ވިޔަފާރި

އަލް މަނާސިކް ގްރޫޕުން ރޯދަ މަހުގެ އުމްރާއަށް ހާއްސަ ޕްރޮމޯޝަނެއް!

އަލް މަނާސިކް ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް: އެ ގްރޫޕުން ވަނީ އަންނަ އަހަރުގެ ރޯދަ މަހަށް ހާއްސަ އުމްރާ ޕްރޮމޯޝަނެއް ފަށާފައި --- ފޮޓޯ/އަލްމަނާސިކް ގްރޫޕް

05 އޮކްޓޯބަރ 2025 - 14:53

އަލްމަނާސިކް ގުރޫޕުން އަންނަ އަހަރުގެ ރޯދަ މަހުގެ އުމްރާއަށް ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

އެ ގްރޫޕުގެ ލީޑަރު އިބްރާހީމް ހަސީސް ވިދާޅުވީ އެ ޕްރޮމޯޝަނަކީ އެ ގްރޫޕާއެކު އަންނަ ރޯދަ މަހު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ހިމަނައިގެން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފީ ދައްކާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯދަ މަހުގެ އުމްރާއަށް ދިއުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 7،000ރ. އެވެ. އެ ފައިސާ ދެއްކުމުން އަލް މަނާސިކް އޮފީހުގައި ހުންނަ ފޮއްޓަކުން ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަން ގަނޑުކޮޅެއް ނެގުމުގެ ފުރުސަތު ލިބޭނެ އެވެ.

އަލް މަނާސިކް ގްރޫޕުން ބުނީ ޕްރޮމޯޝަންގެ މުއްދަތުގައި އުމްރާއަށް ދާން ރަޖިސްޓްރީ ކުރާ ކޮންމެ މީހަކަށް ވެސް އިނާމެއް ލިބޭނެ ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:

- 500ރ. އާއި 1000ރ. އާ ދެމެދުގެ ޑިސްކައުންޓު ކޫޕަން

- އިތުރު އުމްރާއެއް

- ހޭންޑް ލަގެޖް

- މައްކާ އާއި މަދީނާ ރޭލް ޓިކެޓް

- ހިލޭ ތާއިފް ދަތުރެއް

އެ ގްރޫޕުން ރޯދަ މަހުގެ އުމްރާގައި ދޭ ހިދުމަތްތަކުގެ ތެރޭގައި މާލެއިން ފުރުމުގެ ކުރިން ދެކޮޅު ޓިކެޓާއި ވިސާ ހަމަޖައްސައި ދިނުމާއި އަންހެނުންނަށް އިހުރާމް ފޮއްޗާއި ފިރިހެނުންނަށް އިހުރާމް ދިނުން ހިމެނެ އެވެ. އަދި އުމްރާވެރިންނަށް ހަރަމްފުޅު ކައިރިން އަދި ފެންވަރު ރަނގަޅު ހޮޓަލެއްގައި ތިބުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބުފޭގައި ދިވެހި ކެއުން ހިމެނުމާއި ޖާގަ ތަނަވަސް ރެސްޓޯރަންޓެއްގައި އުމްރާވެރިންގެ ކެއުމުގެ ކަންތައްތައް ހަމަޖައްސައިދިނުން ހިމެނެ އެވެ.

އޭގެ އިތުރުން މައްކާގައި އުމްރާވެރިންނަށް ދީނީ ދަރުސް ބާއްވައި ދިނުމާއި، 24 ގަޑިއިރު ސިއްހީ އެހީތެރިންގެ ހިދުމަތް ފޯރުކޮށްދިނުމާއި މައްކާއިން މަދީނާއަށް ރޭލުގައި ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.

އަލް މަނާސިކް ގްރޫޕުން ދޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި އުމްރާ ދަތުރުގެ ހުރިހާ ބައިވެރިންނަށް ރައުޟާއަށް ވަނުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި އިތުރު އުމްރާވުމަށް ފުރުސަތު ތަނަވަސް ކޮށްދިނުން ވެސް ހިމެނެ އެވެ.

ރޯދަ މަހުގެ އުމްރާއަށް ހާއްސަކޮށް އަލް މަނާސިކް ގްރޫޕާ އެކު އުމްރާއަށް ދިއުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ގްރޫޕުން ރަމަޟާން މަހުގެ ފަހު 15 އަދި ޝައްވާލް މަހުގެ ހަ ރޯދައާ އެއްކޮށް އުމްރާ ދަތުރު ރާވާފައިވާ އެ ގްރޫޕުން ބުންޏެވެ. އަދި ރޯދަ މަހަށް ފަހު އަންނަ ފިތުރު އީދު މައްކާގައި ފާހަގަ ކުރުމަށް އެ ގްރޫޕުން ހާއްސަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ގްރޫޕުން ބުންޏެވެ.

އަލް މަނާސިކް ގްރޫޕާ އެކު އުމްރާއަށް ދިއުމަށް ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ފަހު، ބާކީ ބައި ބަހާލައިގެން ވެސް ދެއްކޭނެ އެވެ. އެ ގްރޫޕުގެ އުމްރާ ދަތުރުތަކުގައި މަދުވެގެން ހަތަރު އުމްރާވުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕާއެކު އުމްރާއަށް ދާ އާއިލާތަކާއި 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ އަގުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އަލް މަނާސިކް ގްރޫޕުގެ އުމްރާ ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު 3317789 އާއި 7788651 އިން ލިބޭނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454