 249 ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮލް ލޮލް
18 September 2025
އެޕަލް މޮބައިލް ފޯނުތައް އެއްވެސް އިރެއްގަ ފިޒިކަލީ ވަރުގަދަ އެނޫން. އެކަމް އެޕަލްގެ ސިސްޓެމް ޑިޒައިން އާއި ކައުންޓްލެސް ފީޗާސްތައް ވަރައްއޮބި. ފުލް ފީޗާސްތައް މިސާލަކައް އެޕަލް ޕޭ އަދި އެޕަލް ޓީވީ ފަދަ ފީޗާސްތައް ލިބެންޔާ ވަަރައް ސަޅި ވާނެ. އެކަމު މައްސަލަ އަކައް ވާނީ އެ ފިޗާސްތައް އިތުރުވީމަ އަގުވެސް ބޮޑުވުން
raajje
11 September 2025
ބައެއްބޭފުޅުން ފޯނުގަންނަނީ ލޯނުނަގައިގެން ނުވަތަ އިންސްޓޯލްމެންޓަށް، ތިމާގެއެހާފެންވަރުނެތި އަގުބޮޑުފޯނެއް އަތައްލައިގެންއުޅުނީމާ ލިބެނީކޮންހިތްހަމަޖެހުމެއްބާ؟ މޮޅުފޯނުގަންނަންވިސްނާއިރު ފޯނުތަކުގައި މިހާރުމިހުންނަ ގިނަ ފީޗަރސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ފީޗަރތަކެއްނޫން، ނުވަތަ ގިނަބޭފުޅުންނަށް ގިނަފީޗަރތައް ބޭނުންކުރަންނުވެސްއެނގޭ ކުރަންޖެހޭބޭނުމާ އެކަށީގެންވާފޯނެއްގަތީމާ ނިމުނީނުން ކީއްކުރާފަހުގެމޮޅުފޯނެއްދޯ!
ލޮލް ލޮލް
18 September 2025
ފީޗާސްތައް ސަޅި ކަމުން މީހުން ގަންނަނީ. މިސާލަކައް އެއަރ ޕޮޑްސް އަދި އެޕަލް ވަޗް ބޭނުން ކުރާއިރު ފޯނައް ކަނެކްޓް ވެފަ ހުންނަ ސްމޫތް ކަމުން. ހަމަ އެގޮތައް އައިޕެޑް އައިމެކް ބޭނުން ކުރާއިރު އެޕަލް އައި ކްލައުޑް ސިންކް ވެފަ ހުރުން. ކްލައުޑް އައް އަޕްލޯޑް ވާ ހުރިހާ އެއްޗެއް ފެންނާނެ އެޕަލްގެ ކޮންމެ ޑިވައިސްއަކުން
މިއޮތީ
10 September 2025
މިއީ އަހަރަކު އެއް ފަހަރު ގަންނަން މަޖުބޫރު އެއްޗެއް ނޫން. އަސްލު ކޮންމެ އަހަރަކު ގެންނަނީ ކުދިކުދި ބަދަލުތަކެއް. އެވަރުންވެސް ކޮންމެ އަހަރަކު މިލިއަނުން ވިކޭތީ މަ ހަމަ ހައިރާންވެ އަންތަރީސްވޭ
ބަބްސް
11 September 2025
ހައިރާންވާންވީ ސަބަބެއް ނެތް. ބަޔެއް އިންސާނުންނަކީ ބްރޭންޑަށް ވިކޭ ބަޔެއް. އޭގެ ފައިދާވެސް އެމީހުންނަށް ކުރޭ އަދި އެވިއްކާ ބަޔަކަށްވެސް ފައިދާވޭ. އެހެންވީމަ ބްރޭންޑެއް ކްރިއޭޓް ކޮއްގެން ފައިދާ ނުނަގަންވީ ސަބަބެއްވެސް ނެތް. ބްރޭންޑިން އެއީ ކޮންސިއުމެރިޒަމް ގެ ބަޔެއް.
ކުރާށޭ
10 September 2025
މިހުރިހާ ކަމެއްގެ ފަހަތުގައިވަނީ ކޮން އިލްމެއްތޭ އެއީ ހިސާބު އިލްމް ބޮޑަށް ހިމެނެނީ ކަލްކިއުލެސްގެ ހިސާބު ތަކޭ މިފަހަރު މި އާ ފީޗަރސް ތައް އެޕަލް ފޯން ގައި ހިމަނާފައިވާ އިބަރު ގިނަ ފީޗަރސް ތަކަކީ މެޝިންގް ލާރނިންގް މޮޑެލްސް ބޭނުންކޮށްގެން ލާރން ކޮށް ހަދާ އޭއައި ފީޗަރސް ތައް ހިމަނާފައިވާ ބައިތަކޭ ނިއުރެލް ނެޓްވާރކް ޓެކްނޮލޮޖީ ބޮޑަށް ތަރުޖަމާ ކުރުމުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ތައްލމީ ނިޒާމް ވެސް މެތެމެޓިކްސް އަދި ސްޓެމް ކިޔަވާދިނުން ވަރުގަދަ
ސާމިހް ކެޕްޓަން
10 September 2025
ގަނެލާނަން ހަމަ ނިކުންނައިރަށް. ހަމަ ސީރިއަސްކޮށް މިބުނީ.
އައިހަމްްްް
10 September 2025
އައްޗީ އައްޗީ އައްޗީ. މިއޮތް ހުތުރު ފޯނު ގަންނަންވެސް ދިވެހީން އެމީހުންގެ ކިޑްނީއާ އެއް ލޮލާ އެއް ފަޔާ އެއް އަތާ އެއް މޭ ކަށިގަނޑު ވިއްކައިގެންވެސް ތިބޭނެ ބޮޑެތި ކިއު ތަކުގަ. އަތުގަ ނެތް ލާރި އަކުންވެސް ފަހުގެ އައިފޯނު ގަންނަން ތެޅޭ މީހުން އުޅޭތީ ދެރައީ
އިސްމާލި
10 September 2025
ބަލަގަ އެންޑްރޮއިޑުން މިހާރުވެސް ފުރަންޓު އަދި ބެކު ކެމެރާއިން އެއްފަހަރާ ވީޑިއޯ ކުރެވޭ!
ނނަނ
10 September 2025
އެޕަލްގެ ކޮންމެ ފޯނެއް ކަހަލަ ގޮތަކަށް ބާޒާރަށް ނެރޭ އިރު ބުނާއެއްޗެއް އެއީ މޯސްޓް އެޑްވާންސްޑް އައިފޯން އެވަރ...
ރަދީފްއޮފިޝަލް / ބައި ފޯނު
10 September 2025
ނުކައި ނުބޮއި ކުލި ނުދައްކާ ވެސް މި ފޯނު ހޯދަން ކިއު ދަމާލާނެ ދިވެހިން ތިބޭނެ.
ޕައްލަމްބެ
10 September 2025
ތިޔަ ނެތަސް ހެޔޮ! މަށައް ކައިގެން ބޮއެގެން ލައިގެން އުޅެވުނީމަވީ !!
ދރ×ފދ
10 September 2025
ދެން ކުރޮޅި އަލީ ހެދިގެން ކޮންމެ ކަމަކަށް ކޮމެންޓު ނުކޮށް އޮވޭ