ފިނޭންސް މިނިސްޓްރީ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ވަނީ އިތުރުވެފައި -- ފޮޓޯ: މިހާރު
20 ޑިސެމްބަރ 2025 - 11:48
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި 37 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކާ ގޮތުން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގަ އެވެ. އެ ކުންފުނީގެ ދަރަނި 13 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެޗްޑީސީގެ ދަރަނި 9.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކުންފުނިތަކުގެ ދަރަނި ހުރީ 35 ބިލިއަން ރުފިޔާގަ އެވެ. ދަރަނި އެހާ ބޮޑަށް އިތުރުވެފައިވަނީ އެ މުއްދަތުގައި އެސްޓީއޯ އާއި އެމްއޭސީއެލްގެ ދަރަނި އިތުރުވެފައިވާތީ އެވެ. އެސްޓީއޯގެ ދަރަނި ވަނީ 983 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެއީ 25 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އެމްއޭސީއެލްގެ ދަރަނި ވަނީ 1.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ދަރަނި ވެސް ވަނީ 900 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ އެޗްޑީސީގަ އެވެ. އެ ކުންފުނީގެ ދަރަނި ހުރީ 9.3 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް އެކުންފުނީގެ ދަރަނި ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ ފަސް ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުނީގެ ދަރަނި ހުރީ 9.8 ބިލިއަން ރުފިޔާގަ އެވެ.
ކުންފުނިތަކުގެ ދަރަނި އިތުރުވި އިރު ފުރަތަމަ ކުއާޓާގައި ކުންފުނިތަކުގެ އާމްދަނީ ވަނީ ނުވަ ޕަސެންޓަށް ދަށްވެފަ އެވެ. ނަމަވެސް ކުންފުނިތަކުގެ ފައިދާ 10 ޕަސެންޓް އިތުރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
20 December 2025
އެތެރޭގެ ހަރަދު ތައް ވ ބޮޑެވެ. މުސާރަ ތައް ބޮޑެވެ. މުވައްޒަފުން ބޭނުން ވާ ވަރަށް ވުރެ ގިނަ އެވެ. 1 ލައްކަ އަށް ކުރެވޭ މަސައްކަތެއް ނޫނީ ގަނެވޭ އެއްޗެއް 3 ލައްކަ ރުފިޔާ އަށެވެ. 50 ހާހަށް ކުއްޔަށް ނެގޭ ބިމެއް 1 ލައްކަ ރުފިޔާ އަށެވެ. މި ކަންކަން ހައްލު ކުރަން ވީ އެވެ.
ޑރ ވާންޗޯ
20 December 2025
ސަރުކާރު ހިއްސާވާކުންފުނިތަކުގެ ބޮޑުންނަކީ ބަލަދުއަރާތީ އެތަންތަނަށްލާފަ ތިބޭބައެއް، ކުންފުނީގެދަރަނި ކިތަންމެބޮޑުވެފަ ބޮޑުންގެ ލިވިންސްޓޭންޑަޑް ކިތަންމެ މަތިވިޔަސް މިވާގޮތެއް ސަރުކާރުތަކަށް އެނގޭކަމަކަށްނުވޭ.
މިސްޓަރ ވާން
20 December 2025
ކުރީސަރުކާރު ނުކިޔާ ނުވަނަޏާ ވެރިކަމުން ފައިބާ؟ . އުމަރަށް ވާނެ. މިސަރުއައީވެސް ކުރީސަރުކާރު ނުކިޔާ ވާނެޔޭކިޔާފަ. މި ސަރުކާރުގެ ހުރިހާ މުއައްސަސާ އެއްގައި ހުރިއްޔާ ހުރިފައިސާ އެއްނަގާ ދަރުވާލާފަ، އެވަރުން ނުވެގެން ކުދިވިޔަފާރި ތަށް ފުނޑާލާފައި، ދެންވެސް މިޖައްސަނީ ސްޓޯރީ... އިންޑިއާ އައުޓްނުވެ، 2 އަހަރަށް ހަމަ އެއް ޕްރޮޖެކްް ތަކަށް މިސަރުކާރުން 100 ބިލިޔަން ކާލާފައި މިއަހރު 65 ބިލިއަން ލާލާއިރު، ލަދެއްހަޔާތެއް ނެތޭ ޕީ އެންސީގެ.....ހެހެހެ
ދޮން
20 December 2025
ކުންފުނިތަކުގެ ދަރަނި އިތުރުވި އިރު 9 ޕަސެންޓް އާންމުދަނީ ވަނީ ދައްވެފައެވެ އެކަމަކު ކުންފުނިތަކުގެ ފައިދާ ވަނީ 10 ޕަސެންޓް ވަނީ އިތުރު ވެފައެވެ ، އަޖައިބެއްކަހަލަ ކަމެއްމޭ ،،ކީކޭ ދެންބުނާނީ
އަފްރާސިޔާބު
20 December 2025
އެއީވެސް އޮޅުވާލުމެއް. ކުންފުނިތަކުގެ ދަރަނި އިތުރުވީ ލިބުނު ފައިސާ މަދުވީ. އެކަމަކު ކުންފުނިތަކުގެ ފައިދާ 10 އަށް އިތުވީއޭ އޮތީ. އެއީވެސް މީހުން ހިސާބު ޖަހާގޮތް. ވެދާނެ ދަރަނިވެރިވަނީއޭ ބުނީމާ ފައިދާއޭ ލިޔަނީ ކަމަށްވެސް ފައިސާ ހޯދަންވެގެން. މިރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ ކުންފުންޏެއްގެ ދަރަނި މިހާރު ފައިދާގެ ގޮތުގައި ކިޔަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިދާ އަށް.
