ވިޔަފާރި / އެޑްވަޓޯރިއަލް

ކެންގަރޫ ކިޑްސްގެ ޖޭކޭޖީގެ ސެޝަން އަންނަ ދިރާސީ އަހަރުގައި ހަތަރު ގަޑިއިރަށް އިތުރު ކުރަނީ

18 އޮކްޓޯބަރ 2025 - 07:39

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގައި ކުރިއަށް އޮތް ދިރާސީ އަހަރުން ފެށިގެން ޖޫނިއާ ކިންޑަގާޓަން ނުވަތަ ޖޭކޭޖީގެ ކްލާސްތަކުގައި ކިޔަވައިދޭ ވަގުތު ވެސް ތިން ގަޑިއިރުން ހަތަރު ގަޑިއިރަށް އިތުރުކުރުމަށް އެ ސްކޫލުން ނިންމައިފި އެވެ.

ކެންގަރޫ ކިޑްސް އިން ބުނީ، މިހާރު ހިންގަމުންދާ ދިރާސީ އަހަރު އެސްކޭޖީގެ ކްލާސްތަކުގައި ވެސް ކިޔަވައިދެނީ ހަތަރު ގަޑިއިރަށް ކަމަށާއި ތަޖުރިބާ ރަނގަޅު ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ދިރާސީ އަހަރުން ފެށިގެން ޖޭކޭޖީ އާއި އެސްކޭޖީގެ ކްލާސްތަކުގައި ކިޔަވައިދޭ ވަގުތު ހަތަރު ގަޑިއިރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.

ކެންގަރޫ ކިޑްސްގެ ކުދިންތަކެއް ކްލާހުގައި.

ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވިދާޅުވީ، އެއީ އެ ސްކޫލުގައި ކިޔަވައިދޭ މުގައްރަރު އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި ގެންނަން ޖެހޭ މުހިންމު ބަދަލެއް ކަމަށެވެ. އެ ބަދަލު ގެންނަން ނިންމީ ގިނަ ބެލެނިވެރިންތަކެއްގެ އެދުމުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތު ގިނަވުމުން، އެ ކުދިންނަށް އުނގަންނައި ދިނުމަށާއި އެ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރު ކޮށްދިނުމަށްޓަކައި ސްކޫލްގެ ފަރާތުން ކުރެވޭ މަސައްކަތްތަކަށް ހޭދަކުރެވޭ ވަގުތު ގިނަވޭ. އޭގެ ސަބަބުން ފާހަގަކުރެވޭ ވަރުގެ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" ތަހުމީނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ކިޔަވައިދިނުމުގެ ވަގުތު އިތުރު ކުރި ނަމަވެސް ސްކޫލް ފީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސްގެ ކުދިންތަކެއް ކްލާހުގައި.

"އިތުރު ފީ އަކާއި ނުލައި، ދެ ސެޓު ޔުނިފޯމާއި ފޮތް ސެޓު ކޮންމެ ކުއްޖަކަށް ވެސް އަހަރަކު އެއްފަހަރު ލިބޭނެ. ކްލާހުގައި ބޭނުންކުރާ ހުރިހާ އެއްޗެއް ވެސް ސްކޫލުން ފޯރުކޮށްދޭނެ. ދަރިވަރުން ސްކޫލަށް އަންނަން ޖެހޭނީ ހަމައެކަނި އިންޓަވަލް އާއި ފެންފުޅިއެއް ހިފައިގެން،" ތަހުމީނާ ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، ކެންގަރޫ ކިޑްސްގެ ފޮތް ސެޓު ތައްޔާރު ކޮށްފައި ވާނީ ވެސް މުގައްރަރަށް ފައްތައިގެންނެވެ. ދިވެއްސާއި އިސްލާމް، އަދި ގުރުއާނަށް ހާއްސަ ފޮތްތައް ވެސް ހިމެނޭ ކަމަށާއި މިއީ އަހަރަކު އެއް ފަހަރު އަޕްގްރޭޑް ކުރާ ފޮތްތަކެއް ކަމަށް ވިދާޅުވި އެވެ. އަދި ސްކޫލްގައި ބޭނުންކުރާ ކޮންމެ ފޮތަކާ އެއްގޮތަށް "ހޯމް އެކްސްޓެންޝަން" ފޮތްތަކެއް ވެސް އެ ސްކޫލުން ފޯރުކޮށްދޭ ކަމަށް ވިދާޅުވި އެވެ.

"މިއީ ގޭގައި ދަރިވަރުންނަށް އިތުރަށް މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ބެލެނިވެރިންނަށް އެހީއަކަށް އަޅުގަނޑުމެން ފޯރުކޮށްދޭ ވަސީލަތްތަކެއް. މިއިން އެއްވެސް ކަމަކީ އިތުރު ފީއެއް ނަގާ ކަންކަމެއް ނޫން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ކެންގަރޫ ކިސްޑްގެ ޖޭކޭޖީ އާއި އެސްކޭޖީ އަށް ގެންނަން ނިންމި ބަދަލާ ގުޅިގެން އަންނަ ދިރާސީ އަހަރުގައި ޕްލޭސްކޫލާއި ނާސަރީ ކްލާސްތަކުގެ ވަގުތަށް ބަދަލެއް ނާންނާނެ އެވެ. އެ ދެ ކްލާސްތައް ދިރާސީ އަހަރު ވެސް ކުރިއަށް ގެންދާނީ މިހާރެކޭ އެއްގޮތަށް ތިން ގަޑިއިރަށެވެ. އެ ދެ ލެވެލްގެ ކްލާސްތައް ތިން ދަންފަޅިއަށް ބަހާލައި، ހެނދުނާއި މެންދުރާއި ހަވީރު ކްލާސްތައް ބާއްވާނެ އެވެ.

ތިން ދަންފަޅިއަށް ބަހާލައިގެން ކްލާސްތައް ގެންދަނީ ބެލެނިވެރިންނަށް ފަސޭހަ ވަގުތެއްގައި ދަރިވަރުން ސްކޫލަށް ފޮނުވުމުގެ އިހުތިޔާރު ދިނުމުގެ ގޮތުންނެވެ.

ކުރިއަށް އޮތް ދިރާސީ އަހަރު ކެންގަރޫ ކިޑްސްގެ ޖާގަ ބޭނުންވާ ދަރިވަރުންނަށް އެ ސްކޫލުން މިހާރު ވަނީ އެޑްމިޝަނަށް ހުޅުވާލައިފަ އެވެ. ސްކޫލުގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ބެލެނިވެރިންނަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އަދި ސްކޫލުގެ ވެބްސައިޓުން ސްކޫލް ފީ އާއި އިތުރު މައުލޫމާތު ވެސް ލިބޭނެ އެވެ.

ނޯޓު: މިއީ ކެންގަރޫ ކިޑްސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 44%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454