ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެސްޓީއޯ އިން އެ ބާވަތްތައް އެތެރެކޮށް ވިއްކަން ފެށުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެސްޓީއޯ
15 އޮކްޓޯބަރ 2025 - 14:13
އެސްޓީއޯ އިން މޭވާ އާއި ތަރުކާރީ ވިއްކަނީ ބަޔަކާ ވާދަކުރަން ނޫން ކަމަށާއި މިއީ ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލަކަށް ވާނެ ކަމަށް އުންމީދުކުރަައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯއިން އަސާސީ ތަކެތީގެ ގޮތުގައި މޭވާ އާއި ތަރުކާރީ ވިއްކަން ފެށުމާ ގުޅިގެން އެސްޓީއޯގައި ބޭއްވި ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ އެސްޓީއޯއިން ގެންނަން ފަށާފައިވާ ގިނަ ތަކެއްޗަކީ މަދު ބަޔަކު ހޯލްސޭލްކުރާ ތަކެތި ކަމަށެވެ. އަދި އެސްޓީއޯއިން ގެންނަ ތަކެތި ކޮލިޓީކޮށް، އަގުހެޔޮކޮށް ވިއްކުމަށް ހޯލްސޭލް ވިޔަފާރިވެރިންނަށް އެރޭންޖުމަންޓުތަކެއް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން އެއްވެސް ބަޔަކާ ކޮމްޕީޓްކުރަނީކީއެއް ނޫން. އަޅުގަނޑުމެން އެއްވެސް ވިޔަފާރިއަކަށް ގެއްލުން ލިބޭކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަސާސީ ބާވަތްތައް ދެނެގަނެ، އެތަކެތި އަގުހެޔޮކޮށް މާކެޓުގައި ވިއްކޭނެ މަގުފަހިކޮށްދޭން. އެއީ އަބަދުވެސް ވަކި އެއްޗެއް އަގުބޮޑުވުމުން، އެ އެއްޗެއް ގެނައުމަށް ރައްޔިތުން މި އެދެނީ އެސްޓީއޯ ކައިރީގައި. އެހެންވީމާ، މިހެން ގިނަ ތަކެތި ގެނައުމަކީ މިކަމަށް ލިބޭނެ ހައްލެއް ކަމަށް ވިސްނެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ތަކެތި އެސްޓީއޯއިން ގެނެސް ހެޔޮ އަގުގައި ވިއްކަން ފެށުމަކީ އިންފްލޭޝަނަށް ވެސް ރަނގަޅު އަސަރެއްކޮށް، މި ތަކެތީގެ އަގު ކުޑަވާނެ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެސްޓީއޯ އިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކަން ނިންމާފައި ވަނީ 10 ވައްތަރެއްގެ ތަރުކާރީ އާއި 10 ވައްތަރެއްގެ މޭވާގެ އިތުރުން މުގާއި ކާއްޓާއި ކުކުޅުބިހެވެ. އެސްޓީއޯއިން އެތެރެކުރާ ތަރުކާރީގެ ތެރޭގައި ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެ އެވެ.
އެސްޓީއޯއިން އެތެރެކޮށް ވިއްކާ މޭވާގެ ތެރޭގައި ހިމެނެނީ، ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥާނުވާ
16 October 2025
ވިޔަފާރިވެރިންނާ ޖެހުނީމަ ސައިޒުވީ.. ތިއީ ފެންވަރަކީ.. ޓެކްސީ ލައިން، ބޭސް ގެނައުން، އައިނު ހެއްދުމުގެ ވިޔަފާރިތަކަކީ އަމިއްލަ ކުދި ވިޔަފާރިވީމަ ރައީސް ގަދަވެފަ ބުނި ދެން ޖެހޭނީ ސަރުކާރާ ކޮންޕީޓު ކުރަންށޭ.. ހޭބަލިވެދާނެ.. އަދިވެސް ގަދަބަސް ބުނާތި ޑަރޭ..
ހައްގުބަސް.
15 October 2025
ވިތަފާއި ކުރާމީހުން އަގު ބޮޑު ކުރީމަ ކޮމްމެ ފަހަރަކު އެސްޓީއޯ މޭވާތަ ވިއްކަން ފަށާ ކުއްލިޔަކަ އަގުތައް ވެއްޓޭ.
މިއައު
15 October 2025
ވަކި ކުންފުންޏެއް ހަދަންވީނުން ތިކަމަަށް ވެސް. އެސްޓީއޯ އިން ބޭސް ވިއްކަނިނޮށް ހަމަ ވަކި ކުންފުންޏެއްވެސް ހެދީނުން. ފައިސާ ބަހާލެވޭނެ އޭރުން
ސދދފ
15 October 2025
އެސްޓީއޯ އިން ހަމަ ކުރިޔަށް ދާންވީ... ކުރީގައި ހިތުހުރިވަރަކަށް ވިއްކަނީ ބާޒާރުގައި. މިހާރު އެކުޅިވަރު މަޑުޖެހިފައިވަނީ.