އެފްއައިޔޫގެ ވެރިޔާ ސާޖިދު: މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަންގައި.
30 ޑިސެމްބަރ 2025 - 18:26
މަގާމާ ހަވާލުވެވަވަޑައިގެންނެވިތާ ހަތަރު މަސް ފަހުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާ އިސްމާއިލް ސާޖިދު ސަސްޕެންޑްކޮށްފި އެވެ.
އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަގާމުން ސަސްޕެންޑު ކޮށްފައިވާކަން އެންގީ ކުއްލިގޮތަކަށް ކަމަށެވެ. ނަމަވެސް، އެކަން އަންގައި އެމްއެމްއޭ އިން ފޮނުވި ސިޓީގައި ހުރި ތަފުސީލު ހާމަކުރެއްވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ސާޖިދުގެ ސަސްޕެންޝަން ސިޓީ އޭނާ އަށް ލިބިވަޑައިގެންނެވިއިރު ގަވަރުނަރު އަހުމަދު މުނައްވަރު ހުންނެވީ ޗުއްޓީއެއްގަ އެވެ.
މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ހޯދުމަށް އެމްއެމްއޭ އަށް ގުޅުމުން އަދި ވަކި ޖަވާބެއް ނުލިބެ އެވެ.
ސާޖިދު ކުރިން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.
އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް މިދިޔަ އޮގަސްޓް މަހު ސާޖިދު އައްޔަންކުރީ އޭރުގެ އެ ޔުނިޓުގެ ވެރިޔާ އަބްދުﷲ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމުންނެވެ.
އެމްއެމްއޭއިން އޭރު ބުނީ އެފްއައިޔޫގެ ވެރިޔާ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.
މީގެ ކުރިން އެފްއައިޔޫގެ ހެޑްގެ މަގާމުގައި ހުންނެވި އަޝްރަފު ވެސް 2018 ވަނަ އަހަރު އެ މަގާމުން ވަކިކޮށްފައިވެ އެވެ.
އޭނާ މަގާމުން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތެއް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވަނިކޮށެވެ. އެކަމަކު ފަހުން 2023 ވަނަ އަހަރު އަލުން އެމަގާމަށް އޭނާ އައްޔަނުކޮށްފައިވެ އެވެ.
މި އަހަރުގެ އޮގަސްޓް މަހު އަޝްރަފް މަގާމުން ދުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސައު
31 December 2025
ސާޖިދު އަކީ މަގާމަށް ބޭނުންވާ ފަންނީ އިލްމާއި ހުނަރާ ތަޖުރިބާ ހުރި ފަރާތެއްކަމަކަށް ނުބުނެވޭނެ. ޢެޗްއާރު ޑިގްރީއަކާ އެމްބީއޭއަކުން. ޢަދި އެވެސް ވާނުވާނޭގޭ ލަންކާ ކޮލެޖެއް. މިފަދަ މަގާމަކަށް އަންނަ މީހެއްގެ ފައިނޭންސް އަދި އެކައުންޓިން އަދި ލީގަލް ބެކްރައުންޑް ވަރުގަދަވަަންޖެހޭނެ. ބޭންކު އަދި ސްޓްކޮ އެކްސްޗޭންގް ފަދަ ތަޖުރިބާ ހުންނަންޖެހޭނެ.
ހީރޯ ނަމްބަރ1
30 December 2025
"މި އަހަރުގެ އޮގަސްޓް މަހު އަޝްރަފް މަގާމުން ދުރުކޮށްފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ." އަޝްރަފަކީ ޤައުމީ ބަޠަލެއްކަން މިއެނގެނީ.
ގޮނުއަނގަ
30 December 2025
ކޮންމެސް "ހަރު" ތަނެއްގައި އަޅައިގަތީމާ ވެއްޓޭނީ. އިސްކޮށް ނެރެންވީފައި ތިޔަހުރީ ކައްސާލާފަ ކަމަށްވާނީ.
ޚަކަކކަ89
30 December 2025
މާދަމާ ނޭނގެ ލާނެ ތަނެއް
ބޚރއހމ
30 December 2025
ކުރިންވެސް އެނގޭ ތީ ތަނެއް ދޮރެއް ދަންނަ މީހެއް ނޫންކަން.. ތިކަންކުރިލެ ލަސް އަދި... އެއްވެސް ތެއްކަމެއް ހުރި މީހެއް ނޫންތީ
ސާޖި
30 December 2025
މީ ކަމުދާ މީހެއް ފާޑު ނުޖަހާ.
ބޮޑުބެގެ ބެއްޔާ
30 December 2025
އެކަމަކުވެސް ފުލުހުން މި ދުވަނީ ރިހާކުރު ފުޅިއެއް ފަހަތުން. ކޮބާހޭ ބޮޑެތި މަނީ ލޯންޑަރުން. އެމީހުން ފަހަތުން ދުވަންވީނު؟