އިންޑިއާގެ ނޫޓްތަކެއް. ރުޕީސްގެ އަގު އަންނަނީ ދަށްވަމުން --
28 ސެޕްޓެމްބަރ 2025 - 10:44
އެމެރިކާ އިން ޓެރިޕްގެ އަގުތައް ބޮޑުކުރުމުން، ރުޕީސްގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި ވަގުތު އެއް ޑޮލަރަށް 88.6 ރުޕީސް ލިބެ އެވެ. ހަފުތާއެއް ކުރިން އެ އަދަދު ހުރީ 88.4 ރުޕީސްގަ އެވެ. ހިސާބުތައް ދައްކާ ގޮތުން މިއީ ފަހުގެ ތާރީހެއްގައި ރުޕީސްގެ އަގު އެހާ ބޮޑަށް ވެއްޓުނު ފަހަރެވެ. ރުޕީސްގެ އަގު މިހާރު ވަނީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓަށް ވެއްޓިފަ އެވެ.
މިދިޔަ އަހަރު އެވްރެޖުކޮށް ހުރީ ޑޮލަރަކަށް 84 ރުޕީސްގައި ހިފެހެއްޓިފަ އެވެ. ކޮވިޑްގެ ކުރިން ރުޕީސްގެ އަގު ހުރީ އެއް ޑޮލަރަކަށް 70 ރުޕީސްގަ އެވެ. އެކަމަކު އޭގެ ފަހުން އެއް އަހަރުން އަނެއް އަހަރަށް ރުޕީސްގެ އަގު ދަނީ ވެއްޓެމުންނެވެ.
ރުޕީސްގެ އަގު އެހާ ބޮޑަށް ވެއްޓުނީ، އެމެރިކާ އިން އިންޑިއާގެ މުވައްޒަފުންނަށް ނަގާ ވިސާ ފީ ބޮޑުކުރުމުގެ ސަބަބުން، އިންޑިއާގެ މަސައްކަތުގެ މީހުންނަށް ނެގުމަށް އޮތް ޑިމާންޑް ދަށްވުމުންނެވެ. ޓެރިފް ރޭޓުތައް ބޮޑުކުރުމާ ގުޅިގެން އިންޑިއާގެ އައިޓީ ސެކްޓަރަށް ޑިމާންޑް ދަށްވެ، ފައިދާ ދަށްވާން ފެށުމުންނެވެ.
އެމެރިކާގެ ކުންފުނިތަކުން އިންޑިއާ މުވައްޒަފުން ވަޒީފާތަކަށް ނަގާ އަދަދު ދަށްވުމުން، އޭގެ އަސަރު ރެމިޓެންސް ފީ އަށް އަންނަނީ ކުރަމުންނެވެ. ރެމިޓެންސްއަކީ އިންޑިއާ އަށް އެންމެ ގިނައިން ޑޮލަރު ވަންނަ މަގެވެ.
ވިސާ ފީ ބޮޑުކުރުމުގެ އިތުރުން އެމެރިކާ އިން ވަނީ އިންޑިއާ އިން އެ ގައުމަށް އެތެރެކުރާ މުދަލުގެ އަގު 50 ޕަސެންޓަށް އިތުރު ކޮށްފަ އެވެ. އެއީ އިންޑިއާގެ އައިޓީ ސެކްޓަރުގެ ފައިދާ ދަށް ވާން ފެށި އެއް ސަބަބެވެ.
ރުޕީސްގެ އަގު ވެއްޓުމާ ގުޅިގެން ތަކެތީގެ އަގު 4.5 ޕަސެންޓަށް އުފުލޭނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅި އަލީ
28 September 2025
މިގައުމުންވެސް ރެމިޓެންސް ޓެކުސް ނަގަން ފަށާށޭ! ކިހާ ފައިސާއެއް ބިދޭސީން މިބޭރުކުރަނީ! 10% ނަންގަވާ!
ކުނިމާލެ
29 September 2025
ބްރޯ އެ ދައްކަނީ ބޭރު ގައުމުގަކުގައި މަސައްކަތްކުރާ އިންޑިއާ މީހުން މުސާރައާއި އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާ އިންޑިއާއަށް ފޮނުވާ ވާހަކަ. އެ ފައިސާއިން ޓެކްސްއެއްނުނަގާ. އެހެން ގައުމުތަކުގެ މީހުން އިންޑިއާގައި މަސައްކަތްކުރަނީ ނިސްބަތުން މަދު އަދަދަކަށް. އަދި އެމީހުންއަތުން ނަގާ ރެމިޓެންސް ޓެކްސްއަކީ ކުޑަ އަދަދެއް.
ޢަހްމަދު12
28 September 2025
ސަރުކާރުތަކުގެ ދޯހަޅި ކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓުނު ވާހަކަވެސް ލިޔެލަބަލަ
ހައްގުބަސް.
28 September 2025
އެމްޑީޕީ ވެރިކަމުގަ އިންޑިޔާ މީހުން ރާއްޖޭގަ ގަދަކޮފަ އުޅުނީ. މަސައްކައްތެރިން ހެސްކިޔާފަ ވަޒީފަތަކަ އަންނަނީ. ދެރަ
ތަމީމު
28 September 2025
މިހާރު އިންޑިއާ ރުޕީގެ އަގު ހުރީ، 1 ޑޮލަރު -/90.60 ގައި.
ދިވެހިރާއްޖެ 2.0
28 September 2025
88.67
ރާއްޖެ
28 September 2025
ރާއްޖޭގައިވެސް އިންޑިއާ މީހުންއަތުން ނަގާފީ ބޮޓުކުރަން ފެނޭ
އަބުދުބެއްޔާ
28 September 2025
ކަލޭ އިންޑިއާ މީހަކާ އިންނަން ވީނު.