ގުއިއްޒު
20 December 2025
ކުންފުނި ތަކުގެ ދަރަނި އިތުރުވި. އެކަމަކު 10 ޕަސެންޓް ފައިދާ. މިވާގޮތެއް ބުނެދީބަލަ.
އޮނަރަބްލް އަފީފު ދީދީ
20 December 2025
ދައުލަތުގެ ޙަޒާނާ ކ.މާލޭ މީހުނަށް ތިގޮތަށް ބެހުމުގެ ބަދަކުގައި (ފުލެޓް ދިނުމުގެ ބަދަލުގައި) އެމީހުނަށް އިތުރު ބުރައެއް އުފުލަން ނުޖެހޭ ގޮތަށް (ފުލެޓް ދިނީމާ އެތަންތަން ކުއްޔަށް ދިނުމަށް ވެސް މަސައްކަތެއް ކުރަން ޖެހޭތީ) ސީދާ އެމީހުންގެ އެކައުންޓަށް ކޮންމެ މަހަކު ފިނޭންސް މިނިސްޓްރީ އިން 18 ހާސް ރުފިޔާ ޖަމާ ކޮށްދޭ ގޮތަށް އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފުލެޓްތައް ތިރަށުގައި ދިރިއުޅޭ "ކުލީ އަޅުންނަށް" ސަރުކާރުން ކުއްޔައް ދޭންވީ ނޫންތޯ.
ޝަހޫ ދައްތަ
20 December 2025
މާލޭ މީހުންނާ ޖެހިގެން އުޅޭ ރޯނު އެދުރެއް.
ޑރ ވާންޗޯ
20 December 2025
އޮނަރަބްލް އަނެއްކާ ކ.ގުރައިދޫގަ އޮންނަވައިގެންތޯ ތިޔަވަރަކަށް މާލޭމީހުނަށް ތިޔަ ހަޅޭއްފުޅުލައްވަވަނީ؟. ނޫނީ މާލޭމީހަކު ހަނދާން ނުނެތޭކަހަލަ ލަނޑެއްދީފައޮތީތޯ؟.
ތަރަބެ
20 December 2025
މިދިޔަ ސަރުކާރުން ވާރުތަވި ދަރަނީގެ އަދަދު ޖަހާލަން ނުކެރުނުދޯ؟
އެގިއްޖެ
20 December 2025
މިދިޔަ ސަރުކާރުން ކޮންނަބޯޓު ގަނެ ޖިމްހަދަން ބޭކާރު ހަރަދެއް ނުކުރޭ
އޮނަރަބްލް އަފީފު ދީދީ
20 December 2025
އެންމެބޮޑު ދަރަނި އޮތް HDC ގެ 9.3 ބިލިއަން ރުފިޔާ އާއި ފަހިދިރިއުޅުން ކޯޕަރޭޝަންގެ 900 މިލިއަން ރުފިޔާގެ ދަރަންޏަކީ މާލޭސަރުކާރުން ތިރަށުމީހުން އާމްދަނީހޯދާނެ ވަސީލަތެއްގެގޮތުގައި ތިރަށުމީހުންގެ ކަށިމައްޗަށް ޕޮއިންޓް ދީގެން އެމީހުނަށް ދޫކޮށްފައިވާ ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ފުލެޓްތަކަށް އެއްބަސްވުމާއި އެއްގޮތަށް ތިރަށުމީހުން ނުދައްކާ ހުރި ފައިސާ. އެކަމަކު އެފުލެޓްތައް ލިބުނު މީހުންވަނީ ފުލެޓްތައް ފަނަރަ ނުވަތަ 18000ރ އަށް ކުއްޔަށް ދީފައި!
ޖެނީދައްތަ
20 December 2025
ރަށު މީހުންގެ ބިންތައް މާލޭ ސަރަހައްދުގަ ގިނައީ.
އޮނަރަބްލް އަފީފު ދީދީ
20 December 2025
އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އަށް ލިބެންޖެހޭ އެތައް ބިލިޔަން ރުފިޔާ ހޯދަން އެކުންފުނީގެ މެނޭޖްމަންޓާއި ބޯޑު މެންބަރުން އެއްވެސް ކަމެއް ކޮށްފައި ނުވާތީ، ދައުލަތުގެ ކުންފުނި ތަކުގެ ބަލަދު ވެރި ފަރާތް ކަމަށްވާ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުވެ އޮޑިޓަރ ޖެނެރަލް މިކަމަށް ފިޔަވަޅު ނާޅާ މަޑުން ތިއްބަވަނީ މިދެންނެވި ފައިސާ އަކީ މާތްވެގެންވާ ތިޔަ މުޤައްދަސް ރަށްކޮޅުގެ އެއްވަނަ ދަރަޖައިގެ ރަށްވެހިން ދައްކަން ޖެހޭ ފައިސާއަށް ވުމުންތޯ؟!
ބިސްބެ
20 December 2025
ދީދީ ރަށުމީހުން މާލޭފަ ގިނައީ.
ޢަހަރީ ބޯނަސް
20 December 2025
ބޯނަސްއަށް ކިހާވަރެއް ބަހާނެބާ!